ޚަބަރު ގަވާއިދާ ހިލާފު ބިދޭސީން ހޯދަން ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ގަވާއިދާ ހިލާފު ބިދޭސީން ހޯދަން ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ގަވާއިދާ ހިލާފު ބިދޭސީން ހޯދަން ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން، ބަލައި ފާސްކުރި މީހުންގެ ތެރެއިން ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަން ޓާސްކްފޯހުން ކުރިއަށްގެންދިޔަ މި ހަރަކާތުގައި މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް ގިނަ ބަޔަކާ ވަނީ ސުވާލުކޮށްފައެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 68 ބިދޭސީއަކު ހުއްޓުވައި، އެމީހުންގެ ލިޔެކިޔުންތައް ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އަދި އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތް މީހަކީ ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ މީހުން ކަމަށް އެ އިދާރާއިން ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން އަންނަނީ މިދިޔަ އަހަރުން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ވަރުގަދަ ރެއިޑް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މިގޮތަށް އަތުލައިގަނެވޭ ބިދޭސީން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކޮށް، އެމީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވުމުގެ މަސައްކަތްވެސް ސަރުކާރުން ހުއްޓުމެއްނެތި ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ޓެގް

ބިދޭސީން އިމިގްރޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.