ލައިފްސްޓައިލް ކަސްރަތު ކުރަން އެންމެ ރަނގަޅީ ކޮން ގަޑިއެއްގައި؟

ކަސްރަތު ކުރަން އެންމެ ރަނގަޅީ ކޮން ގަޑިއެއްގައި؟

ކަސްރަތު ކުރަން އެންމެ ރަނގަޅީ ކޮން ގަޑިއެއްގައި؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކަސްރަތު ކުރާ މީހުންގެ މެދުގައި އެންމެ ބޮޑު ބަހުސެއް އޮންނަނީ ހެނދުނު ނުވަތަ ހަވީރު ކަސްރަތު ކުރުމާ މެދުގައެވެ. ހެނދުނު ކަސްރަތު ކުރުމަށް އިސްކަންދޭ މީހުން ދެކޭގޮތުގައި، ދުވަސް ފެށޭއިރު ކަސްރަތު ކުރުމުން ހަށިގަނޑަށް ލިބޭ ތާޒާކަމާއި ހަކަތައިގެ ސަބަބުން މުޅި ދުވަހުގެ މަސައްކަތްތަކަށް އޭގެ ރަނގަޅު އަސަރު ކުރެއެވެ. އަދި ދުވަހުގެ އެހެން މަސްއޫލިއްޔަތުތައް ފެށުމުގެ ކުރިން ކަސްރަތު ނިންމާލުމަކީ ގަވާއިދުން ކަސްރަތު ކުރުމުގެ އާދަ ހަރުލެއްވުމަށް ލިބޭ ފުރުސަތެކެވެ. މިގޮތުން، ހެނދުނު ކަސްރަތު ކުރާއިރު ހަށިގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓްސް، ޕްރޮޓީން އަދި ފައިދާހުރި ފެޓްސް އެކުލެވޭ ރަނގަޅު ނާސްތާއެއް ކުރުމަކީ ހަށިގަނޑުގެ ކާރިއުޅުން އިތުރުކުރުމަށް މުހިންމު ކަމެކެވެ.

އަނެއްކޮޅުން، ހެނދުނު ހޭލަން އުނދަގޫވާ މީހުންނަށް ހަވީރު ނުވަތަ އިރުއޮއްސޭ ވަގުތު ކަސްރަތު ކުރުން މާ އެކަށީގެންވެއެވެ. އިންސާނާގެ މަސްތަކުގެ ބާރާއި، ހަށިގަނޑުގެ ވަރުގަދަކަން އާންމުގޮތެއްގައި އެންމެ މަތީ ދަރަޖައަކަށް ހުންނަނީ މެންދުރުފަހާއި ހަވީރުގެ ވަގުތުތަކުގައެވެ. މިއީ މުޅި ދުވަހު ކައިބޮއި ހެދުމުގެ ސަބަބުން ހަށިގަނޑުގައި ހަކަތަ ހުރުމާއި އޮކްސިޖަން ދައުރުވުން ރަނގަޅުވުމުގެ ސަބަބުން ލިބޭ ފުރުސަތެކެވެ. އެހެންކަމުން، ބުރަ ކަސްރަތުތައް ކުރުމަށް އެންމެ އެކަށީގެންވަނީ މި ވަގުތެވެ. ނަމަވެސް، ދުވަސް ނިމޭއިރު ވަރުބަލިވެފައި ހުރުމުގެ ސަބަބުން ކަސްރަތު ކުރަން ފޫހިވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، ރޭގަނޑު މާ ބުރަކޮށް ކަސްރަތު ކުރުމުން ހަށިގަނޑުގެ ކޯޓިސޯލް ލެވެލް މަތިވެ، ނިދުމަށް ދަތިތަކެއް ކުރިމަތިވެދާނެއެވެ. އެހެންކަމުން، ނިދުމުގެ ކުރިން ކުރާ ކަސްރަތުތަކަކީ ލުއި ކަސްރަތުތަކަކަށް ހެދުމާއި، މުޅި ދުވަހު ހަށިގަނޑަށް ބޭނުންވާ ފައިދާހުރި ކާނާ ލިބޭކަން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ.

ޓެގް

ލައިފްސްޓައިލްސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.