ޚަބަރު މެންބަރުންގެ ބޮޑު އިންޝުއަރެންސް ކަނޑާލަން ހުށަހެޅި ޕެޓިޝަނަން ކޮމިޓީއަށް ފޮނުވަން ޖެހޭ އަދަދަށް ސޮއި ހަމަވެއްޖެ

މެންބަރުންގެ ބޮޑު އިންޝުއަރެންސް ކަނޑާލަން ހުށަހެޅި ޕެޓިޝަނަން ކޮމިޓީއަށް ފޮނުވަން ޖެހޭ އަދަދަށް ސޮއި ހަމަވެއްޖެ

މެންބަރުންގެ ބޮޑު އިންޝުއަރެންސް ކަނޑާލަން ހުށަހެޅި ޕެޓިޝަނަން ކޮމިޓީއަށް ފޮނުވަން ޖެހޭ އަދަދަށް ސޮއި ހަމަވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ޚަރަދުގައި ދެމުން އަންނަ ޚާއްސަ ހެލްތު އިންޝުއަރެންސް އިނާޔަތް އުވާލުމަށް އެދި ހުށަހެޅި އީ-ޕެޓިޝަނަށް، މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ގަވާއިދުގައި ބުނާ އަދަދަށް ސޮއި ހަމަވެއްޖެއެވެ.

މިދިޔަ އޮގަސްޓް 12 ވަނަ ދުވަހު މިދުއަމް ސައުދު އިސްނަންގަވައިގެން ފެށި މި ޕެޓިޝަނުގައި، މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދުގެ ދަށުން “ޚާއްސަ ދަރަޖައިގެ” ޕެޓިޝަނަކަށް ބަދަލުވުމަށް ބޭނުންވާ 2,100 ސޮއިގެ ތެރެއިން 2,117 ސޮއި މިހާރު ވަނީ ހަމަވެފައެވެ.

މި ޕެޓިޝަންގެ މައިގަނޑު ބޭނުމަކީ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުންގެ އިތުރުން އެ ބޭފުޅުންގެ އާއިލާތަކަށް ރާއްޖެއާއި، ސާކް އަދި އޭޝިއާގެ ގައުމުތަކުން އިންޝުއަރެންސް ލިބޭ ގޮތަށް އޮންނަ ގާނޫނީ މާއްދާތައް އުވާލުމެވެ. އަދި އާންމު ރައްޔިތުންނެކޭ އެއްފަދައިން މެންބަރުންނަށްވެސް އާސަންދަ މެދުވެރިކޮށް އެކަނި ޚިދުމަތް ލިބޭގޮތަށް ހަމަޖެއްސުމެވެ.

މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނުގެ ދަށުން ކޮންމެ މެންބަރަކަށް އަހަރަކު 1 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކަވަރޭޖެއް ލިބޭ މި ޚާއްސަ ސްކީމާ މެދު އާންމުންގެ ނުރުހުން އިތުރުވެފައިވާއިރު، ގަވާއިދުގައިވާ ގޮތުން މި ޕެޓިޝަން ކޮމިޓީއަށް ދިރާސާކުރަން ފޮނުވައި، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއެއްގައި ތަޅުމުގައި ބަހުސްކުރަން ޖެހޭނެއެވެ.


ޓެގް

މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.