ދުނިޔޭގައި ދެވޭ އެންމެ ރަނގަޅު ފިލާވަޅުތަކާއި، ފޮތްތަކާއި، މެޓީރިއަލްތަކުގެ އެހީގައި އުގަންނައިދިނަސް ، ދަރިވަރުން މޯޓިވޭޓް ނުވާނަމަ، އެކުދިންނަށް އެއިން އެއްވެސް މަންފާއެއް ނުކުރާނެއެވެ. ކަމަކަށް މީހަކު ޝަޢުޤުވެރިވެއްޖެނަމަ އެއެއްޗެއްގައި ނުވަތަ އެކަމެއްގައި ހުރި ހުރިހައި އުނިސިފަތަކެއް އެމީހަކަށް ވަންހަނާވެދެއެވެ. އަދި ހަމަ އެހެންމެ އޭގައިހުރި އެންމެހައި ފަހި ގޮތްތަކާއި، ރަނގަޅު ސިފަތައް ފެނެއެވެ.
މޯޓިވޭޝަންގެ ވާހަކަ ދައްކާއިރު، އިންޓްރިންސިކް އަދި އެކްސްޓްރިންސިކް، މި ދެކަމަކީވެސް، ދަރިވަރުންގެ ތަޢުލީމީ ހުރިހާ މަރުޙަލާއެއްގައިވެސް ކާމިޔާބު ވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އެ މޯޓިވޭޝަން ދަރިވަރުންގެ ތެރޭގައި ފޯރުކޮށްދީ، ހިތްވަރު ދިނުމުގައި މުދައްރިސުންނަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. ހަމަގައިމުވެސް، ހުރިހާ ދަރިވަރުންވެސް ތަފާތު ގޮތަކަށް މޯޓިވޭޓްކޮށް އަދި އުނގެނުމާއި، ގަދައަޅައި މަސައްކަތް ކުރުމާއި، އަމިއްލަ ނަފްސަށް ބާރުއެޅުމަށް ޓަކައި ކުދިން ޝައުޤުވެރިވާ ކްލާސްރޫމެއް ހޯދުމަށް ވަގުތާއި އަދި ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭނެއެވެ.
އެންމެ ހެޔޮ ނިޔަތުގައި އަދި އެންމެ ތަޢުލީމީ މުދައްރިސުންވެސް ބައެއްފަހަރަށް ކުދިން ރަނގަޅު މަގުގައި ބޭތިއްބުމުގެ ހުނަރު ނެތުމަކީ ވެދާނެކަމެކެވެ. އެހެންވީމާ، އާ މުދައްރިސެއް ކަމުގައިވިޔަސް، ނުވަތަ ތަޖްރިބާކާރު މުދައްރިސެއް ކަމުގައިވިޔަސް، ދަރިވަރުންގެ މޯޓިވޭޝަން ރަނގަޅު ކުރުމަށްޓަކައި، އަދި އެކުދިންގެ ޙަޤީޤީ ޤާބިލުކަން ދެމެހެއްޓުމަށްޓަކައި، އެގޮތްތައް ބޭނުންކޮށްގެން މަސައްކަތް ކުރުންވަރަށް މުހިންމެވެ.
ދަރިވަރުންގެ ކޮންޓްރޯލް ހޯދުން.
މުދައްރިސެއްގެ އިރުޝާދަކީ ކުދިން ޓާސްކް އެންޑް މޯޓިވޭޓެޑްކޮށް ބެހެއްޓުމަށް މުހިއްމު ކަމަކަށްވާއިރު، ކްލާސްރޫމްގައި ހިނގާ ކަންތައްތަކުގެ މައްޗަށް ދަރިވަރުންނަށް ކޮންމެވެސް ވަރެއްގެ އިޚްތިޔާރަކާއި ކޮންޓްރޯލެއް ލިބި، އެކުދިން އެންގޭޖްވިޔަ ނުދީ ހިފެހެއްޓުމަށް އެންމެ ރަނގަޅު އެއް ގޮތަކީ ޙަޤީޤަތުގައި ވެސް މުދައްރިސެއްގެ އިރުޝާދެވެ. އެހެންކަމުން ދަރިވަރުންނަށް އެކަށީގެންވާ އިރުޝާދުދީ އެކުދިންގެ ފުރިހަމަ ކޮންޓްރޯލް އަބަދުވެސްމުދައްރިސްގެ އަތުގައި ބޭއްވުމަކީ ކުދިންގެ ޝައުޤުވެރިކަން ދެމެހެއްޓުމުގައި މުހިންމު ކަމެކެވެ.
