ޓެކްނޮލޮޖީ އެޕަލް ކުންފުންޏަށް ޒުވާނުންގެ މަޤްބޫލުކަން އިންތިހާއަށް

އެޕަލް ކުންފުންޏަށް ޒުވާނުންގެ މަޤްބޫލުކަން އިންތިހާއަށް

އެޕަލް ކުންފުންޏަށް ޒުވާނުންގެ މަޤްބޫލުކަން އިންތިހާއަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވާދަވެރި ކުންފުނިތަކުގެ މައްޗަށް އެޕަލްގެ ބާރު ގަދަވަމުން އަންނައިރު، ހާއްސަކޮށް އެމެރިކާގެ ޒުވާން ކުދިންގެ މެދުގައި އެޕަލްގެ މަޤުބޫލުކަން ދަނީ އިތުރުވަމުންނެވެ. ފައިނޭންޝަލް ޓައިމްސް އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ވާގޮތުން ޒުވާން ކަސްޓަމަރުން އެޕަލް ޑިވައިސްތައް އިޚްތިޔާރުކުރަމުން އަންނައިރު، އެޕަލްގެ އުފެއްދުންތަކާއި ހިދުމަތްތަކަށް ޖީލެއްގެ ބަދަލެއް އަންނަނީ ގެންނަމުންނެވެ. މި ޓްރެންޑުގެ ސަބަބުން ގިނަ ޕްރޮޑަކްޓް ކެޓަގަރީތަކުގައި މާކެޓް ޝެއާ އިތުރުވެ އެންޑްރޮއިޑާއި އެހެނިހެން ވާދަވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އެ ރިޕޯޓުން ދައްކާ ގޮތުގައި 1996 ވަނަ އަހަރަށް ފަހު އުފަންވާ މީހުން، ނުވަތަ ޖެން ޒީގެ ނަމުން ނަން ދީފައިވާ މީހުންނަކީ އެމެރިކާގެ ހުރިހާ އައިފޯން އޯނަރުންގެ 34 ޕަސެންޓް ކަމަށާއި، ސެމްސަންގަށް ހިއްސާކުރަނީ އެންމެ 10 ޕަސެންޓް ކަމަށެވެ. ކުރީގެ ޖީލުތަކަކީ އައިފޯނާއި އެންޑްރޮއިޑް ބޭނުންކުރާ މީހުންގެ މެދުގައި ހަމަހަމަގޮތެއްގައި ބަހާލެވިފައިވާ ޖީލުތަކެކެވެ. އެޕަލް ޑިވައިސްތަކަށް މި ބަދަލު ގެނައުމަކީ ހަމައެކަނި އައިފޯނަށް އެކަނި ކުރާ ކަމެއް ނޫނެވެ. އަދި އެޕަލްގެ އެހެނިހެން އުފެއްދުންތައް ކަމަށްވާ އެއާޕޮޑްސް، އެޕަލް ވޮޗް އަދި މެކްސް ގަތުމުގެ ފުރުސަތު ވެސް މި ކަސްޓަމަރުން ބޮޑެވެ.

ކެނަލިސްގެ ދިރާސާތަކުން ދައްކާ ގޮތުގައި އެޕަލް އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮންމެ 100 އައިފޯނަކަށް 26 އައިޕެޑާއި 17 އެޕަލް ގަޑި އަދި 35 ޖޯޑު އެއާޕޮޑް ވިއްކަ އެވެ. އެއާ ޚިލާފަށް ސެމްސަންގަށް ކޮންމެ 100 ސްމާޓްފޯނެއް ވިއްކުމުގެ ސަބަބުން 11 ޓެބްލެޓާއި ހަ ސްމާޓްވޮޗާއި ހަ ވަޔަލެސް އިއާބަޑްސް ވިއްކައެވެ. މިއީ ގިނަބަޔަކު ބުނަނީ އައިފޯނެއް އެވްރެޖްކޮށް ވިއްކާ އަގަކީ އެންޑްރޮއިޑް ޑިވައިސްއަކަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު އަގެއް ކަމަށް ވާތީއެވެ.

ޖެން ޒީ ކަސްޓަމަރުންގެ ތަރުހީބާ ބެހޭ ގޮތުން ކުންފުނިތަކަށް ލަފާދޭ ސައިންސްވެރިން ހާމަކުރާ ގޮތުގައި މި ކަސްޓަމަރުންނަކީ އެންމެ ގިނައިން އޮންލައިންވާ ކަސްޓަމަރުން ކަމަށާއި ދުވާލަކު ހަ ގަޑިއިރު ސްމާޓްފޯނުގައި ހޭދަކުރާ ކަސްޓަމަރުން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެޕަލްގެ އިކޯސިސްޓަމް އިން ދަނީ އިޖުތިމާއީ ނިންމުންތައް ބައްޓަން ކުރަމުންނެވެ، ހާއްސަކޮށް އިޖުތިމާއީ ސިގްނަލެއްގެ ގޮތުގައި އައިމެސެޖްގެ މުހިންމުކަން، އެސްއެމްއެސް މެދުވެރިކޮށް މެސެޖްކޮށް ގްރޫޕް ޗެޓް ތައް ބޭނުންކުރުން ފަދަ ތަޖުރިބާތައް ހިމެނެވެ.

އައިމެސެޖް މަދު އަދި އެންޑްރޮއިޑްގެ މާކެޓް ޝެއާ ބޮޑު ޔޫރަޕްގައި ވެސް ފެންނަނީ އެއް ޕެޓާނެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޔޫރަޕްގައި އެޕަލް ބޭނުންކުރާ މީހުންގެ ތެރެއިން 25 އަހަރުން ދަށުގެ 83 ޕަސެންޓް މީހުން އައިފޯނެއް ބޭނުން ކުރަމުން ގެންދިއުމުގެ ވިސްނުން ގެންގުޅެ އެވެ.

އެޕަލް ޑިވައިސްތަކާއި އިޖުތިމާއީ ޕްރެޝަރަށް މި ޖީލު ބަދަލުވުމުގެ އަސަރު ވަރަށް ބޮޑު ކަމަށް ދިރާސާތަކުން ދައްކާއިރު، ޓެކްނޮލޮޖީ އިންޑަސްޓްރީ ބައްޓަން ކުރަމުން އަންނަނީ އެގޮތަށް ކަމަށްބެލެވެއެވެ. އެހެންކަމުން ޒުވާން ކަސްޓަމަރުންގެ މެދުގައި މާކެޓް ހިއްސާ ދެމެހެއްޓުމަށާއި އިތުރުކުރުމަށް އެޕަލްގެ އިކޯސިސްޓަމާ ވާދަކުރެވޭނެ ފަދަ އިނޮވޭޓިވް ޕްރޮޑަކްޓްތަކާއި ހިދުމަތްތައް އުފެއްދުމަކީ އެންޑްރޮއިޑާއި އެހެނިހެން ވާދަވެރިންނަށް މިހާރު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.

ޓެގް

އެޕަލް ޒުވާނުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.