އޮޅުވާލައިގެން އުޒްބެކިސްތާނުގެ އަންހެނުން ލަންކާއަށް ޓްރެފިކް ކުރަނީ
އުޒްބެކިސްތާނުގެ އަންހެނުން، ލަންކާގެ ހޮޓާތަކުގައި ނުވަތަ ކުޑަކުދިން ބަލަހައްޓާ މަސައްކަތްތެރިންގެ ގޮތުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތުދޭނެ ކަމަށްބުނެ އޮޅުވާލައިގެން ޖިންސީ ގުޅުން ހިންގުމަށް ލަންކާއަށް ޓްރެފިކް ކުރާ ކަމަށް ޑެއިލީ މިރަރ އިން ބުނެފި އެވެ.
ސްރީލަންކާގައި އިންސާނީ ވަގުފާރި ހުއްޓުވުމަށް މަސައްކަތްކުރާ އޮފިޝަލުން ހާމަކުރި ގޮތުގައި ފާއިތުވި މަސްތަކުގައި އުޒްބެކިސްތާނުން ސްރީލަންކާއަށް ޓްރެފިކްކުރި އެތައް އަންހެނުންނެއްގެ ރިޕޯޓްތައް ވަނީ ފޯރުކޮށްދީފައެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އޮފިޝަލުން ބުނީ، އެ ފަދަ އަންހެނުންނަކީ ޓޫރިސްޓުންގެ ގޮތުގައި ނުވަތަ ވޯކް ވިސާގައި ލަންކާއަށް އައިސް، ޖިންސީ ގުޅުން ހިންގަން މަޖުބޫރުވާ މީހުން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ފިލައިގެން އުޅޭ އަދި އެހީތެރިކަމަށް އެދިގެން ދާ އަންހެނުންނަށް ގިނަ ފަހަރަށް ހިޔާތަކުގައި ނުވަތަ ސޭފް ހައުސްތަކުގައި މައްސަލަތައް ކުރިމަތިވާ ކަމަށެވެ. “ބޭރުގެ ގިނަ އަންހެނުން ސަރުކާރުގެ ހިޔާވަހިކަމުގައި ތާއީދު ހޯދަން އުޒުރުވެރިވޭ، އޭގެ ބަދަލުގައި އިސްކަން ދެނީ އދ.ގެ އޭޖެންސީއަކުން ނުވަތަ އަމިއްލަ ހިޔާއަކުން ނުވަތަ ފެއިތު ބޭސްޑް ހިޔާތަކުން ހިންގާ ހިޔާތަކަށް،” އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް އޮފިޝަލް އިތުރަށް ވިދާޅުވީ ބައެއް ހިޔާތަކުގައި ޖާގައިގެ މައްސަލައެއް އުޅޭ އިރު އަނެއްބައި ހިޔާތަކުގައި ކޮވިޑުގެ ސަބަބުން މީހުން ބޭތިއްބުމަށް ދެކޮޅު ހަދަމުންދާ ކަމަށެވެ. ” މީގެ އިތުރުން ވެސް ބައެއް ފަހަރު ލޯކަލް ޓްރެފިކް ކުރާ މީހުން އެފަދަ އަންހެނުންނަށް ފާރަލާ، އަދި އަނިޔާ ލިބޭ މީހުން ނުރައްކަލަށް ހުށަހެޅޭ،” އޮފިޝަލް ވިދާޅުވި އެވެ.