އުނގެނުމުގެ މަޤްޞަދު ސާފުވުން.
އެސައިންމަންޓެއް ފުރިހަމަކުރުމަކީ ނުވަތަ ކްލާހުގައި ވެސް ޢަމަލުކުރުމަކީ ދަރިވަރުންނަށް ވަރަށް ބޮޑަށް މާޔޫސްކުރުވަނިވި ކަމަކަށް ވެދާނެ އެވެ. ދަރިވަރުން މަސައްކަތަކަށް މޯޓިވޭޓްވެގެން ތިބުމަށްޓަކައި އެކުދިން ނާއުއްމީދުވާ ކަންތައްތަކަކީ ކޮބައިކަން އެނގެން ބޭނުންވާނެއެވެ. އަދި އެނގެން ޖެހޭނެއެވެ. އަހަރު ފެށުނުއިރު، ދަރިވަރުންގެ ސާފު މަޤްޞަދުތަކާއި، ޤަވާޢިދުތަކާއި، އިންތިޒާރުތައް ބަޔާންކޮށްދީ، އެއްވެސް އޮޅުމެއް ނެތް، އަދި ދަރިވަރުންގެ ލަނޑުދަނޑިތަކެއް ކަނޑައަޅައި، އެ ލަނޑުދަނޑިތަކަށް މަސައްކަތް ކުރުމަށްމަސައްކަތްކުރާށެވެ.
ނުރައްކާތަކުން ސަލާމަތްވެފައިވާ މާޙައުލެއް އުފެއްދުން
ދަރިވަރުންގެ ނޭދެވޭ އަމަލުތައް އިސްލާހްކުރަން ދަރިވަރުންނަށް ވިސްނައިދޭން ޖެހޭއިރު، އިންޒާރުތަކަށްވުރެ ދަރިވަރުންނަށް ހިތްވަރު ދިނުމަކީ ޕޮޒިޓިވް ރިފޯމިނޭޝަންތަކެއް ކަން ދަރިވަރުންނަށް އިހުސާސްކުރުވާށެވެ. މުދައްރިސުން ދަރިވަރުންނަށް ރައްކާތެރި، އެހީތެރިވެދޭ މާޙައުލެއް ޤާއިމުކޮށްދޭއިރު، ކަންކަން ނުކުރުމުގެ ނަތީޖާ ކަނޑައެޅުމުގެ ބަދަލުގައި، ދަރިވަރެއްގެ ޤާބިލުކަން ހުރިމިންވަރު ގަބޫލުކޮށް، އެ ޤާބިލުކަން ކަށަވަރުކޮށްދޭށެވެ. އެގޮތަށް ކަންކަން ކޮށްދިނުމުން، ދަރިވަރުން ގެ މަސައްކަތް ކުރުމަށް ލިބޭ އަދި މޯޓިވޭޓްވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.
ތިބާގެ ސިކުނޑި ބަދަލުކުރާށެވެ
ކްލާސްރޫމަކީ އުނގެނުމަށް ވަރަށް ރަނގަޅު ތަނެއް ނަމަވެސް މުޅި ގަޑީގައި އެއްކޮށް އިށީނދެގެން އިނުމަކީ ބައެއް ދަރިވަރުންނަށް ސްކޫލް ތަންކޮޅެއް މަޑުމައިތިރި ކޮށް ފެންނަން ފަށާ ކަމަކަށްވެ ފޫހި ވެދާނެ އެވެ. އެހެންކަމުން ފީލްޑް ޓްރިޕްތައް ނަންގަވާ، ނުވަތަ ބައެއް ދިރާސާތަކަށް ލައިބްރަރީއަށް ގެންދަވާށެވެ.
