ރިޕޯޓް

ޖުމުހޫރީދުވަސް – ބަރުލަމާނީ ނިޒާމަކަށް ދިވެހިންގެ މިސްރާބު

ޖުމުހޫރީ ވެރިކަމެއްގައި އެނބުރި ފަހަތަށް ބެލުމެއް ނެތި ކުރިމަގު އުޖާލާކުރަމުން ދިވެހިރާއްޖެ ކުރިއަށް މިދަނީ އިނގިރޭސިންގެ އަތްދަށުން ސަލާމަތްވީ ހިސާބުން ފެށިގެންނެވެ. އޭރުން ފެށިގެން މިވީ ބައިގަރުނުގެ ތެރޭގައި ދިވެހިން  ތަޖްރިބާ ކުރަމުން މިދަނީ ޖުމުހޫރިއްޔަތެއްގެ ރަހަތަކެކެވެ.

އިނގިރޭސީންގެ އަތުން ދިވެހިރާއްޖެ މިނިވަންވުމާއިއެކު ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. އެގޮތުން 15 ނޮވެމްބަރ 1967 ގައި ރައްޔިތުންގެ މަޖިލީހުގައި ވޯޓެއް ނެގުނެވެ. ރައްޔިތުންގެ ތެރެއިން ބައެއްގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުމެއްގެ ތެރެއިންނެވެ. އެއީ މިހާރުވެސް މި އުފެދޭ ތަފާތު ޚިޔާލުތައް ފަދައިންނެވެ. އެދުވަހު ނެގުނު ވޯޓުން ރާއްޖޭގައި އޮންނަން ފެންނަނީ ޖުމުހޫރީ ވެރިކަމެއް ކަމަށް ކަނޑައެޅިގެންދިޔައެވެ.

1967 ގައި ނެގުނު ވޯޓު ނެގުމާއި، ހަމައަށް އޭރުވެސް އެއްބަޔަކު ބުނަމުން ދިޔައީ ރާއްޖެއަށް އެންމެ ކަމުދަނީ ބަރުލަމާނީ ނިޒާމުކަމުގައެވެ. އަނެއްބަޔަކު ބުނީ މިފަދަ މީސްކޮޅު މަދު ޤައުމެއްގައި މަލްޓި ޕާޓީ ނިޒާމެއްގެ ތެރެއިން އުފެދިގެން އަންނަ ބަރުލަމާނީ ވެރިކަމަކީ ދިވެހިންނަށް އެކަށީގެންވާ ނިޒާމެއް ނޫންކަމުގައެވެ. ކޮންމެއަކަށް ޖެހިގެން އައި އަހަރުގެ 11 ނޮވެމްބަރ ވަނަ ދުވަހަކީ އެޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް ހުވާ ކުރެއްވި ދުވަހެވެ.  

މިނިންމުމާ އެކު 15 މާރޗް 1968 ބޭއްވުނު އިންތިހާބުގައި ފުރިހަމަ އަގުލަބިއްޔަތުން ހޮވިވަޑައިގަތީ އޭރުގެ ބޮޑުވަޒީރަކަށް ހުންނެވި އިބްރާހިމް ނާސިރުއެވެ.

އޭގެ ފަހުން އަނެއްކާވެސް އެންމެ ބޮޑަށް ވެރިކަމުގެ ނިޒާމާމެދު ދިވެހިންގެ މެދުގައި ޚޔާލު ތަފާތުވީ 2007 ވަނަ އަހަރުއެވެ. އެއީ ދިވެހިރާއްޖެ ގަނޫނު އަސާސީ އިސްލާހު ކުރަމުން ދިޔަ ދުވަސްވަރެވެ. ރާއްޖޭގައި އޮނަން ފެނަނީ ބަރުލަމާނީ ނުވަތަ ރިޔާސީ ނިޒާމެއްތޯ ވަރަށްގަދަޔަށް ޢާއްމު ފޯރަމްތަކުގައިވެސް ބަހުސް ކުރެވުނެވެ.

