ޚަބަރު ކަނދުފަތިތަކުގެ ޑިޒައިނަށް ބޮޑު ބަދަލެއް: އާ ފަރުމާގެ ފުރަތަމަ ކަނދުފަތި އަންނަ މަހު ކަނޑަށް!

ކަނދުފަތިތަކުގެ ޑިޒައިނަށް ބޮޑު ބަދަލެއް: އާ ފަރުމާގެ ފުރަތަމަ ކަނދުފަތި އަންނަ މަހު ކަނޑަށް!

ކަނދުފަތިތަކުގެ ޑިޒައިނަށް ބޮޑު ބަދަލެއް: އާ ފަރުމާގެ ފުރަތަމަ ކަނދުފަތި އަންނަ މަހު ކަނޑަށް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކަނދުފަތިތަކުގެ ފަރުމާ ޒަމާނީ ބަދަލުތަކާއެކު އަލުން ތައްޔާރުކޮށް، އެފަދަ ފުރަތަމަ ކަނދުފަތި އަންނަ އޮގަސްޓު މަހުގެ ތެރޭގައި ކަނޑުގައި ހަރުކުރަން ނިންމައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ 40 އަހަރުވީ ބާނާޑު ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމާފައިވަނީ ކަނދުފަތިތައް ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައެވެ.

މި ސަރުކާރުން މަސްވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރު އެކަނިވެސް 44 ވަދު ކަނދުފަތި ގާއިމުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއާއެކު މިހާތަނަށް މި ސަރުކާރުން އަޅާފައިވާ ކަނދުފަތީގެ ޖުމްލަ އަދަދު ވަނީ 99 އަށް އަރާފައެވެ.

ސަރުކާރުގެ އަމާޒަކީ ވަދު ކަނދުފަތީގެ ވަރުގަދަ ވިއުގައެއް ގާއިމުކުރުން ކަމަށްވާއިރު، މި ބަދަލުތަކާއެކު ފުރަތަމަ ސާޅީހަކަށް ކަނދުފަތި ހިމެނޭ ނެޓްވޯކެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި މުޅި މި މަސައްކަތް އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިންނަށް ލުއިފަސޭހަކޮށްދީ، މަސް ބާނާ މިންވަރު އިތުރުކުރުމަށްޓަކައި ކަނދުފަތި އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ސިޔާސަތެކެވެ. މިހާތަނަށް އަޅާފައިވާ ކަނދުފަތިތަކުގެ ތެރެއިން 47 ކަނދުފައްޗަކީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަ ދޮށީގެ ކަނދުފަތިތަކެވެ. އަދި ބާކީ ހުރި 52 ކަނދުފައްޗަކީ މިހާރު ރާއްޖޭގައި މަގްބޫލުވަމުންދާ ސްޕޯޓްސް ފިޝިން ނުވަތަ ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ ވަދު ކަނދުފަތިތަކެވެ.


ޓެގް

މަސްވެރިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.