ވިޔަފާރި

ވާވޭ މޭޓް 20 އާއި، ވާވޭ މޭޓް 20 ޕްރޯއަށް ޕްރީއޯޑަރ ކުރުމުގެ ފުރުޞަތު ދިރާގުން

ވާވޭގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ ވާވޭ މޭޓް 20 އަދި ވާވޭ މޭޓް 20 ޕްރޯގެ ފޯނުތަކަށް، ޕްރީއޯޑަރ ކުރުމުގެ ފުރުޞަތު ދިރާގުން ހުޅުވާލައިފިއެވެ.  

ދިރާގުން ބުނި ގޮތުގައި އެ ދެ ފޯނަށް މިއަދުން ފެށިގެން އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ޕްރީ އޯޑަރު ކުރެވޭނެއެވެ. އަދި މި ފޯނަށް ފައިސާ ދެއްކުމަށް ގިނަ ގޮތްތަކެއް ދިރާގުގެ ކަސްޓަމަރުންނަށް މަގުފަހިކޮށްދީފައިވާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެގޮތުން އެއްކޮށް ފައިސާ ދައްކައިއިގެން ވެސް ނުވަތަ އިންސްޓޯލްމަންޓަށްވެސް މިފޯނުތައް ގަތުމުގެ ފުރުސަތު  ދިރާގުން ވަނީ ދީފަ އެވެ.

ވާވޭގެ ފޯނު ޕްރީއޯޑަރު ތައާރަފް ކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ، އެ ފޯނު ގަންނަ ކަސްޓަމަރުންނަށް ހަ މަހުގެ މުއްދަކަށް ފަސް ޖީބީގެ ޑޭޓާ ހިލޭ ދިނުމަށް ހަމަޖައްސާފައެވެ.

އަލަށް ވާވޭއިން ތައާރަފް ކުރި މޭޓް 20 ގެ ލިބެން ހުންނަނީ މިޑްނައިޓް ބްލޫ ކުލަ އާއި ކަޅުކުލައެވެ. އަދި ވާވޭ މޭޓް 20 ޕްރޯ 128 ޖީބީގެ މެމޮރީ އާ އެކު، ކަޅު، ޓުވައިލައިޓް ކުލަ އަދި އެމަރަލްޑް ގްރީން ކުލައިގައި ވެސް ލިބެން ހުރެއެވެ.

ވާވޭ މޭޓް 20 އާއި ވާވޭ މޭޓް 20 ޕްރޯ އަކީ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޮޑު ސްކްރީނަކާ އެކު ޑިޒައިން ކޮށްފައިވާ ފޯނު ތަކެކެވެ. މި ފޯނުތަކަކީ ދުނިޔޭގެ އެންމެ ފުރަތަމަ 7 ނެނޯމީޓަރުގެ އޭއައި ޗިޕް އެކުލަވާލައިގެން އުފައްދާފައިވާ ފޯނެވެ. އަދި މި ދެ ފޯނުގެ ކެމެރާ ފަރުމާ ކުރީ ދުނިޔެ އަށް މަޝްހޫރު ލެއިކާ ކުންފުންޏާ ވާވޭ ގުޅިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close