ހިތުގެ ވިންދު އަޑުއަހާލާށެވެ!
ހިތުގެ ވިންދު އަޑުއަހާލާށެވެ!
ހިތްތައް އަމާންކަމަކަށް އެދި ގޮވަނީއެވެ.
ނިކަން މި ހިތްތަކުގެ ވިންދު އަޑުއަހާބަލާށެވެ.
އަމާންކަމެއް ޙާޞިލު ކުރެވެންދެން ހިތުން ދުޢާކޮށްލަ ކޮށްލާ ތިބޭމެވެ.
ހަޔާތުގެ ގޮފިތަކުން ރީތި ހިތްގައިމު ވަގުތުކޮޅެއް އަހަރެމެންނަށް ހޯދަދޭށެވެ.
އަމާންކަމެއް ޙާޞިލު ކުރެވެންދެން މި އަޒުމުގައި މަސައްކަތް ކުރާނަމެވެ.
ކިތަންމެ ދުވަހަކު ދިރިހުއްޓަސް އަހަރެމެން ދިރިހުންނާނީ އިސްލާމްކަން މަތީގައެވެ.
އަހަރެމެންގެ މުސްތަޤުބަލު ވެސް ހޭދަކުރާނީ ހިތް އޮތީ މިމާތް ބިމުގައެވެ.
އަހަރެމެން ލާ ކޮންމެ ނޭވާއެއްވެސް ލާނީ މި ބިން ދިފާއުކުރުމަށްޓަކައެވެ.
ހަޔާތުގެ މަގު ކޮންމެ ގޮތަކަށް އޮތަސް އެމަގުން އަހަރެން ހިނގާނީ ޖެހިލުމެއްނެތިއެވެ.
މިހިތްތައް އަމާންކަމަށް އެދި ގޮވަނީއެވެ.
ނިކަން މި ނިކަމެތި ހިތްތަކުގެ ވިންދު އަޑުއަހާބަލާށެވެ.
ބޮމާއި މިސައިލުތަކުގެ ނާމާންކަމުން ފިލައި އަމާންކަން ޙާޞިލު ކުރެވެންދެން މި އަޒުމުގައި މަސައްކަތް ކުރާނަމެވެ.
އީމާންކަމާއި މާތްބިމުގެ، ލޯބީގައި އަހަރެމެން ހަނގުރާމަކޮށް ފަނާވެގެން ދާންވީހެއްޔެވެ؟
އަހަރެމެންގެ ލޮބުވެތި ފަލަސްޠީނުގެ ބިން ސުންނާފަތިވިޔަ ދޭންވީހެއްޔެވެ؟
ސުލްހަވެރި އަމާން ފުރާނަޔަކާއި އެކުގައި ދިރިއުޅުމުގެ ފުރުޟަތު އަހަރެމެންނަށް ނުދޭނަންހެއްޔެވެ؟
ކާނާއާއި އަސާސީ ބޭނުންތަކުން މިއަދު އަހަރެމެން މަހުރޫމް ކުރަނީ ހެއްޔެވެ؟
އަހަރެމެންގެ މައިންބަފައިންނާއި އާއިލާގެ އުނގުތެރޭގައި އާބާދުވިޔަ ނުދޭނަން ހެއްޔެވެ؟
އަހަރެމެންގެ މަންމައާއި ބައްޕަގެ މޭގައި ލޯބިން ބޯ އަޅާލިޔަ ދޭށެވެ.
އެމީހުންނާއި ނުލާ އަހަރެންދާނީ ފަހެ ކޮންތާކަށް ހެއްޔެވެ؟
އެލޯތަކުގައިވާ ބިރުވެރިކަމުގެ ލޭ ކަރުނަ ފޮހެދޭނެ އަތެއްކަމުގައި އަހަރެމެންގެ އަތް ވާން ބޭނުންވެއެވެ.
އަހަރެމެންގެ ހަނދާނުގައި މި ބިރުވެރިކަން ކަސްތޮޅުއަޅުވާލަން ވީ ހެއްޔެވެ؟
މިލިބޭ އަނިވެރިޔާވެރިކަމުގެ ހަނދާންތަކުގައި ތާ އަބަދު ދިރިހުންނަން ވީހެއްޔެވެ؟
އަހަރެމެންނަށް އަމާންކަމާއި އެކު ދިރިއުޅެވޭނީ ކޮންއިރަކުން ހެއްޔެވެ؟
އަހަރެމެން ނުފެނިގެން ހޯދާ ނަމަ، ފެންނާނީ ބިމާ ހަމަވެފައިވާ އިމާރާތުގެ ތެރެއިންނެވެ.
މިހިތްތަށް އަމާންކަމަށް އެދި ގޮވަނީއެވެ.
ނިކަން މި ހިތްތަކުގެ ވިންދު އަޑުއަހާބަލާށެވެ.
އަމާންކަމެއް ލިބި ފިނިނޭވާއެއް ލެވެންދެން މި އަޒުމުގައި ދެމިހުންނާނަމެވެ
