ޚަބަރު ބޭރުގެ ޓްރެވަލް އެޖެންސީތަކާއި ބުކިންގ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ އިސްލާޙު ރައީސް ތަސްދީޤުކުރައްވައިފި

ބޭރުގެ ޓްރެވަލް އެޖެންސީތަކާއި ބުކިންގ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ އިސްލާޙު ރައީސް ތަސްދީޤުކުރައްވައިފި

ބޭރުގެ ޓްރެވަލް އެޖެންސީތަކާއި ބުކިންގ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ އިސްލާޙު ރައީސް ތަސްދީޤުކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ރަޖިސްޓްރީނުކޮށް ހިންގާ އޮފްޝޯ ބުކިންގ ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ތަސްދީޤުކުރެއްވި މި ބިލަކީ ރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަމަލުކުރަމުންދާ “ޑެސްޓިނޭޝަން ޕްރިންސިޕަލް” ތަންފީޒުކުރުމުގެ ގޮތުން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލެކެވެ.

މި އިސްލާހާއެކު، ރާއްޖޭގައި ދާއިމީގޮތެއްގައި ވިޔަފާރިކުރާ ތަނެއް ނެތް ނަމަވެސް، ރާއްޖޭގެ އެކޮމޮޑޭޝަނާއި ކެއިންބުއިމާއި ދަތުރުފަތުރުގެ ހިދުމަތްތައް ހިމެނޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތައް ބޭރުގެ އެޖެންޓުން މެދުވެރިކޮށް ވިއްކާނަމަ އެއިން ޖީއެސްޓީ ނެގޭނެއެވެ.

މި ބަދަލާއެކު އޮފްޝޯ ބުކިންގ ޕްލެޓްފޯމްތަކާއި ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނަގަން ފެށުމުން، ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.6 ބިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން މި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ފާސްކުރެއްވި މި އިސްލާހަށް ޤާނޫނީ ގޮތުން އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެންނެވެ.

ޓެގް

ބިލް ތަޞްދީޤު ކުރުން ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.