ކުޅިވަރު ވޯލްޑްކަޕް 2026: ޓިއުނީޝިއާ ބަލިކޮށް ނެދަލެންޑްސް ގްރޫޕްގެ އެއްވަނަ ހޯދައިފި

ވޯލްޑްކަޕް 2026: ޓިއުނީޝިއާ ބަލިކޮށް ނެދަލެންޑްސް ގްރޫޕްގެ އެއްވަނަ ހޯދައިފި

ވޯލްޑްކަޕް 2026: ޓިއުނީޝިއާ ބަލިކޮށް ނެދަލެންޑްސް ގްރޫޕްގެ އެއްވަނަ ހޯދައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި ރޭ ކުޅުނު މެޗުން ޓިއުނީޝިއާ 3-1 އިން ބަލިކޮށް، ނެދަލެންޑްސް ގްރޫޕްގެ އެއްވަނަ ޓީމުގެ ގްރަހުގައި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އެމެރިކާގެ ކެންސަސް ސިޓީގައި ކުޅުނު މި މެޗުން ހޯދި މޮޅާއެކު ނެދަލެންޑްސް އަށް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ދެ މޮޅު ލިބިފައެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ޖަޕާނާއި ސުވިޑަން 1-1 އިން އެއްވަރުވުމާ ގުޅިގެން ޖަޕާނަށް ލިބުނީ ގްރޫޕްގެ ދެވަނައެވެ.

މެޗުގެ ކުރީކޮޅު ނެދަލެންޑްސް އިން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް ނަގައިދިން ހުރަހަކުން ޓިއުނީޝިއާގެ އެލީސް ޝްކީރީ އަތުން ބައިކޮށްލި ލަނޑަކުން ނެދަލެންޑްސް އަށް ކުރި ލިބުނެވެ. އޭގެ ފަސް މިނެޓު ފަހުން، މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބޮލުން ދިއްކޮށްލި ބޯޅައަކުން ބްރަޔަން ބްރޮބީ ވަނީ ނެދަލެންޑްސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ 1971 ވަނަ އަހަރުގެ ފަހުން ނެދަލެންޑްސް ޓީމަކުން މެޗެއްގެ މިހާ ކުރީކޮޅު 2-0 ގެ ލީޑެއް ނެގި ފުރަތަމަ ފަހަރެވެ.

ފުރަތަމަ ހާފު ނިމުނުއިރު 2-0 އިން ނެދަލެންޑްސް ކުރީގައި އޮތް ނަމަވެސް، ދެވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައި ޓިއުނީޝިއާ އިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ހެނިބަލް މެޖްބްރީ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މެޗުގެ 62 ވަނަ މިނެޓުގައި ތިޖާނީ ރެއިންޑާސް ނަގައިދިން ކޯނަރަކުން ޖޭން ޕައުލް ވެން ހެކޭ ވަނީ ބޮލުން ލަނޑެއް ޖަހައި، ނެދަލެންޑްސް އަށް އަލުން ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. މިއީ ވެން ހެކޭ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ގްރޫޕްގެ އެއްވަނަ ޓީމުގެ ގްރަހުގައި ގަދަ 16 އަށް ދަތުރުކުރުމުން، ނެދަލެންޑްސް ދެން ބައްދަލުކުރަން ޖެހޭނީ ގްރޫޕް އީގެ ދެވަނަ ހޯދި މޮރޮކޯއާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެކްސިކޯގެ މޮންޓެރޭގައެވެ. ގްރޫޕްގެ ދެވަނަ ހޯދި ޖަޕާން ދެވަނަ ބުރުގައި ބްރެޒިލްއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، ސުވިޑަން ބައްދަލުކުރާނީ ފްރާންސްއާއެވެ.

ޓެގް

ވޯލްޑް ކަޕް 2026 ޓިއުނީޝިއާ ނެދަރލޭންޑްސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.