ރިޕޯޓް

ޣައްޒާގައި ހުންނަ އަލްޖަޒީރާ އިމާރާތް ގޮއްވާލީ ކީއްވެ؟

ހައްދު ފަހަނައަޅާފައިވާ ޔަހޫދީ އިސްރާއީލުންގެ ޖަމާޢަތުން، ޣައްޒާގެ ވަށައިގެން އެއްގަމު މަގުންނާއި ވައިގެ މަގުން ދެމުން އަންނަ ހަމަލާތައް އަދިވެސް އަންނަނީ ވަރުގަދަ ކުރަމުންނެވެ. ހަމަލާތަކުގައި އެތައްޔަބަކު ދަނީ ޝާހީދުވަމުންނެވެ. އޭގެތެރޭގައި ކުޑަކުދިންނާއި، ގިނަ އަދަދެއްގެ އަންހެނުން ވެސް ހިމެނެއެވެ.

މި ލާއިންސާނީ ގޮތްކުޑަ ޢަމަލުތަކާމެދު ދުނިޔެ ވަނީ ޣާފިލުވެފައެވެ. ޚާއްޞަކޮށް އިސްލާމީ ޢަރަބި ދުނިޔެ ވަނީ މިޢަމަލު ތައް ހުއްޓުވުމާއި މެދު ނުކުޅެދިފައެވެ. ކުށެއްނެތް މުސްލިމުން ތަކެއްގެ އަމިއްލަ ދިފާއުގައި ކުރަމުންގެންދާ ޖިހާދަށް އެހީތެރިކަމެއް ފޯރުކޮށްލަން ނުކެރުނުތާންގައި ޔަހޫދީންނާ ދެކޮޅަށް ބަހެއްވެސް ބުނެލަން ނުކުރެފިއެވެ.

ޣައްޒާގައި ފުނޑުފުނޑު ކޮށްފައިވާ އިމާރާތެއް / ފޮޓޯ: އަލް ޖަޒީރާ

މުޅި ޣައްޒާގެ އެތަންމިތަނަށް ތަނެއްދޮރެއް ބަލައިނުލައި އެތައްބައިވަރު މިސައިލްތަކެއް ފުލުފުލުގައި ފޮނުވާލުމަށްފަހު އެންމެފަހުން ޣައްޒާގައި ހުންނަ ބައިނަލްއަގްވާމީ ޚަބަރު ވިއުގަ، އަލްޖަޒީރާގެ އޮފީސް ހިންގާ އިމާރާތަށްވެސް އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިސައިލް ހަމަލާދީ، މުޅި އިމާރާތް ވަނީ ބިމާ ހަމަކޮށްލައިފައެވެ. ޣައްޒާގެ ވެރިރަށް ޣައްޒާ ސިޓީގެ މެދުތެރޭގައި، އާންމުން ދިރިއުޅޭ އެތައް އިމާރާތެއްގެ ކައިރީގައި ހުރި މި އުސް އިމާރާތަށް ހަމަލާދީ ބިމާ ހަމަކޮށްލާފައިވާއިރު މިއިމާރާތުގައި ހުންނަނީ ހަމައެކަނި އަލްޖަޒީރާގެ މައިއޮފީސް އެކަންޏެއްވެސް ނޫނެވެ. 11 ފަންގިފިލާގެ މި އިމާރާތަކީ، އަލްޖަޒީރާގެ އިތުރުން، އެސޯސިއޭޓެޓް ޕްރެސްއާއި، ބައިނަލްއަގްވާމީ އެހެން މީޑިއާތަކުގެ އޮފީސްތައްވެސް ހުންނަ އިމާރާތެކެވެ.

“އަލް ޖާލާ ބިލްޑިންގ” ނަމަކަށް ކިޔާ މި ޢިމަރާތް ބިމާހަމަކޮށްލިއިރު ނޫސްވެރިކަމާއި ގުޅޭގޮތުން ހެދިފައިވާ ބައިނަލް އަޤުވާމީ މުއާހަދާތައް ކޮބައިތޯއެވެ. ބައިނަލް އަޤުވާމީ ކޯޓްތައް ކޮބައިތޯއެވެ. އެ އިމާރާތަށް އިސްރާއީލުގެ އުދުވާނީ ސިފައިން މިސައިލް ހަމަލާދިން މަންޒަރާއި، މުޅި އިމާރާތް އަރިއަޅާލައިގެން ވެއްޓޭ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އެވަނީ އާންމުވެފައެވެ. މުޅިދުނިޔެއަށް ހާމަވެފައެވެ.

