ރިޕޯޓް

އަންހެނުންނަށް ކައިވެނި ކުރެވޭ އެންމެ ދަށް އުމުރު މަތިކުރަން އިންޑިއާގެ ކެބިނެޓުން ފާސްކޮށްފި

ޒުވާން އަންހެނުން ބާރުވެރިކުރުވުމަށާއި، ކުޑަކުދިންނާ ކައިވެނިކުރުން ހުއްޓުވުމުގެ މަގުސަދުގައި، އަންހެނުންނަށް ކައިވެނި ކުރެވޭނެ އެންމެ ދަށް އުމުރު 18 އަހަރާއި 21 އަހަރާ ދެމެދުގެ މުއްދަތަކަށް މަތިކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމައިފިއެވެ.

މި ފިޔަވަޅުގެ ސަބަބުން އަންހެނުންނަށް ކައިވެނި ކުރެވޭ އުމުރު ފިރިހެނުންނާ އެއްވަރަށް، ހަމަހަމަ ވާނެ އެވެ. ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) ނޫހުން ބުނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކެބިނެޓުން އެ ހުށަހެޅުމަށް ރުހުން ދިނީ 2020 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ތަގުރީރުގައި ޓާސްކް ފޯހަކާ އެކު އެ މައްސަލަ މަޝްވަރާ ކުރަމުން އަންނަ ކަމަށް މޯދީ ވިދާޅުވިތާ އަހަރެއްހާ ދުވަސް ފަހުން ކަމަށެވެ.

ސަރުކާރުން ބުނީ މި ފިޔަވަޅަކީ ޒުވާން އަންހެނުންގެ މާބަނޑުވުން މަދުކުރުމަށް އެޅި ފިޔަވަޅެއް ކަމަށާއި، މިއީ ފަގީރު ނިއުޓްރިޝަންގެ ސަބަބުން އިންޑިއާގައި ވިހެއުމުގެ ތެރޭގައި މައިންނާއި ކުދިން މަރުވާ ނިސްބަތް (އެމްއެމްއާރް) ވަރަށް ބޮޑަށް ހިއްސާކުރާ ކަމެއް ކަމަށެވެ.

2020 ވަނަ އަހަރުގެ ބަޖެޓް ތަގުރީރުގައި ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން ވަނީ މިނިމަމް އޭޖް ޗޭންޖް ކުރުމަށް މިހާރު ލަފާ ދީފައިވާ ޓާސްކް ފޯސް އެކުލަވާލުމަށް އިޝާރާތް ކުރައްވައި، “އަލަށް ބަލިވެ އިންނަ އަންހެން ކުއްޖެއްގެ އުމުރާ ގުޅޭ މުޅި މައްސަލަ ހައްލުވެގެން އަންނަތަން މި އަލިކަމުގެ ތެރެއިން ފެންނަން ޖެހޭ” ކަމަށް ވިދާޅުވެފަ އެވެ.

އެހެން ހުށަހެޅުންތަކުގެ ތެރޭގައި ބުދަ ދުވަހުގެ ނިންމުން ރިކޮމެންޑް ކުރި ޓާސްކް ފޯސްގައި އިސްކޮށް އުޅުއްވި ތަޖުރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށްވާ ޖަޔާ ޖެއިޓްލީ ވިދާޅުވީ، މި ފިޔަވަޅަކީ ތަޖުރިބާކާރުންގެ އިތުރުން ޒުވާން އަންހެނުންނާ އެކު “ފުޅާ ދާއިރާއެއްގައި ކުރެވޭ މަޝްވަރާތަކެއްގެ” މައްޗަށް ބިނާކޮށް އެޅި ފިޔަވަޅެއް ކަމަށާއި، އެއީ ސީދާ އެމީހުންނަށް އޭގެ އަސަރު ކުރާތީ ކަމަށެވެ.

