ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އަރަބި ބަހުގެ ދުވަސް – ޑިސެމްބަރ 18
ދުނިޔޭގެ އަރަބި ބަހުގެ ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މިއަހަރުގެ ޝިޢަރަކީ “އަރަބި ބަސް، ތަހުޒީބުތަކުގެ މެދުގައި އަޅާ ބްރިޖެއް” މި ޝިއާރެވެ.
ޔުނެސްކޯއިން ބުނާ ގޮތުގައި އަރަބި ބަހަކީ ދުނިޔޭގައި އެންމެ ގިނައިން ވާހަކަ ދައްކާ އެއް ބަހެވެ. 400 މިލިއަނަށްވުރެ ގިނަ މީހުން ކޮންމެ ދުވަހަކު ވެސް އަރަބި ބަސް ބޭނުން ކުރެއެވެ.
ދުނިޔޭގެ އަރަބި ބަހުގެ ދުވަސް ފާހަގަކުރަނީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މި ތާރީޚަކީ 1973 ވަނަ އަހަރު އ.ދ.ގެ ޖެނެރަލް އެސެމްބްލީން ޢަރަބި ބަސް އެ ޖަމްޢިއްޔާގެ ހަވަނަ ރަސްމީ ބަހުގެ ގޮތުގައި ބަލައިގަތް ދުވަހާ ގުޅުވައިގެން ފާހަގަކުރާ ތާރީޚެކެވެ.
ޢަރަބި ބަހުގެ ތަފާތު ސިފަތަކުގެ ތެރޭގައި، އަނގަބަހުން ފާޅުކުރާ ޚިޔާލުތަކުން ފެށިގެން ޅެންވެރިކަމާއި، ކެލިގްރަފީއާ ހަމައަށް، ޢަރަބި ބަހުގެ ސަބަބުން، އާކިޓެކްޗަރ، ޅެން، ފިލޯސަފީ، ލަވަފަދަ ތަފާތު ދާއިރާތަކުން، ވަރަށް މަޖާ ރީތި ބާވަތްތަކެއް ވަނީ އުފަންވެފައެވެ. ހީވެސް ނުކުރާފަދަ ތަފާތު އައިޑެންޓިޓީތަކާއި ޢަޤީދާތަކަށް އެކްސެސް ދޭ އަދި އޭގެ ތާރީޚުން އެހެން ބަސްތަކާ އޮންނަ ގުޅުންތަކުގެ މުއްސަނދިކަން ހާމަވެގެންދެއެވެ.
ޢަރަބި ބަހުގައި ޢިލްމު އުނގެނުމުގައި ކެޓަލައިޓިކް ރޯލެއް އަދާކޮށްފައި ވެއެވެ. ގްރީކް އަދި ރޯމަން ސައިންސާއި ފިލޯސަފީތައް ރިނައިސަންސް ޔޫރަޕަށް ފެތުރުމަށް ބާރު އެޅުވިއެވެ. އޭގެ ސަބަބުން އިންޑިޔާގެ އައްސޭރިފަށުން ފެށިގެން ހޮން އޮފް އެފްރިކާއާ ހަމައަށް ސިލްކް މަގުތަކުގައި ސަގާފަތްތަކުގެ ޑައިލޮގް ކުރިއަށް ގެންދިޔުމަށް މަގުފަހިވެގެން ދިޔަ އެވެ.
މިއަހަރުގެ ދުނިޔޭގެ ޢަރަބި ބަހުގެ ދުވަހުގެ ޝިޢާރު ކަމަށްވާ “ޢަރަބި ބަސް، ތަހުޒީބުތަކުގެ މެދުގައި އަޅާ ބްރިޖެއް” މި ޝިޢާރަކީ ޘަޤާފަތާއި، ސައިންސާއި، އަދަބިއްޔާތާއި، އަދި މިނޫންވެސް އެތައް ޑޮމެއިންތަކެއްގެ ޒަރީޢާއިން މީސްތަކުން ގުޅުވައިދިނުމުގައި ޢަރަބި ބަހުގެ މުހިންމު ދައުރު އަލުން ތަކުރާރުކުރުމަށް ގޮވާލާ ގޮވާލުމެކެވެ.
މި ޝިޢާރުގައި އަލިއަޅުވާލާފައިވަނީ ޢިލްމު އުފެއްދުމާއި ފޮނުވުމުގައި ޢަރަބި ބަހުގައި އަދާކުރާ ތާރީޚީ ދައުރުގެ އިތުރުން މަޝްވަރާކުރުމާއި ޞުލްޙަ ބިނާކުރުމުގައި ޢަރަބި ބަސް އަދާކުރާ ތާރީޚީ ދައުރުގެ މައްޗަށެވެ. އެތައް ޤަރުނެއް ވަންދެން ޢަރަބި ބަސް އޮތީ، އެއް ބިންގަލެއްގެ ގޮތުގައި، ކަނެކްޓަރެއްގެ ގޮތުގައެވެ. އެއީ އިންސާނުންގެ ޙަޔާތުގެ މުއްސަނދިކަން ދައްކުވައިދޭ، އަދި އެތައް ވަސީލަތްތަކެއް ގެ އެކްސެސް ލިބޭ، އަދި ވަރަށް ގިނަ ވަސީލަތްތަކެއް ގެނެވެން އޮތް ބިންގަލެކެވެ.