ޑެއިލީ މިރަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރެފިކް ކުރެވޭ ބައެއް އަންހެނުން އެމީހުންގެ މައްސަލަ ކޯޓުގައި އޮތް ގޮތަށް ހިމާޔަތް ހޯދުމަށްފަހު 4-5 މަސް ދުވަސް ވަންދެން ލަންކާގައި އެބަތިއްބެވެ. “ނަފްސާނީ ގޮތުން އެމީހުންނަށް އަސަރު ކުރޭ، އެމީހުންގެ މައްސަލަ ހިނގަމުންދާ ދުވަސްވަރު އަޅުގަނޑުމެން އެމީހުންނަށް ކައުންސެލިން ވެސް ދެން،” އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އަނިޔާ ލިބުނު ބައެއް މީހުން ތަހުގީގުތަކުގައި އެއްބާރުލުންދޭން ދެކޮޅު ހަދަނީ އެގޮތަށް އަމަލު ކުރުމުގެ ސަބަބުން އޭގެ މާނައަކީ ވަކި ގޮތެއް ނިމެންދެން 2-3 އަހަރު ވަންދެން ލަންކާގައި މަޑުކުރަން ޖެހޭނެތީ،”. އަޅުގަނޑުމެން އާންމު ގޮތެއްގައި ސީއައިޑީއަށް އެލާޓް ކުރަނީ އަޅުގަނޑުމެންގެ އެހީތެރިކަން ހޯދަން އަންނަ ބޭރުގެ ވިކްޓިމްއެއް ހިމެނޭ އިރު. ސީއައިޑީ އަކީ އަނިޔާ ލިބުނު މީހުން ސަލާމަތް ކުރުމަށް އަވަސް އަރުވާލައިގެން މަސައްކަތް ކުރާ މީހެއް.. އެކަމަކު އޭގެ ފަހުން އެމީހުން އިންތިޒާރު ކުރަން ޖެހޭ.އަޅުގަނޑުމެން ވިކްޓިމް ސެންޓްރަލް އެޕްރޯޗްސްގެ ވާހަކަ ދައްކަން ޖެހޭ އެކަމަކު ޕްރެކްޓިސްގައި އެއްވެސް ކަމެއް ނުހިނގާ،” އޮފިޝަލް އިތުރަށް ފާހަގަ ކުރެއްވި އެވެ.
އޮފިޝަލް ވިދާޅުވީ ސްރީލަންކާގައި އިންސާނީ ވަގުފާރި އޮތީ އެމެރިކާއިން 2022 ވަނަ އަހަރު ނެރުނު ޓްރެފިކިން އިން ޕާސަންސް ރިޕޯޓް (ޓީއައިޕީ ރިޕޯޓް) ގައި އެ ގައުމު ޑައުންގްރޭޑް ކުރުމުގެ ފުރުޞަތު ބޮޑުކަމުގަ އެވެ.
އެމެރިކާގެ މަސްދަރުތަކާއި ހަވާލާދީ ޑެއިލީ މިރަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންސާނީ ވަގުފާރި ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ، ޓީއައިޕީ ރިޕޯޓްގައި ވޮޗް ލިސްޓުގައި މިހާރު ހިމެނޭ ސްރީލަންކާ، ޑައުންގްރޭޑް ކުރުމުގެ ފުރުސަތު ބޮޑެވެ. އެމެރިކާ އިން މިހާރުވެސް ވަނީ އެ މައުލޫމާތު ހޯދަން ހުށަހަޅާފައެވެ.
2022 ޓްރެފިކިންގ އިން ޕާސަންސް ރިޕޯޓް. އެމެރިކާގެ ޚާރިޖީ ވުޒާރާގެ އޮފީސް ޓު މޮނިޓަރ އެންޑް ކޮމްބެޓް ޓްރެފިކިންގ އިން ޕަރސަންސްގެ ސީނިއަރ އޮފިޝަލް ކަރީ ޖޯންސްޓަން ވަނީ 1 ފެބްރުއަރީ 2022 ގެ ކުރިން މި މައުލޫމާތު ހޯދުމަށް ހުށަހަޅާފައެވެ.
އެގޮތުން 1985 ވަނަ އަހަރުގެ ސްރީލަންކާ ބިއުރޯ އޮފް ފޮރިން އެމްޕްލޯއިމަންޓް ޤާނޫނު ނަންބަރު 21/1985 އަށް އިޞްލާޙު ގެނެސް، އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް އިތުރު އިޞްލާޙު ގެނައުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަން ލަންކާގެ ޑިފެންސް މިނިސްޓްރީން ފާހަގަކުރައްވައެވެ.