“އަޅުގަނޑުމެންނަށް 16 ޔުނިވާސިޓީއަކުން ފީޑްބެކް ލިބުނު، 15 އަށް ވުރެ ގިނަ އެންޖީއޯ [އަމިއްލަ ޖަމިއްޔާތައް] އެންގޭޖްކޮށްގެން ޒުވާނުންނާ ހަމައަށް، ހާއްސަކޮށް ރާޖަސްތާނުގެ ޑިސްޓްރިކްޓްތަކުގައި ކުޑަކުދިންނާ ކައިވެނި ކުރުން ވަރަށް ބޮޑަށް އާންމުވެފައި އޮތް ޑިސްޓްރިކްޓްތަކުގައި، ހާއްސަކޮށް ރަށްފުށު އަދި ހަވާސާވެފައިވާ މުޖުތަމައުތަކުގައި، އެ މީހުންނާ ހަމައަށް ވާސިލުވުމަށް ޓަކައި. އެކި ދީންތަކުގެ އެކި ހިސާބުތަކުންނާއި، އުމްރާނީ އަދި ރޫރަލް ސަރަހައްދުތަކުން ވެސް ފީޑްބެކް ނެގީ ހަމަހަމަކޮށް،” އިންޑިއަން އެކްސްޕްރެސް ނޫހަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

“ބޯޑުގެ އެކި ހިސާބުތަކުގައި، ޒުވާން ފުރާވަރުގެ ކުދިންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނު ފީޑްބެކަކީ ކައިވެނި ކުރާ އުމުރަކީ 22-23 އަހަރާ ދެމެދުގެ އުމުރެއް ކަމަށް ވާން ޖެހޭނެ ކަމަށް. ވަކި ހިސާބަކުން އޮބްޖެކްޝަންތަކެއް އައި، އެކަމަކު އަޅުގަނޑުމެންނަށް އިހްސާސް ކުރެވުނީ ޓާގެޓް ގްރޫޕަށް މަގު ދައްކައިދިނުން މާ މުހިންމު ކަމަށް،” މިސް ޖެއިޓްލީ އިތުރަށް ވިދާޅުވި އެވެ.

އިންޑިއާގެ ގިނަ ސަރަހައްދުތަކެއްގައި ކުޑަކުދިންނާ ކައިވެނި ކުރުމަކީ އަދިވެސް ބޮޑު މައްސަލައަކަށް ވާއިރު، ނޭޝަނަލް ކްރައިމް ރެކޯޑްސް އިން ބުނާ ގޮތުގައި މިދިޔަ އަހަރު ކޮވިޑުގެ ލޮކްޑައުންގެ ތެރޭގައި އެ އާދަ 50 ޕަސެންޓަށް އިތުރުވި އެވެ.

ސަރުކާރުގެ ޑޭޓާތަކުން ދައްކާ ގޮތުގައި އޭގެ ކުރިން ކުޑަކުދިންނާ ކައިވެނި ކުރުން މަޑުމަޑުން ޓްރެންޑްވަމުން ދިޔަ ނަމަވެސް އުމުރުން 18 އަހަރު ވުމުގެ ކުރިން ކައިވެނި ކުރި ކަމަށް ބުނާ 20 އަހަރާއި 24 އަހަރާ ދެމެދުގެ އަންހެނުންގެ ނިސްބަތް އަދިވެސް ހުރީ 23.3 ޕަސެންޓުގަ އެވެ. އަދި 2015-16 ވަނަ އަހަރު 40.7 ޕަސެންޓާ އަޅާބަލާއިރު، އެންމެ ފަހުގެ ސާވޭގައި 35.2 ޕަސެންޓުގައި، ރަށްފުށު ހިސާބުތަކުގައި ތުއްތު ކުދިން މަރުވާ ނިސްބަތް ވެސް ވަރަށް ބޮޑެވެ.

އަންހެނުންނަށް ކައިވެނި ކުރެވޭ އުމުރު މަތިކުރުމަށް ކެމްޕޭން ކުރި އެއް ޖަމިއްޔާ ކަމަށްވާ ސެންޓާ ފޯ ސޯޝަލް ރިސާޗްގެ ޑިރެކްޓަރު ރަންޖަނާ ކުމާރީ ވަނީ އެކަމަށް ތައުރީފުކޮށް، މިކަމުގެ ސަބަބުން އަންހެނުންނަށް ހަމަހަމަކަމާއި އެހީތެރިކަން ލިބޭނެ ކަމަށް ބުނެފަ އެވެ.

