ކަޒަކިސްތާނުގައި ކުރަމުންދާ މުޒާހަރާތަކަށް ޔޫކްރެއިންގެ މީހުން ތާއީދުކުރަނީ ކީއްވެ؟
އެމެރިކާ އާއި ރަޝިއާއާ ދެމެދު ބޭއްވި މަޝްވަރާތަކުގައި ޔުކްރެއިންގެމުސްތަޤްބަލާ މެދު މަޝްވަރާ ކުރަމުން އަންނައިރު، ޔޫކްރެއިންގެ ރައްޔިތުން ވަނީ މި ހަފުތާ ބަންދުގައި މަގުތަކަށް ނުކުމެ، މިނިވަންކަން ދިފާއުކޮށް، އަޑުއުފުލާފައެވެ. އަދި ކަޒަކިސްތާނުގައި އެޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށްފައެވެ.
އާދީއްތަ ދުވަހު ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ކިޔޭވް އާއި ޚަރްކޯވްގައި މުޒާހަރާކުރި މީހުން ވަނީ “ޕުޓިންއަށް ނޫނެކޭ ބުނާށޭ” ކިޔާ ބެނާތައް ހިފަހައްޓައި، ޔޫކްރެއިންގެ ދިދަތަކާއެކު ކަޒަކިސްތާނުގެ ދިދަތައް ވެސް އުފުލައިފަ އެވެ. އަދި މުޒާހަރާގެ ތެރެއިން ޖައްވުގެ ތެރެއަށް ޑްރޯންއެއްވެސް އުދުއްސާލައިފައެވެ.
ޑްރޯން އޮޕަރޭޓަރ ވިޓަލީ ޝެވްޗުކް ވިދާޅުވީ، ސުލްހަވެރި މުޒާހަރާއެއްގެ ތެރެއިން ކޮންމެ ގައުމަކަށްވެސް އެގައުމެއްގެ އިޖްތިމާއީ އަދި ސިޔާސީ ހައްގުތައް ހިމާޔަތް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި އެއްވެސް ސިފައެއްގައި އަނިޔާވެރިކަން ކުށްވެރިކުރާ ކަމަށާއި، އެހެން ނަމަވެސް، ކަޒަކިސްތާނުގައި ޞުލްޙަ ބަލަހައްޓާ އޮޕަރޭޝަނެއްގެ ނަމުގައި ބޭރުގެ އަސްކަރީ އިންޓަރވެންޝަނެއް ހިންގުމަކީވެސް އަޅުގަނޑުމެން ދެކޮޅުހަދާ ކަމެއް ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.
ތެލުގެ އަގު އުފުލި، މުޅި ގައުމުގައި ރައްޔިތުން ނުކުމެފެށި ވަރުގަދަ މުޒާހަރާތަކަށް ފަހު، ރަޝިއާގެ އަސްކަރީ އެލަޔަންސަކުން މިހާރު ވަނީ ކަޒަކިސްތާނުގެ ކޮންޓްރޯލް ސަރުކާރަށް އަލުން އަނބުރާ ހޯދައިދީފައެވެ.
ކުރީގެ ސޯވިއެޓް ގިނަ ދައުލަތްތަކެއް ގެ އެލަޔަންސެއް ކަމަށްވާ ކަލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޯގަނައިޒޭޝަން (ސީއެސްޓީއޯ) އިން ކަޒަކިސްތާނަށް 2،500 އެއްހާ ސިފައިން ފޮނުވީ މުޒާހަރާ މައިތިރި ކުރުމަށް އެހީތެރިވުމުގެ ގޮތުން ކަމަށާއި އޭގެ ތެރޭގައި “މުހިންމު ވަޞީލަތްތަކާއި އިޖުތިމާއީ އިންފްރާސްޓްރަކްޗާ” ތައް ބަލަހައްޓަމުން ދާ ރަޝިއާގެ ޕެރަޓްރޯޕަރުން ވެސް ހިމެނޭ ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާގެ ބަޔާނުގައި ބުނެފައި ވެއެވެ.
ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ރަޝިޔާއިން “އިސްތިއުމާރު” ކުރަނީ، ރައީސް ވްލަޑިމިއަރ ޕޫޓިންއެގައުމު “ސޯވިއެޓް ޔޫނިއަން ފަދަ ބިނާއަކަށް” ކަޒަކިސްތާން ހަދާލުމަށެވެ. ކަޒަކިސްތާނުގެ ކުރީގެ ވަޒީރެއް ކަމަށްވާ މުޚްތާރު އެބިއަޒޯވް، ވަނީ ރައީސް ލަޑީމިއަރ ޕޫޓިންއަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ.
