މަޒުމޫނު

ކޮންމެ މީހަކަށްވެސް ތައުލީމީ ހަޔާތް ކާމިޔާބު ކުރެވޭނެއެވެ.

ލިޔުނީ : މަރިޔަމް ނޫރައިން

އެކި މީހުންނަށް ލިބިފައި ވަނީ އެކި ހުނަރުތަކެވެ. އެކި މީހުންނަށް ފިލާވަޅުތައް މުޠޯލިޔާ ކުރަން ފަސޭހައީ އެކި ގޮތްތަކަށެވެ. ބައެއް މީހުންނަށް ފަސޭހަވެފަ، އަނެއްބައި މީހުންނަށް އުނދަގޫ ވެއެވެ. މިހުރިހާ ސިފައެއް ދެއްވާ މަތް ﷲ އިންސާނާ ވަނީ އެންމެ ފުރިހަމައަށް ހައްދަވާފައެވެ. މަތް ﷲ މި ނިއުމަތް އިންސާނުންނަށް ދެއްވާފައި ވާއިރު، ތައުލީމީ ހަޔާތް ކާމިޔާބު ނުކުރެވޭނެ ކަމާމެދު ޝައްކު ކުރާނީ ކާކު ހެއްޔެވެ؟ އާދެ، ކޮންމެ މީހަކަށްވެސް ތައުލީމީ ހަޔާތް ކާމިޔާބު ކުރެވޭނެއެވެ.

ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ، ތައުލީމީ ހަޔާތް ކާމިޔާބު ކުރުމަކީ  ކިޔާވާ ކޮންމެ މާއްދާ އަކުން އޭ ސްޓަރ ހޯދުމެވެ. ނަމަވެސް ތައުލީމީ ހަޔާތް ކާމިޔާބު ކުރުމުގެ މުރާދަކީ ފެއިލް ވުމަކާ ނުލައި އެމީހަކަށް އެކަށޭނަ ނަތީޖާއެއް ހޯދުމެވެ. ގުރެޑް 10 ނާކާމިޔާބާ އެކު ނިންނާފައިވާ ކުދިން ބަހަނާ އެއްގެ ގޮތުން އެތައް ސަތޭކަ ސަބަބުތައް ދައްކައެވެ. އެހެން ނަމަވެސް ނާކާމިޔާބާ ކުރިމަތި ލާން ޖެހުނީ ކީއްވެ ކަމެއް ނުވިސްނައެވެ.

ކާމިޔާބުގެ މަންޒިލަށް ވާސިލްވުމަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ދީނީ ކަންކަމަށެވެ. ބަރާ ބަރަށް ނަމާދަށް ގޮސް، ޤުރްއާން ކިޔަވާ، މާތް ﷲ އަށް ޒިކުރު ކުރުމުގައި ވަގުތު ހޭދަކުރަން ޖެހޭނެއެވެ. އަދި ކާމިޔާބަށް އެދި ދުޢާ ކުރަން ޖެހޭނެއެވެ.

ދީނީ ކަންކަން ކުރުމުގެ އިތުރުން ތިމާގެ އަހުލާގު ރަނގަޅު ކުރުމަކީ ވެސް ކާމިޔާބަށް އެދޭނަމަ ތިމާ ކުރަންޖެހޭނެ ކަމެކެވެ. ޓީޗަރުންނަށާއި، މައިންބަފައިންގެ ބަސް އަހާ، ތިމާ އަށް ހެޔޮ އެދޭ މީހުންގެ ނަސޭހަތް އަޑު އަހާ އެއަށް އަމަލޫ ކުރަން ޖެހޭނެއެވެ.

ކަމަކަށް އުންމީދު ނުކޮށް އެކަމެއް ހާސިލުކުރަން އުޅުމަކީ މިއަދު ގިނަ ބަޔަކު ކުރާ މޮޔަ ކަމެކެވެ. ހަމަ އެފަދައިން ކާމިޔާބަށް އެދޭއިރު އެކަމަށް އުންމީދު ކުރަން ޖެހޭނެއެވެ. އުންމީދަކާއި ނުލައި ކަމެއް ހާސިލެއް ނުކުރެވޭނެއެވެ. މިސާލަކަށް އެމެރިކާގައި 10 އަހަރު ވެރިކަން ކުރަށްވާ ފައިވާ ބަރަކް އޮބާމާގެ ހަޔާތަށް ވިސްނާލަން ހިނގާށެވެ. ބަރަކް އޮބާމާއަކީ އޭނާ އެންމެ ކުޑައިރުން ފަށއިގެންވެސް އެމެރިކާގައި ވެރިކަން ކުރަން އުންމީދު ކޮއްގެން ހުރި މީހެކެވެ. އަދި އޭނާ ވަނީ އެކަން ކުރަށްވާފައެވެ.

ކަމަކަށް އުންމީދު ކުރުމުން އެ ނިމުނީ އެއް ނޫނެވެ. އެކަން ހާސިލު ކުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ދުވަހުން ދުވަހުން ދޭ ފިލާވަޅުތައް ދަސްކުރަން ޖެހޭނެއެވެ. ކުރިން ދަސްކޮށްފައިވާ ފިލާވަޅުތައް މުޠޯލިޔާ ކުރަން ޖެހޭނެއެވެ.

ތައުލީމީ ހަޔާތް ކާމިޔާބު ކުރުމަށް ދީނީ ކަންކަމަށް އިސްކަން ދިނުމާއި، ތިމާގެ އަހުލާގު ރަނގަޅު ކުރަން ޖެހޭނެއެވެ. އަދި އެކަމަށް އުންމީދު ކުރުމާއި އެކަން ހާސިލުކުރުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. 

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close