ތަފާތު ތަޖްރިބާތަކަށް ފުރުޞަތު ދިނުން
ހުރިހާ ދަރިވަރުން އެއް ގޮތަކަށް ފިލާވަޅުތަކަށް އިޖާބަ ނުދޭނެއެވެ. ބައެއް މީހުންނަށް އަމިއްލަ ތަޖުރިބާތައް އެންމެ ރަނގަޅީ ކަމަށް ވެސް ވެދާނެ އެވެ. އަނެއް ބަޔަކު މަޑުމަޑުން ފޮތްތައް ކިޔަން ނުވަތަ ބައިބަޔަށް ބަހާލައިގެން މަސައްކަތް ކުރަން ލޯބި ކޮށްފާނެ އެވެ. ހުރިހާ ދަރިވަރުން މޯޓިވޭޓްކޮށް ބެހެއްޓުމަށްޓަކައި، ތަފާތު ޕްރިފަރެންސް ހުންނަ ދަރިވަރުންނަށް ކޮންމެ ދަރިވަރަކަށްވެސް އެންމެ ރަނގަޅު ކަންތައްތަކަށް ފޯކަސްކޮށްގެން ވަގުތު ލިބޭނެ ގޮތަށް ފިލާވަޅުތައް މިކްސް ކޮށްލާށެވެ. މިހެން ހެދުމުން ދަރިވަރުން އެންގޭޖްވެ، ސަމާލުކަން ދިނުމަށް އެހީތެރިވެދޭނެ އެވެ.
ޕޮޒިޓިވް ކޮމްޕެޓިޝަން ބޭނުން ކުރޭ
ކްލާސްރޫމަކީ ވާދަވެރި މާހައުލަކަށް ހަދާށެވެ. ބައެއް ހާލަތްތަކުގައި ދަރިވަރުން އިތުރަށް މަސައްކަތް ކުރުމަށް ހިތްވަރުދީ، މޮޅުވުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދެވިދާނެއެވެ. ދަރިވަރުންގެ ޢިލްމު ނުވަތަ ހުނަރު ‘ދައްކާލުމަށް’ މެޓީރިއަލް ނުވަތަ އެނޫންވެސް ފުރުޞަތުތަކާ ގުޅޭ ގްރޫޕް ގޭމްތައް މެދުވެރިކޮށް، ތިބާގެ ކްލާސްރޫމްގައި ވާދަވެރިކަމުގެ އެކުވެރި ރޫޙެއް އަށަގެންނެވުމަށް މަސައްކަތް ކުރާށެވެ.
ހިތްވަރުދީ އިނާމް ދިނުން
ކޮންމެ މީހަކުވެސް ދަރުމަ ލިބުމަށް ލޯބިކުރާފަދައިން، ތިބާގެ ދަރިވަރުންނަށް އިނާމް ހޯދުމުގެ ފުރުޞަތު ދޭށެވެ. އެފަދަ ފުރުސަތު ދިނުމަކީ މޯޓިވޭޝަންގެ ވަރަށް ރަނގަޅު ވަސީލަތެކެވެ. ޕިއްޒާ ޕާޓީ، ފިލްމު ބެލުން، ނުވަތަ ކަރުދާހުގައި ސްޓިކާ ޖެހުން ފަދަ އާދައިގެ ކަންކަން ފަދަ ކަންކަމަކީ ދަރިވަރުން އިތުރަށް މަސައްކަތްކޮށް، ހަގީގީ އަމާޒަށް ވާސިލުވުމަށް ކުރެވިދާނެ ކަންކަމެވެ. ކްލާހަށް އެކަށީގެންވާ އިނާމް ކަނޑައެޅުމަށް ޓަކައި ދަރިވަރުންގެ ޝަޚްޞިއްޔަތާއި ބޭނުންތަކަށް ވިސްނާށެވެ.
