އިންޓަރނެޓްގެ ތާރީޚް – އިންޓަރނެޓް އީޖާދުކުރީ ކާކު؟
އެއެއްޗަކާނުލައި މިއަދު އަހަރެމެންނަށް ދިރިއުޅެވެންނެއް އެކައްޗަކީ އިންޓަނެޓޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ތަރައްޤީވެ ތަހުޒީބު ވަމުން އަދި ބަވަނަމުން މިދާ ދުނިޔޭގެ ދިރިއުޅުމުގެ ކޮންމެ ކަމެއް މިވަނީ އިންޓަރނެޓާ ގުޅިފައެވެ. ފައިސާގެ މުޢާމާލާތްތައް ކުރުމާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަމުގައި އެކަކު އަނެއްކާ މުވާޞަލާތު ކޮށް މުޢާމަލާމު ކުރުމުގައިވެސް އިންޓަނެޓްގެ ދައުރުމިވަނީ ހީވެސް ނުކުރާހާ މިންވަށް ފުޅާވެފައެވެ.
މިހާ ފުޅާ އަދި ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއަކަށް އިންތިޒާރު ކުރި ފަދައިން، އިންޓަނެޓްގެ މި އާދަޔާ ޚިލާފު މޮޅު އީޖާދުގެ ކްރެޑިޓް އެންމެ މީހަކަށް ދިނުމަކީ ނާދިރު ކަމެކެވެ. އެހެނީ އިންޓަރނެޓަކީ، ކުރިއަރަމުން އަންނަ އެތައް ބައިވަރު ސައިންޓިސްޓުންނާއި، ޕްރޮގްރާމަރުންނާއި، އިންޖިނިއަރުންގެ މަސައްކަތެވެ. ކޮންމެ ބަޔަކުވެސް އާ ފީޗަރސްތަކާއި ޓެކްނޯލޮޖީތައް އުފައްދައި، އެންމެފަހުން އެ ހުރިހާ އެއްޗެއް އެއްކޮށްލައި، މިއަދު އަޅުގަނޑުމެން ނަށް އޭގެ ބޭނުންކުރުމަށް މިވަނީ ދޫކޮށްލާފައެވެ. އާދެ އިންޓަނެޓް މިވަނީ “އިންފޮމޭޝަން ސުޕަރހައިވޭ” އަކަށް ބަދަލުވެގެން ގޮސްފައެވެ.
ހަޤީޤަތުގައި އިންޓަރނެޓް ބިނާކުރުމަށް ޓެކްނޮލޮޖީ ވުޖޫދުވުމުގެ އެތައް ދުވަހެއް ކުރިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޢުލޫމާތުގެ ވިއުގަތައް ހުރުމަކީ ގިނަ ސައިންސްވެރިން ކުރިން ވެސް އިންތިޒާރުކުރި ކަމެކެވެ. ނިކޮލާ ޓެސްލާ 1900ގެ އަހަރުތަކުގެ ކުރީކޮޅު “ވޯލްޑް ވަޔަރލެސް ސިސްޓަމް” ގެ ވިސްނުމާއެކު ޓޯއިޑް ކުރިއެވެ. 1930 އާއި 1940 ގެ އަހަރުތަކުގައި ފޮތާއި މީޑިއާގެ ސާޗްކުރެވޭ ސްޓޯރޭޖް ސިސްޓަމްތަކާއި، މެކޭނައިޒްޑް، ސާޗްކުރެވޭ ސްޓޯރޭޖް ސިސްޓަމްތަކެއް ގެ ވިސްނުން ޕޯލް އޮލެޓް އާއި ވަންނޭވަރު ބުޝް ފަދަ ދުރުވިސްނޭ ވިސްނުންތެރިން ގެންގުޅުނެވެ.
ނަމަވެސް 1960ގެ އަހަރުތަކުގެ ކުރީކޮޅު އެމްއައިޓީގެ JCR ލިކްލިޑަރ ކޮމްޕިއުޓަރުގެ “އިންޓަރގެލެކްޓިކް ނެޓްވޯކް” ގެ ވިސްނުމަށް މަގުބޫލުކަން ހޯދި އިރު، އިންޓަނެޓްގެ ވިސްނުމެއް ނާދެއެވެ. އޭގެ ފަހުން ކޮމްޕިއުޓަރު ސައިންޓިސްޓުން “ޕެކެޓް ސްވިޗް” ގެ ކޮންސެޕްޓް ޑިވެލޮޕްކޮށް، އިލެކްޓްރޯނިކް ޑޭޓާ ރަނގަޅަށް ޓްރާންސްމިޓް ކުރުމުގެ މެތަޑެއް ހަދައި، އޭގެ ފަހުން އިންޓަނެޓްގެ އެންމެ ބޮޑު އެއް ބިލްޑިން ބްލޮކް އުފެއްދިއެވެ.