“ވިސްނާލަން ޖެހޭ ކަމަކީ 18 އަހަރުގައި އަންހެން ކުދިން ކައިވެނި ކުރާއިރު ފިރިމީހާއަށް ބަރޯސާވުން ނޫން ގޮތެއް ނެތް ކަމާއި އެއްވެސް ބާވަތެއްގެ ނިންމުމެއް ނިންމަން އޭޖެންސީއެއް ނެތްކަން. މި ގާނޫނުގެ ސަބަބުން އަންހެނުންނަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ،” ދަ އިންޑިޕެންޑެންޓް ނޫހަށް ބުންޏެވެ.

“މީގެ ސަބަބުން އަންހެނުންނަށް ވެސް އެމީހުންގެ އުފަންވެނި ހައްގުތައް ދެނެގަތުމަށް އެހީތެރިވެދޭނެ، 21 އަހަރުގައި އަންހެނުން މާ ބޮޑަށް ފުރާފުރިހަމަވެ، ދަރިން ހޯދަން ބޭނުންވަނީ ކޮން އިރަކު އަދި ކިހާ އިރަކުކަން ކަނޑައެޅޭނެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ގެވެށި އަނިޔާއިން ރައްކާތެރިވުމަށް އެކުދިންނަށް އަޑު އުފުލައިދޭނެ. ތުއްތު ކުއްޖެއްގެ ބްރައިޑްގެ އަޑެއް ނެތް އެކަމަކު 21 އަހަރުގެ ކުއްޖަކަށް ވާހަކަ ދެއްކޭނެ،” އޭނާ އިތުރަށް ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުގެ މި ނިންމުމާ މެދު އުފާކޮށް، ކުޑަކުދިންނާ ކައިވެނިކުރުމާއި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނާ އެކު މަސައްކަތް ކުރާ އެންމެން ވެސް ތިބީ އުފަލުންނެވެ.

ޓާސްކް ފޯސްއާ ގުޅިގެން 96 މަދަނީ ޖަމްއިއްޔާއެއް ގުޅިގެން އުފައްދާފައިވާ “ޔަންގް ވޮއިސް: ނެޝަނަލް ވޯކިން ގްރޫޕް” އިން މިދިޔަ އަހަރު ރިޕޯޓެއް ނެރެފައި ވަނީ އިންޑިއާގެ އެކި ކަންކޮޅުތަކުން 2،500 އަންހެން ކުދިންނާ ވާހަކަ ދެއްކުމަށް ފަހު އެވެ.

“ދަ އެޗް.އޭ.ކިއު: ސެންޓަރ ފޮރ ޗައިލްޑް ރައިޓްސް ނޮން ޕްރޮފިޓް” ގެ ކޯ ފައުންޑަރ އީނަކްޝީ ގަންގްލީ ވިދާޅުވީ، “އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ޒުވާނުންގެ ފަރާތުން އެކި ދާއިރާތަކުން މިހާ ގިނަ އަޑުތައް އެފަރާތްތަކާ ހަމައަށް ގެނެސްދިނުމަށް އަޅުގަނޑުމެންގެ ފަރާތުން މިހާ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެމީހުންގެ ރެކޮމެންޑޭޝަންތައް ހިމަނާފައި ނުވުމުން އެކަމާ ހިތާމަކުރައްވާ” ކަމަށެވެ. އޭގެ މާނައަކީ އެމީހުން [ކުރިން ވެސް] ވިސްނާފައި އޮތީ،” ދަ އިންޑިޕެންޑެންޓް ނޫހަށް ބުންޏެވެ.