ފަލަސްތީނުގެ ދިފާޢުގައި ޖަރުމަނުގައި ބަޔަކު އަޑުއުފުލަނީ / ފޮޓޯ: ޑީޑަބްލިޔު

ހަމަ ޔަޤީނުންވެސް އެނގޭ ކަމަކީ އެއީ އޮޅިގެން ދިން ހަމަލާއެއް ނޫންކަމެވެ. އެ އިމާރާތަށް ހަމަލާދޭން އުޅޭކަމުގެ އިންޒާރު އޭގެ ގަޑިއެއްހާއިރު ކުރިން އިސްރާއީލުން ދިން ކަމަށާއި، އެހެންކަމުން އެ ޢިމާރާތުގައި އެވަގުތު މަސައްކަތްކުރަން ތިބި އެންމެންހެންވަނީ ސަލާމަތް ހޯދައިގެން އިމާރާތުން ނުކުމެފައިކަން ރިޕޯޓްތަކުން އެނގެއެވެ. އެހެންކަމުން އެނގެނީ އެ ޢުދުވާނަކީ ގަސްތުގައި ދުރާލައި ރާވައިގެން ދިން ނޭއްގާނީ ހަމަލާއެކެވެ.

ސޯޝަލް މީޑިއާގައި ޢާއްމުވެފައިވާ އެ ވީޑިއޯއިން ފެންނަގޮތުގައި، އިމާރާތަށް ހަމަލާދިނުމާއި، މުޅި އިމާރާތް ވެއްޓި ބިމާ ހަމަވުމާ ދޭތެރޭ ނެގީ ދެތިން ސިކުންތެވެ. އެހެންކަމުން އިސްރާއީލްގެ ހަމަލާތަކުގެ ސްޕީޑާއި ބާރުމިން އަންދާޒާ ކޮށްލަން އެނގެއެވެ. މިފަދަ ބޮޑު އިމާރާތެއް ފުނޑުފުނޑުވެގެންދާއިރު އެހިސާބުގައި ދިރިއުޅޭ ޢާއްމު ރައްޔިތުންގެ ހާލަކީ ކޮބައިކަން އިޙްސާސް ކޮށްލައްވާށެވެ. ކުޑަކުދިންނާއި، އަންހެނުންގެ ސަލާމަތަށް އެދި އާދޭސްކުރުމާއި، ހަޅޭކުގެ އަޑު ހުންނާނެ މިންވަރު ހިތަށް ތަޞައްވަރު ކޮށްލައްވާށެވެ.

އެއްވެސް އިންސާނިއްޔަތު ކަމެއްނެތް އިސްރާއީލުންގެ ނުބައިނުލަފާ ފައުޖުތަކުން އެ އިމާރާތަށް ހަމަލާދިނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށް އަލްޖަޒީރާއިންވަނީ ބުނެފައެވެ. އަދި އެހެން ބައެއް ނިއުސް އެޖެންސީ ތަކުންވެސްވަނީ އެގޮތަށް ރިޕޯޓްކޮށްފައެވެ. އަޅުގަނޑުމެންނަށް އެނގޭ ހަޤީޤަތަކީ އަލްޖަޒީރާއަކީ، އިސްރާއީލުން ޣައްޒާގައި ހިންގާ އުދުވާނު ހުއްޓުމެއްނެތި ދުނިޔެއަށް ހާމަކުރަމުންގެންދާ ޚަބަރު ވިއުގަކަމެވެ.

ބަޔަކު ޤަބޫލުކުރިޔަސް ނުކުރިޔަސް ޣައްޒާގައި އަލްޖަޒީރާގެ އޮފީސް ހުންނަ އިމާރާތަށް އިސްރާއީލުން ހަމަލާ މިދިނީ، އެމީހުން ހިންގާ ޖަރީމާތައް ދުނިޔެއަށް ފޮރުވުމުގެ ބޭނުމުގައިކަން ކަށަވަރުވެ ޔަޤީންވެއެވެ.

ނަމަވެސް، ޣައްޒާ ސިޓީގައި ހުންނަ އަލްޖަޒީރާގެ ކޮރެސްޕޮންޑެންޓް ވިދާޅުވީ، އިމާރާތަށް ހަމަލާދިން ނަމަވެސް އަލްޖަޒީރާ ޓީމުން ސިކުންތަކަށްވެސް މަސައްކަތް ހުއްޓާނުލާ ކަމަށާއި، މަސްރަހްގައި ހިނގަމުންދާ ކަންކަން ވަގުތުން ވަގުތަށް ގެނެސްދިމުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close