އިންޓަރނެޓްގެ އެންމެ ފުރަތަމަ ވޯކެބަލް ޕްރޮޓޯޓައިޕް އައިސްފައިވަނީ 1960ގެ ފަހުކޮޅުގައި އާރޕަނެޓް ނުވަތަ އެޑްވާންސްޑް ރިސަރޗް ޕްރޮޖެކްޓްސް އޭޖެންސީ ނެޓްވޯކް އުފެއްދުމާއެކުގައެވެ. އެމެރިކާގެ ދިފާއީ ވުޒާރާއިން ފަންޑުކޮށްގެން ފުރަތަމަ ފަންޑުކުރި އާޕަނެޓް އިން ޕެކެޓް ސްވިޗް ބޭނުންކުރީ ގިނަ ކޮމްޕިއުޓަރުތަކެއް އެއް ނެޓްވޯކެއްގައި މުއާމަލާތް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
އޮކްޓޯބަރ 29، 1969 ގައި އޭ.އާރް.ޕީ.އޭ.އެން.އީ.ޓީ އިން ފުރަތަމަ މެސެޖް ޑެލިވަރ ކޮށްދީފައިވަނީ އެއް ކޮމްޕިއުޓަރުން އަނެއް ކޮމްޕިއުޓަރަށެވެ. “ނޫޑް-ޓު-ނޯޑް” ކޮމިއުނިކޭޝަނެކެވެ. (ފުރަތަމަ ކޮމްޕިއުޓަރު ހުރީ ޔޫސީއެލްއޭގައި ހުންނަ ރިސާޗް ލެބެއްގައި، ދެވަނަ ކޮމްޕިއުޓަރު ހުރީ ސްޓޭންފޯޑްގައެވެ. ކޮންމެ ކޮމްޕިއުޓަރެއްވެސް އޭރު ހުރީ ކުޑަ ގެއެއްގެ ސައިޒްގައެވެ.) މެސެޖް”ލޮގިން”ކުރު އަދި ސިމްޕަލް ނަމަވެސް ކޮންމެ ގޮތަކަށް ވެސް އަލަށް އުފެއްދި އޭއާރްޕީއޭ ނެޓްވޯކް އެކްސިޑެންޓްވިއެވެ. އެގޮތުން ސްޓޭންފޯޑް ކޮމްޕިއުޓަރަށް ލިބުނީ ހަމައެކަނި ނޯޓްގެ ފުރަތަމަ ދެ ސިޓީ އެވެ.
1970ގެ އަހަރުތަކުގައި މި ޓެކްނޮލޮޖީ ކުރިއަރަމުން ދިޔައީ ސައިންސްވެރިން ކަމަށްވާ ރޮބާޓް ކާން އާއި ވިންޓަން ސަރފް ޓްރާންސްމިޝަން ކޮންޓްރޯލް ޕްރޮޓޮކޯލް އެންޑް އިންޓަރނެޓް ޕްރޮޓޮކޯލް ނުވަތަ ޓީ.ސީ.ޕީ/އައި.ޕީ، ގިނަ ނެޓްވޯކްތަކެއްގެ މެދުގައި ޑޭޓާ ފޮނުވޭނެ މިންގަނޑުތަކެއް ކަނޑައަޅައި، ކޮމިއުނިކޭޝަންސް މޮޑެލްއެއް އުފެއްދުމަށްފަހުގައެވެ.
އާރޕަނެޓް 1 ޖަނަވަރީ 1983 ގައި ޓީ.ސީ.ޕީ/އައި.ޕީ އެޑޮޕްޓް ކޮށް، އެތަނުން ދިރާސާކުރާ ފަރާތްތަކުން ޒަމާނީ އިންޓަރނެޓް ގެ ގޮތުގައި އައި “ނެޓްވަރކްތަކުގެ ނެޓްވޯރކް” އެސެމްބްލް ކުރަން ފެށިއެވެ. އެއަށްފަހު 1990 ވަނަ އަހަރު ކޮމްޕިއުޓަރ ސައިންޓިސްޓް ޓިމް ބަރނަރސް-ލީ ވޯލްޑް ވައިޑް ވެބް އީޖާދުކުރިއެވެ. އޭރު އޮންލައިން ދުނިޔެ ވަނީ ފެށިފައެވެ. ވެބްސައިޓްތައް އުފައްދަން ފެށިއެވެ. ހަގީގަތުގައި ވެބްސައިޓްތަކާއި ހައިޕަލިންކްތަކުގެ ސިފައިގައި އޮންލައިންކޮށް ޑޭޓާ އެކްސެސް ކުރުމުގެ އެންމެ އާންމު ވަސީލަތެވެ.
މި ވެބްގެ ސަބަބުން އާންމުންގެ މެދުގައި އިންޓަނެޓް މަގުބޫލުވުމަށް އެހީތެރިވެދިނެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް މިހާރު ދުވާލެއްގެ މައްޗަށް ލިބޭ މައުލޫމާތުގެ ބޮޑުގައި ލިބުމުގައި މި ވެބް ވަނީ މަސައްކަތް ކޮށްފަ އެވެ.
ނޯޓް : މި ލިޔުމަކީ ހިސްޓްރީ.ކޮމް ގައި EVAN ANDREW ލިޔުއްވައިފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.
