ޅެން ފަރުވާ ކުޑަނުކުރާށެވެ!

ފަރުވާ ކުޑަނުކުރާށެވެ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮވިޑު ފެތުރުން އިތުރުވާތީ އިތުރުފިޔަވަޅު އަޅަންޖެހެޔޭ

      ކޮވިޑުރާޅެއް ނަގާނެކަމަށް ބަލައިގެންއެބަ އުޅެންޖެހެޔޭ

ކުރަންވީ ކަންތަކާ އުޅުމަށް ބަދަލުގެންނަން މިއަދުއެނގުމުން

    ކުރަން އެގޮތަށް އެކަންތައްތައް ވެގެންފަރުވާ ކުރަންޖެހެޔޭ

އޮމިކުރޯނާއި ޑެލްޓާވެސް ފެތުރިދާކަން އެނގޭއިރުގައި

    އަމިއްލަކަމެއް ކަމަށްދެކިގެން މިއަދުއެންމެން ބަލަންޖެހެޔޭ

މިކަމުގައި އެންމެ ބޮޑުބިރަކީ ޖެހޭމީހުން ޢަދަދުގުނަވުން

      ކަމަށްވާއިރު ނުރައްކާވުން ވަރަށްގާތްކަން ބަލަންޖެހެޔޭ

ބަލައިގެން އުޅުމުގައި މަންފާ އޮތީހަމަ އެންމެނަށްކަންދަނެ

   ބަލައިގެން އޮތް ޤަވަޢިދުތަކަށް ޢަމަލުކޮށްގެން އުޅެންޖެހެޔޭ

ދެވޭ ތަޢުލީމު މެދުކެނޑުމާ ކުރާވިޔަފާރި ހުއްޓުނަކަސް

       ހެވޭވަރިހަމަ ތިމަންނާޔަށް ބުނާގޮތް ދޫކުރަން ޖެހެޔޭ

ތަނުގެޙާލަތު ދަށަށްދާތީ ބުރޫއެރުމުން ޓުއަރިޒަމްއަށް

    ތަނުގެބޯޑަރުމެ ބަންދުނުކޮށް ވެވޭނެގޮތަށް އުޅެން ޖެހެޔޭ  

ޓެގް

ކޮވިޑު ހިތްފަހި ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.