މިފަދަ ބަހުސްތައް އުފެދެންދިމާވި އެންމެ ބޮޑު އެއްސަބަބަކީ ބަރުލަމާނީ ނިޒާމެއްގައި ގައުމުގެ ހިންގުން ހަވާލު ކުރާނީ ރައްޔިތުންގެ މަޖްލީސްގެ ރުހުން އޮނަ ބޭފުޅަކަށް ކަމަށްވުމެވެ. މަޖްލިސްގެ ތެރެއިން ވެރިކަން ފުރޮޅައިލުމަށް އޭރުވެސް ބަޔަކު ވިސްނަމުން ދިޔައީ ކަމުގައި ބައެއް ފަރާތްތަކުން އޭރުވެސް ޤަބޫލުކުރިއެވެ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމެއް އޭރުގެ މަޖްލިސް މެމްބަރުނަށް ފަހަރެއްގައި އެނވަޑައިނުގަތީ ކަމުގައިވެސް ވެދާނެއެވެ.

އަޅުގަނޑުމެންނަށް ފެންނަމުން ދާ ހަގީގަތަށް ބަލާއިރު ގިނަ ބޭފުޅުން މަޖްލިސް މެންބަރަކަށް ވުމާއެކު ރައްޔިތުން މަތިން ހަދާން ނެތެއެވެ. އެއާއެކު ބޮޑެތި އަދަދުތަކުން ރިޝްވަތުގެ ކަޅުފައިސާ ނަގަމުން ގެންދާކަމަށް ތުހުމަތު ކުރެވޭވަރުވެސް މަދެއް ނޫނެވެ. އެބޭފުޅުންނަށް ލިބޭ އާމްދަނީ އަށް ވުރެ އެބޭފުޅުން ކުރައްވަމުން ގެންދާ ޚަރަދުތަށް ބޮޑުވުން މިއީ މިކަމުގެ ސަބަބަކަށް ވެދާނެއެވެ.

ބަރުލަމާނީ ނިޒާމުގައި ގިނަ ކަންތައް ތަކުގައި ރައްޔިތުންގެ މަޖްލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން ކޮންޓްރޯލް ކުރެވިއްޖެނަމަ އެބައެއް ބޭނުން ގޮތަކަށް ކަންކަން ނިމާލުމަކީ ދާދި ފަސޭހަކަމެކެވެ. އަދި އޭގައި އެންމެ ނުރައްކާކަމަކީ ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރަކަށް ހުންނަވާ ބޭފުޅަކީ މަޖުލީހުން އިންތިޚާބު ކުރާމީހަކަށް ވުމާއެކު، އެބޭފުޅާއަށް އަމިއްލަ މިނިވަންކަމާއެކު އެއްޗެއް ވިދާޅުވުމުގެ ކުޅަދާނަކަން ނުލިބުމެވެ.

އަދި މީގެ އިތުރުން ބަރުލަމާނީ ނިޒާމަކަށް ބޭރުގެނުފޫޒު ފޯރުމަކީވެސް ވަކިން ނުރައްކާތެރިކަން ކުޑަކަމެއް ނޫނެވެ. ބޭރުގެ ބޮޑެތި ބާރުތަކުން ރައްޔިތުންގެ މަޖްލީސް ކޮންޓްރޯލް ކުރުމަށް މަސަކަތް ކުރާނެއެވެ. މިހާރުވެސް ކުރެއެވެ. ރާއްޖެ އަކީ ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް، ރާއްޖެ ގުދުރަތީ ގޮތުން މިއޮތް ސަރަހަދަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުން އަބަދުވެސް ބާރުފޯރުވަން ބޭނުންވާ ސަރަހައްދެކެވެ. ސަބަބަކީ ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގެ ގައުމުތަކާ ގުޅުވައިދޭ ފާލަމަކަށް ވުމެވެ. މިގޮތުން ޗައިނާއާއި އިންޑިޔާ ރާއްޖޭގައި ނުފޫޒު ފޯރުވުމަށް ކުރާމަސަކަތަކީ ސިއްރުވެފައި އޮތް ކަމެއް ނޫނެވެ. މިއާ އެކު އެމެރިކާއާއި ވިލާތުގިނަ ގައުމުތަކުން ވެސް ރާއްޖޭގައި ނުފޫޒު ފޯރުވަން ދޭތެރެ ދޭތެރެއިން މަސަކަތް ކުރެއެވެ.

