ޚަބަރު މަނަދޫ ދާއިރާ ހިމެނޭހެން މަޖިލީހުގެ ހަ މެމްބަރެއްގެ ދާއިރާއަށް އިންޑިއާ ހައި ކޮމިޝަނުން ލެޕްޓޮޕް ހަދިޔާކޮށްފި

މަނަދޫ ދާއިރާ ހިމެނޭހެން މަޖިލީހުގެ ހަ މެމްބަރެއްގެ ދާއިރާއަށް އިންޑިއާ ހައި ކޮމިޝަނުން ލެޕްޓޮޕް ހަދިޔާކޮށްފި

މަނަދޫ ދާއިރާ ހިމެނޭހެން މަޖިލީހުގެ ހަ މެމްބަރެއްގެ ދާއިރާއަށް އިންޑިއާ ހައި ކޮމިޝަނުން ލެޕްޓޮޕް ހަދިޔާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ކުރިއަށްދާ ‘މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން’ ތަސައްވުރާ އެއްގޮތަށް، މަނަދޫ ދާއިރާ ހިމެނޭހެން ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ދާއިރާއަށް އިންޑިއާ ހައި ކޮމިޝަނުން ލެޕްޓޮޕްތަކެއް ހަދިޔާކޮށްފިއެވެ. ޓެކްނޮލޮޖީގެ އެހީގައި ދާއިރާތަކުގެ ތަރައްގީއަށް މަގުފަހިކުރުމުގެ ގޮތުން ދިން މި އެހީ، މެމްބަރުންނާ ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމަނިއަމްއެވެ.

މި އެހީ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އާއި، މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކުގެ އިތުރުން ކުރެންދޫ، ހުރާ، ކެނދިކުޅުދޫ އަދި ނިލަންދޫ ދާއިރާގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. މިއީ ދާއިރާތަކުގެ އިދާރީ ހިންގުން ޑިޖިޓަލްކޮށް ހަރުދަނާކުރުމަށް ދެވުނު މުހިންމު އެހީތެރިކަމެއް ކަމަށް އިންޑިއާ ހައި ކޮމިޝަނުން ފާހަގަކުރެއެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނިގޮތުގައި، މި ލެޕްޓޮޕްތަކުގެ ސަބަބުން ދާއިރާތަކުގެ ތަރައްގީގެ މަސައްކަތްތައް ހަލުވިކުރުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މި އެހީއަކީ ރާއްޖޭގެ ޑިޖިޓަލް ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ފޯރުކޮށްދިން ވަސީލަތްތަކެކެވެ.

ޓެގް

ރައްޔިތުންގެ މަޖިލިސް އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.