ޚަބަރު އީސީގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

އީސީގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

އީސީގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުސްވެފައިވާ މަޤާމަށް، ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި މި ނަންފުޅަށް މަޖިލީހުން ރުހުން ދީފައިވަނީ 51 މެންބަރުންގެ ވޯޓުންނެވެ. މި މަޤާމަށް ބޭފުޅަކު އައްޔަންކުރަން ޖެހުނީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި ފުއާދު ތައުފީޤުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ ތަފާތު މަޤާމުތަކުގައި މަސައްކަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 2013 އިން 2014 އަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްކަން ކުރެއްވިއިރު، 2014 އިން 2018 އަށް އޭނާ ވަނީ އެ ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާފައެވެ. އޭނާގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އިޖާބަދެއްވި ބޭފުޅުންގެ ތެރެއިންނެވެ.

ޓެގް

އީސީ ރައްޔިތުންގެ މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.