ސަރުކާރުން ރަސްމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ "މޯލްޑިވްސް ވޯޓަރ ފްރޮންޓު އެންޑް މެރީނާ" މަޝްރޫޢާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ދިރާސާކުރުމުގެ މަސައްކަތް ޖަމްޢިއްޔަތުއްސަލަފުން އަންނަނީ ކުރަމުންނެވެ.
އެ ޖަމްޢިއްޔާގެ ތަރުޖަމާނު ޝައިޚް ޙަސަން ފިކުރީ ވިދާޅުވީ، މި މަޝްރޫޢާމެދު ކަންބޮޑުވުންތަކެއް ހުރިކަމަށް ފެންނާތީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށްގެންނާއި އެހެނިހެން މަގުތަކުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ސަލަފުން މަސައްކަތް ކުރަމުންދަނީ އެ މަޝްރޫޢުގެ ފުރިހަމަ މަޢުލޫމާތު ހޯދައި، އެކަމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ބަލައި ފުޅާ ދިރާސާއެއް ކުރުމަށް ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
"މޯލްޑިވްސް ވޯޓަރ ފްރޮންޓު އެންޑް މެރީނާ" މަޝްރޫޢަކީ ސަރުކާރުން ރަސްމާލޭގައި ހިންގުމަށް އިޢުލާނުކޮށްފައިވާ ބޮޑު ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އާންމުންގެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ މަޝްރޫޢެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...