“ހަމައެކަނި ގާނޫނަކުން އިޖުތިމާއީ ބަދަލެއް ނުގެނެވޭނެ. އިޖުތިމާޢީ ބަދަލަކީ، ޒަމާނުއްސުރެ ފަށައިގެން، އެ ބަޔަކު އަމިއްލައަށް ދެކޭ ފުރްޞަތުތަކެއްގެ މައްޗަށް ބިނާކޮށް، ބާރުވެރި އިޚްތިޔާރުތަކެއް އިޚްތިޔާރު ކުރުން ހިމެނޭ ޕްރޮސެސްއެއް. ހަމައެކަނި އުމުރުން 2،1 ހެދުމުން އޭގެ ސަބަބުން ހަގީގަތުގައި ބާރުވެރިވުމަށް މަގުފަހިވަނީ ކިހިނެއް؟”

އެކަމަނާ އިތުރަށް ވިދާޅުވީ ކައިވެނި ކުރާ އުމުރަކީ ވިހެއުމުގެ ތެރޭގައި މައިންނާއި ތުއްތު ކުދިން މަރުވާ ނިސްބަތަށް ރިޢާޔަތްކޮށް އެޅި ފިޔަވަޅެނޫން ކަމަށެވެ. “ޖިންސީ ގުޅުން ހިންގުމާއި ކައިވެނި ކުރުން އެއްހަމަކޮށް، ޒިންމާދާރު ޖިންސީ އަމަލެއްގެ ވާހަކަ ނުދައްކާ ނަމަ، އަންހެން ކުދިން ކައިވެނި ކުރުން ކުރިއަށް ގެންދާނީ ހަމައެކަނި ޖިންސީ ގުޅުން ހިންގުމަށް. ޖިންސީ އަދި ޖިންސީ ގުޅުމުގެ ވާހަކަ އެ މީހުންނާ ދައްކަން ޖެހޭ،” ނަން ނުޖެހުމަށް އެދި ބުންޏެވެ.

އަނެއް ބަޔަކު ބުނީ ސަރުކާރުން އެޅި މި ފިޔަވަޅަކީ ހަމައެކަނި “ސަބަބުގެ ބަދަލުގައި އަލާމާތްތަކަށް ފަރުވާ ކުރަން” މަސައްކަތް ކުރުން ކަމަށެވެ.

“ޅައުމުރުގައި ކައިވެނިތައް ރޫޅުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ހައްލުކުރަން ޖެހޭ، އޭގެ ތެރޭގައި ޖިންސުގެ ހަމަހަމަކަން ނެތުމާއި، ހަމައިން ނެއްޓިފައިވާ އިޖުތިމާއީ މިންގަނޑުތަކާއި، މާލީ ނުތަނަވަސްކަމާއި، ފެންވަރު ރަނގަޅު ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ނެތުން ހިމެނޭ،” ޕޮޕިއުލޭޝަން ފައުންޑޭޝަން އޮފް އިންޑިއާގެ އެގްޒެކެޓިވް ޑިރެކްޓަރު ޕޫނަމް މުޓްރެޖާ ވިދާޅުވި އެވެ. “ކައިވެނި ކުރުމުގެ ގާނޫނީ އުމުރު މަތިކުރުމަކީ މީގެ ކުރިން ވެސް އަމަލުކުރަމުން އައި ގޮތަށް ސިއްރުން ގިނަ ކައިވެނިތައް ކުރުމަށް ބާރު އެޅުމަށް ވުރެ ރަނގަޅުވެދާނެ ކަމެއް،” އެކަމަނާ އިތުރަށް ވިދާޅުވި އެވެ.

އެކްޓިވިސްޓުން ބުނާ ގޮތުގައި އުމުރު މަތިކުރުމުގެ ބަދަލުގައި ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ އަންހެނުންނަށް އިތުރު އޮޕްޝަންތައް ދީގެން ކައިވެނި ކުރުމަކީ އެންމެ ފަހުގެ އަމާޒު ކަމަށް ނުދެކޭށެވެ.

“ވަށާޖެހޭ އިންޓަވެންޝަންތަކެއް އެބަ ބޭނުންވޭ، އަޅުގަނޑުމެން ރެކޮމެންޑް ކުރި، އޭގެ ތެރޭގައި ތައުލީމާއި މަޝްވަރާގެ ތެރެއިން އޭޖެންސީ ބިނާކުރުމާއި ހޭލުންތެރިކަން އިތުރުކުރުން ހިމެނޭ، އެހެންވެ އަންހެން ކުދިން ކައިވެނިން ބޭރުން އަމިއްލަ އަށް މުސްތަގުބަލެއް ދެކޭ،” މިސް ގަންގަލީ ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close