2007 ވަނަ އަހަރު ދިވެހި ރައްޔިތުން މިކަމާ ގުޅިގެން ހިގަމުން ދިޔަބަހުސް ތަކަށް ރަގަޅު ނިންމުމެއް ދިވެހިން ނިންމިއެވެ. ދިވެހިން ބޭނުންވީ ދިވެހި ދައުލަތް ޖުމްހޫރީ ދައުލަތެއް ގޮތުގައި ދެމިއޮންނާށެވެ. ނަމަވެސް ރައްޔިތުންގެ މިފަދަ މުހިންމު ނިންމުމެއް ނިންމިތާ މާގިނަދުވަސް ތަކެއް ވެފައިނުވާއިރު  ދިވެހިންގެ ތެރެއިން މަދު ބަޔަކު އަނެއްކާވެސް ރާއްޖެ ބަރުލާމާނީ ނިޒާމަކަށް ބަދަލު ވުމަށް ނުވަތަ ވެރިކަން ފުރޮޅައިލުމަށް ގޮވާލުމުން އެދަނީ ކޮންބޭނުމެއްގައި ތޯ ވިސްނާލަން އެބަޖެހެއެވެ. މިކަމުގައި ގައުމުގެ އެތެރެޔާއި ބޭރުގެ ބާރެއް އުޅޭތޯ ބަލަންޖެހެއެވެ. ނުވަތަ ޖުމުހޫރީ ދުވަހު ހަމަ ހަޤީޤަތުގައިވެސް ބަރުލަމާނީ ނިޒާމަކަށް ދިވެހިރާއްޖެ މިސްރާބު ޖަހަނިތޯ ބަލަންޖެހެއެވެ.

އެއް ކޮމެންޓް

  1. ހައެއްކަމީހުންގެ މިސްރާބު ބަރުލަމާނީއާދިމާއަށް ހުރީ އެއްވެސްޕާޓީއެއްގެ މިސްރާބެއް ބަރުލަމާނީއަކަށްނެއް ނޫހުގައި ރުފިޔާދީގެންބޮޑުލިއުމެއްޖެހިދާނެ ތީކީދިވެހިންބޭނުންވާ ނިޒާމެއްނޫން މައްސަލައަކީ ނިޒާމީމައްސަލައެއްނޫން މީވަކިމީހަކަށްޓަކާ ހިންގަންއުޅޭޖަރީމާއެއް ނިކަން ބަރުލަމާނީއަށްއޮތްތާއީދު ދައްކާލަބަލަ ނޫނީ ނިޒާމުބަދަލުކުރާވޯޓަކަށްދޭބަލަ ކީއްވެ ރައްޔިޔުންގެވޯޓަކަށްދާންބިރުހީވަނީ ސަޕޯޓްއޮތްވަރު ދައްކާލަބަލަ ވޯޓުންތަޅާބަލިކޮށްބަލަ އޭރުންއިތުރައްކިޔާނެއެއްޗެއްނޯއްނާނެދޯ ..؟

  2. ހިލަބެ ގެ ކޮމެންޓް އަށް ވަރަށްބޮޑަށް ސަޕޯޓް ކުރަން! ނިކަން ރައިއްޔިތުންގެ ތާއީދު ބަރުލަމާނީ ނިޒާމަކަށް އޮތްތޯބަލަން ވޯޓެއްލާބަލަ!ވާގޮތްބަލަން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close