ރިޕޯޓް

ބްރައިޑަލް ޝަވަރ ތަކާއި ކައިވެނީގެ ޙަފްލާތައްވެސް ލަންދޫ ކުޅިދޮށުޕާކްގައި

މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަދުވަހު ރަސްމީކޮށް ހުޅުވީ ނ.ލަންދޫ “ކުޅިދޮށު ޕާކް” އެކިއެކި ޙަފްލާތަކަށް ހަޔަރ ކުރެވޭގޮތް ހަދައިފިއެވެ.

ނާރެސް މީޑިއާ އަށް މަޢުލޫމާތު ދެމުން ލަންދޫ ޒުވާނުންގެ ތެރެއިން ޕާކް ތަރައްޤީކުރުމުގައި އެންމެ އިސްކޮށް އުޅުން އެއް ފަރާތް ކަމުގައިވާ އަޙްމަދު ރަޝީދު ( ލައިބް ) ބުނީ އެކިއެކި ޙަފްލާތަކާއި، ބައްދަލުވުންތަކާއި، ކައިވެނި ޕާޓީތަކާއި، ބްރައިޑަލް ޝަވަރ ފަދަ ކަންކަމަށް ޕާކް ދޫކުރަން ނިންމާފައިވާކަމަށެވެ. އަދި މިނޫނަސް ބަޔަކު އެދެފިނަމަ އެބަޔަކު ބޭނުންވާ ކޮންމެ ކަމަކަށް، މިސާލަކަށް ފެމިލީއަކުން ރާވާ ޑިނަރއެއް ނުވަތަ ރައްޓެހިން ތަކެއް ރާވާ ކޮފީއެއް، ގެޓް ޓް ގެދަރ ފަދަ ކަންކަމަށްވެސް އެތަން ދޫކުރަން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.  

އަޙްމަދު ރަޝީދު ( ލައިބް ) އިތުރަށް ބުނީ ކައިވެނި ޙަފްލާތަކަށާއި، ބްރައިޑަލް ޝަވަރ ފަދަ ކަންކަމަށް ޕާކް ޑެކަރޭޓް ކޮށްދޭނީ ކުޅިދޮށުޕާކްގެ ފަރާތުން އެކަމަށް ޚާއްޞަކޮށްފައިވާ ކަމުގެ ހުނަރުހުރި ޒުވާނުންކަމުގައެވެ.

ޑެކަރޭޝަން އެއީ މުޅިން ހިލޭ ކޮށްދޭކަމެއް. ޕާކް ހިފާ ފަރާތުން ބޭނުންވާކަމަށްވަންޏާ އަޅުގަނޑުމެން އެކަން ކޮށްދޭނީ . އެބޭފުޅުން ބުނާގޮތަކަށް އެކަން ކުރެވޭތޯ އަޅުގަނޑުމެން ބަލާނަން. ދެން އެހެންނޫނީ އެތަން ހިފާބަޔަކު ބޭނުމިއްޔާ އަމިއްލައަށް ޑެކަރޭޓް ކުރުމަށްވެސް ދޫކޮށްލާނަން. އެކަމަކު ތަނަށް ގެއްލުން ނުވާގޮތަށް އަޅުގަނޑުމެން ދޫކޮށްލާނީ މިސާލަކަށް މޮހޮރު ޖެހުން ފަދަ ކަންކަން މަނާވާނެ. އަދި ހަމަ ފޮޓޯ ނެގުމުގެ ޚިދުމަތްވެސް ދޭނަން . ވަރަށް މޮޅު ފޮޓޯ ގްރާފަރެއްވެސް އަޅުގަނޑުމެންގެ ހުންނާނެ. އަޙްމަދު ރަޝީދު ( ލައިބް ) އިތުރަށް ކިޔައިދިނެވެ.

ލައިބް ބުނީ ޕާކް ހަޔަރ ކުރާ ފަރާތުން ކޮންމެ ގަޑިއިރަކަށް ދައްކަންޖެހޭނީ -/1000ރ. ކަމުގައެވެ. އަދި އިތުރުވާ ވަގުތުތަކަށްވެސް އިތުރަށް ޗާޖްކުރާނީ ހަމަ އެރޭޓުން ކަމުގައިވެސް އޭނާ ބުނެއެވެ. ލައިބް އިތުރަށް ބުނީ ޕާކް ކުއްޔަށް ހިފާނަމަ ދުރާލާ އެކަމަށް އެދެންޖެހޭނެކަމަށެވެ.

