ސިއްޙަތު ކޮފީއަށް ލުނބޯހުތް އަޅައިގެން ބުއިމުން ވަރަށް އަވަހަށް ބަރުދަން ލުއިކޮށްދޭ

ކޮފީއަށް ލުނބޯހުތް އަޅައިގެން ބުއިމުން ވަރަށް އަވަހަށް ބަރުދަން ލުއިކޮށްދޭ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ތަފާތު ގޮތްތައް އަހަރެމެން މިދަނީ ތަޖްރިބާ ކުރަމުންނެވެ. ތަފާތު ވައްތަރު ވައްތަރުގެ ހޯމް ރެމިޑީ ބުއިންތައް ތައްޔާރު ކުރަމުއެވެ. އަދި އޭގެ އިތުރުން ކަސްރަތުވެސް ކުރަމުއެވެ. ނުކައިވެސް ހުންނަމެވެ. ބޭނުމަކީ ނުވަތަ މަޤްޞަދަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމާއި، ބަރުދަން ލުއިކުރުމެވެ.

ފަހުގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި ކޮފީއަކީ ބަރުދަން ލުއިކުރުމަށާއި، ސަރުބީ ވިރުވައިދިނުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗެކެވެ. ޚާއްޞަކޮށް ކަޅުކޮފީއެވެ. ކޮންމެ ދުވަހަކު އާދަވެގެން ކަޅުކޮފީ ބޯނަމަ މީހާގެ ސިނކުޑި ތާޒާވެ ދުވަހުގެ މަސައްކަތްތަކުގައި ހީވަގި ކަމާއެކު ކުރިއަށް ދިއުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދެއެވެ. އަދި ބަރުދަންވެސް ލުއިވެއެވެ.

ކޮފީއަކީ އޭގައި އެކުލެވޭ ކެފެއިންގެ ސަބަބުން މެޓަބޮލިކް ރޭޓް ނުވަތަ ސަރުބީ ވިރުވާލަދޭ ރޭޓް މަތިކޮށްލާ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ބަރުދަން ލުއި ކުރެވެ އެވެ. ކޮފީގައި އެކުލެވޭ ކެފެއިންއާއި ބެހޭގޮތުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ފަލަބަލި ޖެހިފައިވާ މީހުން ކެފެއިން ބޭނުންކުރުމުން ސަރުބީ ވިރުވުމުގެ ޕްރޮސެސް 10 ޕަސެންޓް މަތިވި އެވެ. އެކަމުގެ ސަބަބުން އެމީހުންގެ ބަރުދަން ލުއިވިއެވެ.

ބަރުދަން ލުއިކުރުމާއި، ސަރުބީ ވިރުވުމަށް ގަދައަޅާ މަސައްކަތްކުރަމުންދާ ފަރާތްތަކުން މިހާރުމިވަނީ އިތުރު ހޯދުމެއް ހޯދާފައެވެ. އެއީ ސަރުބީ ވިރުވައިދިނުމަށް އެހީވެދޭ އެހެން މާއްދާއެއް ކަމުގައިވާ ލުބޯހުތާއި، ކަޅުކޮފީ އެއްކޮށްގެން ބުއިމެވެ. މިއީ ވަރަށް އަވަހަށް ނަތީޖާއަކާ ހަމައަށް ވާޞިލްވެވިދާނެ ހޯދުމެއްކަމަށް ކަމުގެ ތަޖްރިބާ ހުރި މާހިރުންވެސް އެއްބަސްވެއެވެ.

ސަބަބަކީ ލުބޯހުތާއި، ކަޅުކޮފީއަކީވެސް ކުރިން މިދެންނެވިހެން ސަރުބީ ވިރުވައިދިނުމަށް އެހީތެރިވެދޭ ދެ ބާވަތްކަމަށްވާތީ އެދެބާވާތް އެއްކޮށްލުމަށް އިތުރަށް އެކަމުގެ އިފެކްޓް ފެންނަލެއް އަވަސްވާނެކަމަށް ބެލެވޭތީއެވެ.

ލުނބޯހުތުގެ ސަބަބުން މެޓަބޮލިޒަމް (ހަށިގަނޑުގައި ދިރުން ދެމެހެއްޓުމަށްޓަކައި ކުރިއަށް ގެންދާ ކެމިކަލް މަރުހަލާ) އިތުރުކޮށްދެއެވެ. ދުވަހުގެ ފެށުން ލުނބޯހުތް ފެން ތަށްޓަކުން ފެށުމަށް ބުނެ އުޅެނީ މި ސަބަބާ ހުރެއެވެ.

ލުނބޯހުތުގައި ހުންނަ އެސިޑްގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދެއެވެ. ލިވަރ އިން އުފައްދާ ދިޔަކަމަށްވާ ބައިލް އުފެއްދުން އިތުރުކޮށްދެއެވެ. އެކަމުގެ ސަބަބުން ހަޖަމުކުރުމާއި ހަށިގަނޑު ޑީޓޮކްސިފައިކޮށްދިނުމަށް އެހީތެރިވެދެއެވެ. ބަނޑު ފުރިފައިވާ ކަމުގެ އިހުސާސްކޮށްދީ ކާހިތްވުން ކުޑަކޮށްދެއެވެ.

އެހެންކަމުން ދަންނަވަންޖެހެނީ ބަރުދަން ލުއިކުރުމަށް ބޭނުންވާ މީހުންނަށް މިވަގުތަށް އޮތް އެންމެ ފަސޭހަ އަދި އެންމެ ފައިދާހުރި ހައްލަކީ ކަޅުކޮފީއަށް ލުބޯހުތް އަޅައިގެން ބުއިންކަމުގައެވެ.

މިދެންނެވި ގޮތަށް ކޮފީބޯ މީހުން މިހާރަކަށް އައިސް މަދެއްވެސް ނޫނެވެ. ފަލަކޮށް ތިބި އެތައްބަޔަކު އާދަކޮށް ކޮފީއަށް ލުބޯހުތް އަޅައިގެން ބުއިމުން ނަތީޖާފެނިފައި އެބަހުއްޓެވެ. އެފަދަ މިހަކާ ވާހަކަ ދައްކާލުމުގެ ފުރުޞަތެއް ލިބޭތޯ ބަލާށެވެ، އޭރުން ތިބާއަށް ލިބޭ ޔަޤީންކަން އިތުވާނެއެވެ.

މަސްދަރު: ހެލްތްބަފެޓް.ކޮމް

ޓެގް

ބަރުދަންލުއިކުރުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.