ޅެން ތަރައްޤީވާން އެދޭނަމައީ!

ތަރައްޤީވާން އެދޭނަމައީ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރާކަންތައް ކުރަންވާނީ ދުރަށްވިސްނައިމެ ހަމަތަކަކުން

                       މުރާދެއްކަމު ދެކެންވާނީ ކުރަން ކަންތައް މެހަމަތަކަކުން

ދުރާލައި ވިސްނަމުން ރާވާ ޕުލޭނާ އެއްގޮތަށް ގެންގޮސް

                         ފިރާނުމެލައި އެކީތިބެގެން ކުރަންޖެހެޔޭ ކުރާކަންކަން

ޖަހާ ކަޑައެއް ޖަހަންވާނީ ދިރާސާކޮށް ބަލައިގެންކަން

                       މިހާރުއެކަން އެނގެންޖެހެޔޭ މިގޮތަކީ ކަންކުރާ ގޮތްކަން

ފަޅެއްކޮނުނަސް ރުކެއްޖެހިޔަސް އެއޮންނަ ގޮތަށް އެކަން ކޮށްގެން

                         އުޅެންވީއަދު އުޖާލާ ވާ ތަރައްޤީތަށް މޮޅަށް ގެންނަން

ކަމަށް ފަރުވާ ބަހައްޓައިގެން ކުރާކަންތައް ބަލައިގަނެގެން

                     ކަމަށްވިސްނައި އެކަންކުރުމުން އޮތީމޮޅުކަން ޔަޤީންކޮށްގެން

ހެދޭގޯހުން ލިބޭގެއްލުން ނުހަނު ބޮޑުކަން އެނގޭއިރުގައި

                        ހެދޭ ގޯސްތައް ރަނގަޅުކޮށްގެން އެކީދާށޭ ތަރައްޤީވާން

މިއަދުހަމަ އެންމެނަށް އެނގެޔޭ ރަނގަޅު ގޮތުގައި ކުރަންކަންކަން

                      މިއަދުކޮސްތައް ހެދުންމަދުކޮށް ކުރަންޖެހެޔޭ ކުރާކަންކަން

ބޮޑެތި މަސްރޫޢުތައް ދާއިރު އެކަން ބެލުމަށް ތިބޭދިވެހިން

                   ބޮޑެއްގޮތުގައި ނުހުރެ ރަނގަޅަށް ކުރަންވެއްޖޭ މިއަދު ކަންކަން

ތަނެއް ރަނގަޅަށް ދަނީކުރިޔަށް އުޅޭމީހުން ރަނގަޅުވެވިގެން

                      މިނެއްއޮވެގެން އަމާނާތްތެރި ބައެއްކަމުގައި ވެކަންކުރުމުން

ތަރައްޤީއަށް ކުރާކަންތައް ހުރަސްނާޅައި ބަލައިގަނެގެން

                       ރަށަށް ފައިދާ ކުރާނެމަގުން ލުމުންއެއްބާރު ހެޔޮއެދިގެން

ތަރައްޤީއަށް ކުރާ ޚަރަދާ އެކަމުގައި ހުންނަ ތަކުލީފާ

                     ކުރަން ތިބި މީހުނަށް ޖެއްސުން ނުކޮށްތިބުމޭ ތަރައްޤީވާން

މިކަންތައްތައް މިބުނި ގޮތުގައި ކުރަންތެދުވޭ ތަރައްޤީއަށް

                  މިކަން ދެނެގެން ހިނގަންވިއްޔޭ މިއަދު ވެރިޔާ ހިނގާ މަގަކުން

މިއަދު ދުނިޔޭގެ ކަންކޮޅުގައި އުޅޭ ދަތިޙާލު ވިސްނައިގެން

                    މިއަދު ކުރެވޭނެ މިންވަރުވެސް ހިތުންރުހުމުން ބަލައިގަނެގެން

ޓެގް

ހިތްފަހި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.