ބަވަނަވަމުންދާ، ޑިޖިޓަލައިޒްކުރެވިފައިވާ އަދި ގިނަ ބަސްބަހުން ވާހަކަދައްކާ މުޖުތަމަޢުތަކަށް ބަލާއިރު މިއަހަރު، 2021 ވަނަ އަހަރުގެ ޝިޢާރަކީ، ވަރަށް މުހިންމު ޝިޢާރެއްކަމަށް ބެލެވެއެވެ. އެހެނީ ބަދަލުވަމުންދާ ދުނިޔެއާއި، ޤައުމުތަކާއި ރައްޔިތުންގެ މެދުގައި މަޝްވަރާތައް އިތުރަށް ހަރުދަނާ ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަން މިޝިޢާރުން ވަރަށްރީތިކޮށް ހާމަކޮށްދެއެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޔުނެސްކޯއިން ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހު ވަރޗުއަލް ޕެނަލް ޑިސްކަޝަނެއް ބާއްވާފައިވާއިރު، މި ޑިސްކަޝަންގައި މަޝްވަރާކުރުމާއި ޞުލްޙަ ބިނާކުރުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ޢިލްމާއި ޢަރަބި ބަސް އުފެއްދުމާއި ފޮނުވުމުގައި ޢަރަބި ބަސް އަދާކުރާ ތާރީޚީ ދައުރާމެދު ތަޖުރިބާކާރުންނާއި، ޢިލްމީ ބޭފުޅުންނާއި، ނޫސްވެރިންނާއި، ޚާއްޞަ މުއައްސަސާތަކުގެ މަންދޫބުން ބަހުސްކުރިއެވެ.
މި މުނާސަބަތުގައި ޔުނެސްކޯއިން ވަނީ ސުލްތާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު ފައުންޑޭޝަންގެ އެހީތެރިކަމާއެކު ޕެރިހުގައި ހުންނަ އެ ޖަމްޢިއްޔާގެ ހެޑްކުއާޓަރޒް ބިލްޑިންގގެ ފާރުތަކުގައި “ޢަރަބި ބަސް، ބްރިޖް ބިޓްވީން ސިވިލައިޒޭޝަންސް” ގެ ނަމުގައި މައުރަޒެއް ޑިސެމްބަރު މަހުގެ 6 އިން 20 އަށް ކުރިއަށް ގެންދިއުމަށް ރާވާފައެވެ.
މި މަޢުރަޒުގައި ޢަރަބި ބަހުގެ މުއްސަނދި ބަހާއި، ޘަޤާފީ ޚިޔާލުފާޅުކުރުމުގެ ތަފާތު ބާވަތްތަކާ އެ ބަހުގެ ބަދަހި ގުޅުމާއި، މީސްތަކުން ގުޅުވައިދިނުމާއި، މަޝްވަރާއަށް ބާރުއެޅުމުގައި އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، ޢަރަބި ބަހާއި ކެލިގްރަފީ ބޭނުންކުރުމުގައި ތަފާތު ގޮތްތައް ދައްކުވައިދޭނެއެވެ.
އިމްޕެކްޓްފުލް އާޓްވޯކްތަކުގެ މައްޗަށް އެކުލެވިގެންވާ މި އާޓްވޯކްގެ މަގުސަދަކީ ކޮންމެ ބަހަކުން، ސަގާފަތަކަށް އަދި އެނޫންވެސް ތަފާތުކަމަކަށް ބެލުމެއް ނެތި، އުންމީދާއި، ސުލްހަމަސަލަސްކަމާއި، ރެސިލިއަންސާއި، ފަށުވި ޢިބާރާތްތަކުގެ މެސެޖްތައް މީސްތަކުންގެ މެދުގައި ފެތުރުމެވެ.
މި މައުރަޒުގައި ދުނިޔޭގެ 13 ގައުމަކުން 18 އާޓިސްޓުންގެ މަސައްކަތް ހިމެނެ އެވެ. ކްލެސިކަލް ކެލިގްރަފީއިން ފެށިގެން ކޮންޓެމްޕޮރަރީ ގްރެފިޓީ ސްޓައިލްތަކާ ހަމައަށް ތަފާތު ޓެކްނިކްތައް އެޕްލައިކުރުމުގައި މި ފަންނާނުން ވަނީ ހިއުމެނިސްޓް ތީމްތަކަށް އެޑްރެސްކޮށް، އުންމީދާއި، ސުލްހައާއި، ރެސިލިއަންސް އަދި އެއްބައިވަންތަކަމުގެ މެސެޖުތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި އަރަބި ލިޔުންތައް ހިމަނާފައެވެ.
