މަޒުމޫނު

ކަޅުވަކަރު މިސްކިތް

މަރިޔަމް އީނާޝް ޢަލީ

ދިވެހި ރާއްޖެ އަކީ ވަރަށް ގިނަ އާސާރީ ތަންތަން އެތަނެއްގައި ހިމާޔަތް ކުރެވިފައިފާ ތަނެކެވެ. ތާރީޚުގެ ތެރޭގައި އެތައް ގިނަ ސިއްރުތަކަކާއި ކަންތައްތަކެއް ފޮރުވިފައިވާ ގައުމެކެވެ. އެގޮތުން ކާބަފައިންގެ ޒަމާނުންސުރެ މިފަދަ ތަންތަން ޙިމާޔަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.

އެގޮތުން ތާރީހުގެ ތެރެއަށް ލޯ ހުޅުވާލުމުން ފާހަގަ ވެގެންދާ އެއްތަނަކީ ކަޅު ވަކަރު މިސްކިތެވެ. މި މިސްކިތް ވަނީ އެކިފަހަރު މަތިން އެކި ތަންތަނަށް ބަދަލު ކޮއްފައެވެ. މި މިސްކިތް ބިނާކޮއްފައިވަނީ މީގެ 200 އަހަރު ކުރިން 1789 ގައެވެ. ކަޅުވަކަރު މިސްކިތުގެ ފައުންޑޭޝަން އަޅާފައި ވަނީ ހިރިގަލުންނެވެ. މިސްކިތް ވަރުގަދަ ކުރުމަށްޓަކައި ތަނބު ތަކެއްގެ ގޮތުން ވަށައިގެންވަނީ ކަޅުކުލައިގެ ވަކަރުން ޒީނަތްތެރި ކުރެވިފައެވެ.

މިސްކިތް ފުރަތަމަ ބިނާކުރެވިފައިވަނީ މާލޭގައެވެ. އޭގެފަހުން މާލޭ ލިލީ ރޯޑް ކަންމަތީގައި ހުންނަ ސުލްތާން ޕާކަށް ވަނީ ބަދަލުކޮއްފައެވެ. ސުލްތާން ޕާކަށް މި މިސްކިތް ބަދަލުކޮއްފައިވަނީ 2016 ވަނަ އަހަރު އޮގަސްޓް މަހުއެވެ. އެއަށްފަހު މި މިސްކިތް ގދ. އަތޮޅު ތިނަދޫ އަށް ބަދަލުކުރާ ވާހަކަ ވަނީ އިއުލާން ކޮއްފައެވެ.

ނަމަވެސް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވީ އިރުވެސް އެ މިސްކިތަށް އެއްވެސް ބަދަލެއް ނުގެނެސް ހުރިގޮތަށް ހުރީއެވެ. އެ މިސްކިތުގެ ވާހަކަ ވެފައިވަނީ އެދުވަސްކޮޅު މީހުންގެ ތެރޭގައި އެންމެ ގިނައިން ދެކެވެމުން އައި ވާހަކައަށެވެ. އެ މިސްކިތަކީ ކުޑަ މިސކިތެއް ނަމަވެސް އެއީ ދިގު ތާރީޚެއް އޮތް، އަދި އެހާމެ ގިނަދުވަސްވީ މިސްކިތެކެވެ. މި ކުޑަ ކުޑަ މިސްކިތަކީ ތާރީޚީ އެތައް ކަންތަކަކާއި އެތަށް ސިއްރުތަކެއް ފޮރުވިގެންވާ ތަނެކެވެ.

މި މިސްކިތަކީ ކާބަފައިންގެ އަމިއްލަ މަސައްކަތެކެވެ. ކާބަފައިން އަމިއްލަ ދާއޮހޮރުވައިގެން ބިނާކުރި މި މިސްކިތް ވަރަށް ވެސް ފުރިހަމައެވެ. މި ކަމުން ވެސް ކާބަފައިންގެ އުފެއްދުންތެރި ކަމާއި ވިސްނުންތޫނުކަން ހާމަ ވެގެން ދެއެވެ. ކަޅު ވަކަރު މިސްކިތް ފަރުމާ ކޮށް ޒީނަތްތެރި ކުރެވިފައި ވަނީ ހިރިގަލުންނެވެ. މިކަމުންވެސް މި މަސަތްކަތުގެ ބޮޑުކަން ހާމަ ވެގެން ދެއެވެ.

އެހެން ތާރީހީ ތަންތަނާއި ޚިލާފަށް މި މިސްކިތަކީ ތާރީޚުގެ ތެރެއިން ނަން މަޝްހޫރު އަދި ޚާއްސަ މިސްކިތެކެވެ. މި މިސްކިތް ޚާއްޞަވެފައި ވަނީ ތާރީޚީ އެތައް ކަންތައް ތަކަކާއި ސިއްރުތަކެއް ފޮރުވިގެން ވާތީ ކަމަށް ތާރީޚީ ލިޔުން ތަކުން ފެންނަން އެބަހުއްޓެވެ. އޭގެ ފަހުން އެނގިފައިވާ ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި މި މިސްކިތް ހުރިތަން ކަމަށްވާ ސުލްތާން ޕާކަށް އިތުރު ބަދަލުތަކެއް ގެނައުމުގެ ތެރޭން އެ މިސްކިން ވަނީ ރޫޅާލައިފައެވެ. އަދި އެއަށްފަހު ފަރުކޮޅު ފުއްޓަށް ގެންދަން އުޅެފައެވެ. ނަމަވެސް އެމަސައްކަތް ވެސް ވަނީ ނުކުރެވި މަޑުޖެހިފައެވެ.

ނަމަވެސް އޭގެ ފަހުން ހައުސިން މިނިސްޓްރީން އިސްނަގައިގެން ، އެ މިނިސްޓްރީގެ ފަރާތުން ތިނަދޫއަށް މި މިސްކިތް ބަދަލު ކުރުމުގެ މަސައްކަތް ކުރަން އުޅުން ނަމަވެސް އެކަންވެސް ނުވެ، މިހާރު އެ މިސްކިތް ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހަމަ ކުރިން ހުރިތަނުގައި ބިނާކޮށްފައެވެ. އެމަސައްކަތް ކޮށް ނިމުނީ ގާތްގަޑަކަށް ހަމަސްދުވަހުންނެވެ.

މިފަދަ އެތައް އާސާރީ ތަންތަން ވަނީ އެދެވޭ ގޮތހުގައި ޙިމާޔަތް ނުކުރެވުމުގެ ސަބަބުން ނެތިގެން ގޮސްފައެވެ. އަދި މިނޫނަސް ފާހަގަ ކުރެވޭ އެތަކެއް ތަންތަން ވަނީ ޙިމާޔަތް ކުރެވިފަ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް މިފަތަ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ. އޭރުން އަންނަން އޮތް ޖީލުތަކަށް ނަމޫނާއެއްގެ ގޮތުން ފެންނަން ހުންނާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close