ދަރިވަރުންނަށް ޒިންމާ ދެއްވާ
ދަރިވަރުން ކްލާސްރޫމްގެ މަސައްކަތް ހަވާލުކުރުމަކީ މުޖުތަމައުއެއް ބިނާކުރުމަށާއި ދަރިވަރުންނަށް މޯޓިވޭޝަންގެ އިހްސާސް ދިނުމަށް އެޅޭ ވަރަށް ރަނގަޅު މަގެކެވެ. ބައެއް ދަރިވަރުން ކްލާސްރޫމް މަސައްކަތް ތަކަކީ ބުރައަކަށްވުރެ ލަދުވެތި ކަމެއްގެ ގޮތުގައި ދެކެފާނެއެވެ. އެފަދަ ކުދިންނާއި އެހެން ދަރިވަރުން ނަކީ އުއްމީދުތައް ހާސިލްވާ ބަޔަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ކޮންމެ ދަރިވަރަކަށްވެސް މުހިންމު އަދި އަގުހުރި އިޙްސާސްތަކެއް ކުރެވޭފަދަ ގޮތަކަށް ޓާރން ލީޑިންގ އެކްޓިވިޓީސް ތައް ނެގުމަށް ނުވަތަ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަރިވަރުންނަށް ފުރުސަތު ދިނުމަކީ ވެސް ބޭނުންތެރި ކަމަކަށް ވެދާނެއެވެ.
ދަރިވަރުން ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު
ހުރިހާ ދަރިވަރުން ބައިބަޔަށް ބަހާލައިގެން މަސައްކަތް ކުރުމުގެ ފުރުސަތުދިނުމުން ގިނަ ދަރިވަރުން ނަށް ފެންނާނީ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރުމާއި، އެކްސްޕެރިމެންޓްތައް ކުރުމާއި، އެހެން ދަރިވަރުންނާ އެކު ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަން މަސައްކަތް ކުރާ ތަނެވެ. އިޖުތިމާޢީ މުޢާމަލާތުގެ ސަބަބުން ކްލާސްރޫމްތެރޭގައި ހުންނަ ކަންތައްތަކާމެދު އެކުދިން މާޔޫސްވެ، ދަރިވަރުން އެއްއަމާޒަކަށް ވާސިލުވުމަށް އެކަކު އަނެކަކަށް މޯޓިވޭޓް ކުރެވިދާނެއެވެ. ގްރޫޕްތައް ބެލެންސްކޮށް، އިންޞާފުވެރިކޮށް، އެހެން ނަމަވެސް، ބައެއް ދަރިވަރުން އެހެން ކުދިންނަށްވުރެ ބޮޑަށް މަސައްކަތް ނުކުރާގޮތަށް ހަދަން މުދައްރިސުން ޖެހޭނެއެވެ.
އަމިއްލަ ނަފްސާމެދު ވިސްނާ ފިކުރުކުރުމަށް ބާރުއަޅާ
ގިނަ ކުދިން ބޭނުންވަނީ، އެހިސާބަށް ދިޔުމަށްޓަކައި އެކުދިން ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށްޓަކައި ހަމައެކަނި އެހީތެރިކަމެކެވެ. އެ ދަރިވަރުން މޯޓިވޭޓް ކުރެވޭނެ އެއް ގޮތަކީ، އެ ކުދިން އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް ވިސްނައި، އެ ކުދިންގެ އަމިއްލަ ހަރުދަނާކަމާއި ބަލިކަށިކަން ދެނެގަތުމެވެ. މުދައްރިސަކު އެމުދައްރިސަކަށް ޓަކައި އެމުދައްރިސަކު އެމުދައްރިސެއްގެ އަމިއްލަ މަޤްޞަދުތަކާއި ލަނޑުދަނޑިތައް އުފެއްދުމުގެ މަސްއޫލުވެރިޔަކަށް ވުމަށްވުރެ، ގިނަފަހަރަށް ދަރިވަރުން ގެ އަމިއްލަ ނަފްސަށް މިބާވަތުގެ ކަންކަން ދޫކޮށްލާށެވެ. އެކުދިން އަމިއްލައަށް އެކަންކަންމެނޭޖް ކުރާނެއެވެ. މުދައްރިސް ޖެހޭނީ ހަމައެކަނިމަގު ދައްކާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...