އެންމެ ލަސްވެގެންވެސް 24 ގަޑިއިރު ކުރިން އެދެންޖެހޭނެ. އަޅުގަނޑުމެންނަށް ފުދޭވަރަކަށް ގިނައިން އޯޑަރތައް އެބައާދޭ ، މިހާތަނަށްވެސް ކައިވެނި ޕާޓީއަކާއި، ބްރައިޑަލް ޝަވާރ އަކަށް ވަނީ އެތަން ދޫކޮށްފައި. ލައިބް އިތުރަށް މަޢުލޫމާތު ދެމުން ބުންޏެވެ.

ކުޅިދޮށު ޕާކް ހިފާފަރާތްތަކުން ބޭނުންވާކަމަށް ވާނަމަ ކެއުމާއި، ސައި ތައްޔާރުކޮށްދިނުން ފަދަ ޚިދުމަތްތައްވެސް މިހާރު ހަމަޖައްސައިދޭގޮތަށް ޕާކްގެ ކަންތައް ބަލަހައްޓާ ޒުވާނުންގެ ފަރާތުން ވަނީ ނިންމާފައެވެ. އެފަދަ ޚިދުމަތްތަކަށް ވަކިން ޗާޖް ކުރެވޭނެކަމަށާއި، އެކަންކަމަށް ބޭނުންވާނަމަވެސް ކުރިން ދުރާލައި އެދެންޖެހޭނެކަމަށް ޒުވާނުން ބުނެއެވެ.

ނާރެސް މީޑިއާއަށް ދިން ޚާއްޞަ ބަސްދީގަތުމުގައި އަޙްމަދު ރަޝީދު (ލައިބް) ބުނީ ކުޅިދޮށު ޕާކާއި ގުޅޭގޮތުން އެއްވެސް ޚިދުމަތަކަށް އެދޭނަމަ 9935518 އަށް ނުވަތަ 9830088  އަށް ގުޅާލުމުން ކަންކަން ހަމަޖެހިގެންދާނެކަމަށެވެ.  

ލަންދޫ ކުޅިދޮށު ޕާކްހުޅުވީއްސުރެ މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި މަދުދުވަހަކު ނޫނީ އަދިވެސް އެތަން ބަލައިލަން ކޮންމެދުވަހަކު ކަހަލަގޮތަކަށް ތިންހަތަރު ބައިމީހުން ޒިޔާރަތް ކުރަމުންދެއެވެ. އެތަނަށް ޒިޔާރަތް ކުރާ ކޮންމެބަޔަކުވެސް އެތަނުގެ ރީތިކަމާއި، ފުރިހަމަކާއި، ކޮށްފައިވާ މަސައްކަތްތަކަށް ތަޢުރީފްކޮށް ވާހަކަ ދައްކައެވެ.

ލަންދޫ ކުޅިދޮށު ޕާކް / ފޮޓޯ: ޔެރީ ގްރެފީ

ޕާކް ހުޅުވީއްސުރެ މިވީ ވިއްސަކަށް ދުވަހުގެ ތެރޭގައި މުޅިރާއްޖެއަށް އެތަން މަޝްހޫރުވެ ގިނަބައެއްގެ ސަމާލުކަން އެތަނަށް ހުއްޓިފައިވުމުގެ ސަބަބުން އެތަން ބަލައިލަން ހަމަ ކޮންމެ މީހަކުވެސް ގޮސްލުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ގިނަބަޔަކު ދެކެއެވެ. ޚާއްޞަކޮށް ވީކެންޑް ތަކުގައި ފެމިލީ ތަކުން އެތަނަށް ޒިޔާރަތްކުރާ މިންވަރު ދަނީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ.

އެއް ކޮމެންޓް

  1. ބްރައިޑަލް ޝަވާރ އޭ ކިޔައިގެން ފާޑުފާޑުގެ ކަންކަން ޚާއްޞަކޮށް އިސްލާމްދީނާ ފުށުއަރާ ޒާތުގެ ކަންކަން ތަޢާރަފް ކުރަން މަސައްކަތް ކުރުމަކީ ދީނީ ތާކިހާ ބޮލުގައި އަޅައިގެން ތިބި ބަޔަކު ކުރަން ހެޔޮވެސް ވާ ވަރުގެ ކަމެއްނޫން. ތިކަމާ ތަންކޮޅެއްބޮޑަށް ވިސްނާލުމަށް ލަންދޫ ޒުވާނުންނަށް ދަންނަވާލަން.

  2. Thanks for your personal marvelous posting! I quite enjoyed reading it,
    you will be a great author.I will be sure to bookmark your blog and will
    come back later in life. I want to encourage you to ultimately continue your great
    writing, have a nice morning!

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close