ކަޒަކިސްތާނުގެ މުޒާހަރާތަކަށް ޔުކްރެއިން އިން ތާއީދުކުރަނީ ހަމައެކަނި މުޒާހަރާތަކަށް ސަޕޯޓްކުރުމަކަށް ނޫނެވެ. އެކަމަކު ޕޫޓިންއާ ދެކޮޅު ހެދުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
“ޑިކްޓޭޓަރު [ޕުޓިން] ބޭނުންވަނީ ބާރުގެ ބޭނުންކޮށްގެން ޔޫއެސްއެސްއާރް އަލުން ބިނާކުރަން،” ކިޔޭވްގައި މުޒާހަރާ ކުރި މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އޮލްގާ އެންޖެލޯވާ ވިދާޅުވި އެވެ.
“އޭނާ ހުއްޓުވަން ޖެހޭ – އަހަރެމެން ޔޫކްރެއިން މީހުން ހިސޯރުކުރާ މީހުންނަށް ދެކޮޅު ހަދާނެ. ހުޅަނގުން ޕޫޓިންގެ އިންޒާރުތައް ގަބޫލު ނުކުރުމަށް ގޮވާލަން،” ޔޫކްރެއިންއަށް ރަޝިޔާއިން އަރައިގަނެދާނެ އެކަމަނާ ވިދާޅުވި އެވެ.
ކަޒަކިސްތާނުގައި ސީ.އެސް.ޓީ.އޯގެ ކޮމާންޑަރަކީ ކޮމާންޑަރ އަންދްރޭ ސެރްޑިޔުކޯވްއެވެ.
އެމެރިކާއާއި ރަޝިޔާގެ ޑިޕްލޮމޭޓުން މިހަފްތާގައި ބައްދަލުކުރައްވާއިރު، އަދި ހޯމަ ދުވަހު ޖެނީވާއާއި ބްރަސަލްސްގައި މަޝްވަރާތައް ފަށާއިރު، މި މަޝްވަރާތަކަކީ ނޭޓޯއާއި ރަޝިޔާގެ ގުޅުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ވަގުތުކޮޅަކަށް ވެދާނެއެވެ.
އެހެން ނަމަވެސް، ޔޫކްރެއިންގެ ކުރީގެ ޚާރިޖީ ވަޒީރު ޑިމިޓްރޯ ކުލޭބާ ވެސް ހިމެނިވަޑައިގެންނެވި ގޮތަށް، ޔޫކްރެއިންއާ ނުލައި ޔޫކްރެއިންއާ މެދު އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށް ބުނެ، މަޝްވަރާ ކުރާ ތިން ސެޝަނުގެ ތެރެއިން ދެ ސެޝަނަކުން ޔޫކްރެއިން ގެއްލިގެން ދާނެ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން މިދިޔަ ހަފްތާގައި “ޑިޕްލޮމަސީ އެންޑް ޑި ސްކޭލް” ގެ ވާހަކަ ދެއްކެވި ނަމަވެސް އާދީއްތަ ދުވަހު ވޮޝިންޓަން ވަނީ މަޝްވަރާތަކުގައި ކާމިޔާބީއެއް ލިބޭނެ ކަމުގެ އުއްމީދު ކުޑަކަމަށް ވިދާޅުވެ ރަޝިޔާއިން އެމެރިކާގެ ޕްރެޝަރުގައި ލުއިތަކެއް ނުދޭނެކަމަށް ވިދާޅުވެފައެވެ.
ކަޒަކިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޔޫކްރެއިންގެ މައްސަލައިގައި ޕޫޓިންގެ ސިކުނޑިއަށް އަސަރުކޮށްފާނެ ކަމާމެދު ތަޖުރިބާކާރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.
ކޮންމެއަކަސް ކަޒަކިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ކޮންޓްރޯލް ސަރުކާރުން ހޯދުމުގައި ރަޝީއާ ސިފައިންގެ ދައުރު ނުހަނު ބޮޑުވެފައިވާއިރު ޔުކްރެއިންގެ ރައްޔިތުން އެވަނީ އެޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ލޫޓުވާލާނެކަމުގެ އިންޒާރު ރަޝިޔާއިން މިދިޔަހަފްތާގައި ދިނުމާއި، ގުޅިގެން ޕޫޓިން ދެކެ ރުޅިއައިސްފައެވެ. ޔުކްރެއިންގެ ސަރުކާރާއި ރައްޔިތުން އެނގެންދަނީ ރަޝިޔާ އަނިޔާވެރިކަން ހުރިމިންވަރު ދުނިޔެއަށް ހާމަކޮށްދެމުންނެވެ.
ކަޒަކިސްތާނުގެ މުޒާހަރާތަކަށް ތާއީދު ކުރަނީވެސް ހަމަ އެސަބަބު ތަކަކަށް ކަމުގައި ބެލެވެއެވެ.


