ބޮލީވުޑް “ޗަލާންގް” އަކީ ބެލުންތެރިންނަށް ކަމުދާ ފިލްމަކަށް ވާނެބާ؟

“ޗަލާންގް” އަކީ ބެލުންތެރިންނަށް ކަމުދާ ފިލްމަކަށް ވާނެބާ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

“މަސްހޫރު ޑައިރެކްޓަރ ހަންސަލް މެހެތާ ޑައިރެކްޓް ކޮށްފައިވާ ޗަލާންގް” އަކީ އިންޑިޔާގެ ހަރްޔާނާ ޓައުނުގައި ހުންނަ ސަރުކާރު ސްކޫލެއްގައި މަސައްކަތްކުރާ ފިޒިކަލް އެޑިޔުކޭޝަން ޓީޗަރެއްގެ ވާހަކަ އެވެ.

މި ފިލްމު ޕްރެޒެންޓް ކުރަނީ ބޫޝަން ކުމާރެވެ. ޕްރޮޑިއުސަރުންނަކީ އަޖޭ ދޭވްގަން އާއި ލަވް ރަންޖަން އަދި އަންކޫރް ގަރްގް އެވެ.

މޮންޓޫ ކިޔާ މި ޕީއީ ޓީޗަރުގެ ރޯލު ކުޅެފައިވަނީ ރާޖްކުމާރެވެ. މޮންޓޫ އަކީ ވަރަށް ކަންނެތް ޓީޗަރެކެވެ. އެއްގޮތަކަށް ވެސް ކުދިންނަށް އެއްޗެއް އުނގަންނައި ދިނުމުގެ ވިސްނުމެއް އޭނާގެ ނޯވެ އެވެ.

ޗަލާންގް”އަކީ ހީނލާ މަޖާކޮށްލަން ބޭނުންވާ މީހުން ބަލާލަން ރަނގަޅު ފިލްމެކެވެ.

ސަބަބަކީ ބޮލީވުޑްގައި ސްޕޯޓްސް ތީމަށް އުފައްދާ ގިނަ ޑްރާމާތައް ކަހަލަ ސީރިއަސް ފިލްމަކަށް މި ފިލްމު ނުވާތީ އެވެ.

ޝައުގުވެރި ގިނަ ކަންތައްތަކެއް ފިލްމުގެ ޓްރެއިލާއިން ފެނިގެންދިޔައިރު ޗަލާންގް ރިލީޒްކުރާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެމެޒޯން ޕްރައިމްގަ އެވެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.