ޚަބަރު ބޭރުގެ ދެ މަސްބޯޓެއް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އެމްއެންޑީއެފުން ހަރަކާތްތެރި ވަނީ

ބޭރުގެ ދެ މަސްބޯޓެއް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އެމްއެންޑީއެފުން ހަރަކާތްތެރި ވަނީ

ބޭރުގެ ދެ މަސްބޯޓެއް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އެމްއެންޑީއެފުން ހަރަކާތްތެރި ވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ ދެ މަސްބޯޓެއް ވަދެގެން އުޅޭކަމުގެ ރިޕޯޓުލިބިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި ބޯޓުތައް ފާހަގަކުރެވިފައިވަނީ ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް ނުވަ ނޯޓިކަލް މޭލު ބޭރުން، ގދ. އަތޮޅާއި ފުވައްމުލަކާ ދެމެދު އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިންނެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، މި ދެ ބޯޓު ދަތުރުކުރަމުން ދަނީ އެ ސަރަހައްދުގެ އިރުން ހުޅަނގަށެވެ. މި މައްސަލައާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން މިހާރު ދަނީ އެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ނަމަވެސް މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ސިފައިން އަދި ހާމައެއް ނުކުރެއެވެ.

ޓެގް

އެމްއެން ޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.