ޚަބަރު އިގްތިސާދީ ކަންބޮޑުވުންތަކާއެކު އެމްޑީޕީން މަގުމައްޗަށް: “ދަތިވެއްޖެ” އަކީ އާދައިގެ ހިނގާލުމެއް ނޫން، ވަރުގަދަ މުޒާހަރާއެއް!: އެމްޑީޕީ

އިގްތިސާދީ ކަންބޮޑުވުންތަކާއެކު އެމްޑީޕީން މަގުމައްޗަށް: “ދަތިވެއްޖެ” އަކީ އާދައިގެ ހިނގާލުމެއް ނޫން، ވަރުގަދަ މުޒާހަރާއެއް!: އެމްޑީޕީ

އިގްތިސާދީ ކަންބޮޑުވުންތަކާއެކު އެމްޑީޕީން މަގުމައްޗަށް: “ދަތިވެއްޖެ” އަކީ އާދައިގެ ހިނގާލުމެއް ނޫން، ވަރުގަދަ މުޒާހަރާއެއް!: އެމްޑީޕީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު އާންމުންގެ ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މައި އިދިކޮޅު ޕާޓީ، އެމްޑީޕީއިން ބާއްވާ “ދަތިވެއްޖެ” ހަރަކާތަކީ ހަމައެކަނި ހިނގާލުމެއް ނޫން ކަމަށާއި، އެއީ ވަރުގަދަ އިހުތިޖާޖެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.

މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި މާލޭގެ ސޯޝަލް ސެންޓަރު ކުރިމަތިންނެވެ.

މި ހަރަކާތާ ގުޅޭގޮތުން ފުލުހުންނާ ބައްދަލުކުރުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަންވަރު ވިދާޅުވީ، މިއީ އަހަރީ ދުވަހެއް ފާހަގަކުރުމަށް ބާއްވާ ހިނގާލުމެއް ނުވަތަ ހަވީރު ފިންޏަށް ބޭރަށް ނުކުމެލުން ނޫން ކަމަށާއި، މިއީ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށް ބާއްވާ މުޒާހަރާއެއް ކަމަށެވެ.

މީގެއިތުރުން އަންވަރު ފާހަގަކުރެއްވި ގޮތުގައި މުޒާހަރާ ކުރިއަށް ގެންދަން ނިންމާފައިވަނީ ސީދާ މަޖީދީމަގުގައެވެ. ބޭރު މަގުގައި މުޒާހަރާ ކުރުމުން އާންމުންނަށް އަޑު ނީވޭތީ، މަޖީދީމަގު އިޚްތިޔާރު ކުރީ ވީހާވެސް ގިނަ ބަޔަކަށް ރައްޔިތުންގެ ކަންބޮޑުވުންތައް އިއްވުމުގެ މަގުސަދުގައެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ޖަވާބެއް އަދި ނުލިބުނު ނަމަވެސް، އުންމީދީ އިޝާރާތެއް ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

މި މުޒާހަރާ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ ބުދަ ދުވަހުގެރޭ ކަމަށްވީ ނަމަވެސް، ސަބަބެއް ހާމަކުރުމެއް ނެތި މިހާރު ވަނީ ބުރާސްފަތި ދުވަހުގެ ރެއަށް ފަސްކޮށްފައެވެ.

އެމްޑީޕީގެ މަގުމަތީ ސިޔާސީ ހަރަކާތްތަކަށް މެދުކެނޑުމެއް އައުމަށްފަހު އަލުން މަގުމައްޗަށް ނުކުންނައިރު، ވީހާވެސް ގިނަ ރައްޔިތުން މި މުޒާހަރާގައި ބައިވެރިވުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.


ޓެގް

އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.