ގޭގައި ތިބޭއިރު ޤުރުއާން ކިޔަވަން ސަޅި ސައިޓްތަކެއް
މުޅިދުނިޔެއަށް ކުރިމަތިވެފައި މިވާ އިންސާނީ މުސީބާތުގައި އަޅުގަނޑުމެން ނުތަނަވަސްކަމާއި ހާސްކަން އިޙްސާސްކުރަމުން ދާއިރު މިވަނީ ގެއިންވެސް ބޭރަށް ނުކުތުމަށް އުޛުރުވެރިވެފައިވާ ޙާލުގައެވެ. މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެން ގޭގައި ޢާއިލާގެ ގާތުގައި، ދަރިންނާއި، ގާތްތިމާގެ މީހުންނާއި އެކު ވަގުތުތައް ހޭދަކުރަމުންދާއިރު އެ ހޭދަކުރާ ވަގުތު ތަކަކީ އަޅުގަނޑުމެންނަށް ކޮންމެވެސް ފައިދާއެއް ކުރަނިވި ގޮތަކަށް ހޭދަކުރާ ވަގުތުތަކަށް ހެދިއްޖެނަމަ ގޭތެރޭގައި ފޫހިވެފައި ތިބުމުގެ ބަދަލުގައި ދުނިޔެއާއި އާޚްރަތް ބާއްޖަވެރި ކުރުވާފަދަ ފައިދާކުރަނިވި ޢަމަލުތަކެއް ކުރެވިގެންދާ ވަގުތު ތަކަކަށް ހެދިދާނެއެވެ.
އެގޮތުން ކީރިތި ޤުރުއާން ތިލާވަތު ކުރުމަކީ އެންމެ ފައިދާހުރި އެއް ޢަމަލަށް ނޫނީ ނުވާނެއެވެ. އިލްމްވެރިންގެ ބަސްފުޅުތަކުން އެނގިހާމަވާގޮތުގައި ޤުރުއާން ކިޔެވުމަކީ ޝައްކެއްވެސް ނެތް ގޮތުގައި މުސްލިމަކު އޭނާގެ ޘަވާބުގެ ތިލަފަތް ބަރު ކުރުމުގައި، ބޭނުން ކުރެވިދާނެ އެންމެ މުހިއްމު އެއް ވަސީލަތެވެ. އަދި އެންމެ މާތް އެއް އަޅުކަމެވެ. ޤުރުއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. އިންސާނުންނަށް ހިދާޔަތް ދައްކައިދޭ ފޮތެވެ. އެއިން ކިޔަވާ ކޮންމެ އަކުރަކީ ލިބޭ ދިހަ ޘަވާބު ކަމުގައި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ފޮތަކީވެސް ހަމަ ޤުރުއާނެވެ.
އެހެނެއްކަމަކު މިދުވަސްވަރު އެންމެ ގިނައިން އިޖުތިމާޢީ މުވާސަލާތީ މަންސަތަކުގައި އިވެމުންދަނީ ފޫހިކަމުގެ ވާހަކައެވެ. އާދަވެގެން ބޭރަށް ނުކުމެ އެކުވެރި ރަހުމަތްތެރިންނާއެކު ކޮފީތަކާއި ސައާއި ކެއުމުގައި ހޭދަކުރި ހުރިހާ ވަގުތެއް ގޭގެ ހަތަރުފާރު ތެރޭގައި ތާށިވެ ތިބެ ހޭދަކުރަން ޖެހުމުން ފޫހިކަން އިހުސާސްވާ ވާހަކައެއެވެ. ނަމަވެއސް އެއީ ޠަބީޢީ ކަމެއް ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަންޖެހެއެވެ.
ކަންމިހެން ހުރިނަމަވެސް މިލިބުނީ ރަނުގެ ފުރުޞަތެއް ކަމުގައިވެސް ބެލިދާނެއެވެ. ޕޮޒިޓިވް ކޮށް ވިސްނައިފިނަމަ މިއީ ވަރަށް ގިނަ ވަގުތެވެ. ހުސް ވަގުތެވެ. ފައިދާ ހުރި ވަގުތެވެ. ރަޙުމަތްތެރިންނާއި އެކުވެރިންނާއި ދުރުގައި އެކަހެރިކަންމަތީ ހޭދަކޮށްލަން ލިބޭ ރަނުގެ ފުރުޞަތުތަކެކެވެ. އެވަގުތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި ދުނިޔެއާއި އާޚްރަތް ބާއްޖަވެރި ކުރުމަށް ހެޔޮ ޢަމަލެއް ކުރަންވީއެވެ.
“ނާރެސް”ގެ ކިޔުންތެރިންނާއި މިއަދު އަޅުގަނޑުމެން މިހިއްސާކޮށްލަނީ އޮންލައިންކޮށް ޤުރުއާން ކިޔަވާލަން ރަނގަޅު ދެ ވެބްސައިޓެކެވެ. މިއިން ކޮންމެ ވެބްސައިޓަކީވެސް ފޫހިކަމެއް ނެތި އާފީޗާރސް ތަކާއެކު ޤުރުއާން ކިޔަވާލެވޭނެ ސައިޓެކެވެ.
އިރާދަކުރެއްވިއްޔާ މިފަދައިން އެހެނިހެން ބޭނުންތެރި ވެބްސައިޓްތައް ކުރިއަށް ތަނުގައިވެސް ހިއްސާކޮށްލާނަމެވެ. އިޖުތިމާޢީ އެކަހެރިކަމުގައި ގައިދުރުކަމުގައި ތިބޭއިރު ކުރެވޭނެ ކަންކަން ތިޔަ ލޮބުވެތި ކިޔުންތެރިންނާ ހިއްސާކުރަމުންދާނަމެވެ.
މިއަދު މިއީ ޤުރުއާން ކިޔެވާ ވިދާޅުވުމަށް ލޯބިކުރައްވާ ބޭފުޅުންގެ ދުވަހެވެ. އެހެނިހެން ކަންކަމަށް ޝައުޤުވެރިކަން ހުންނަ ބޭފުޅުންނަށްވެސް އެފަދަ ދުވަސްތައް ގެނެސްދޭނަމެވެ. އިންޝާﷲ . އަޅުގަނޑުމެންގެ ދުޢާރަކީ މިނުރައްކާތެރި ވަބާއިން އަޅުގަނޑުމެން އެންމެން ސަލާމަތްވެ އާދައިގެ ދިރިއުޅުމަކަށް ދިވެހި ހުރިހާ ރައްޔިތުންނާއި، މުޅި އިންސާނީ މުޖުތަމަޢު އަވަސް މުސްތަޤުބަލެއްގައި ރުޖޫޢަ ކުރެއްވުމެވެ. އާމިން.
ކިޔުންތެރިންނާއި ޙިއްސާކޮށްލުމަށް ގަސްތުކުރާ ވެބްސައިޓްތަކުގެ ލިންކްތައް ތިރީގައި އެވަނީއެވެ. މިވެބްސައިޓްތަކާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 9668000 މިނަމްބަރަށް ނުވަތަ 7263123 އަށް ގުޅުއްވާށެވެ. ނުވަތަ އެސްއެމް ކުރައްވާށެވެ.
ވެބްސައިޓް 1
ޤުރުއާން.ކޮމް
ވެބްސައިޓް 2