ޚަބަރު މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި

މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި

މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގައި ނުނިމި ހުރި މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި، މިހާރު ކުރިއަށްދާ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ނިންމާލަންޖެހޭނެއެވެ. ނަމަވެސް، މަސައްކަތްތައް ނުނިމޭތީ ފުރަތަމަ އިތުރުކުރި މުއްދަތު މި ހަފުތާގެ ބުރާސްފަތި ދުވަހަށް ހަމަވާތީ، މިއީ މި ދައުރުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހެޅުއްވި މި ހުށަހެޅުއްވުމަށް މުއްދަތު އިތުރުކުރަން ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ.

މިގޮތަށް މުއްދަތު އިތުރުކުރަން ނިންމެވީ ކޮމިޓީތަކުގައި ހުރި ގިނަ މަސައްކަތްތަކާއި މަޖިލީހުގެ ތަޅުމުން ނިންމަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން ކަމަށް ރިޔާސަތުން ވަނީ މޫލޫމާތު ދެއްވާފައެވެ.

ޓެގް

މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.