ޚަބަރު އެމްޑީޕީ އިންތިޚާބު: ފިޔޯރީގައި ވޯޓު ފޮށި ފަޅާލައި، ފީއަލީގެ ފޮށި ބަޔަކު ގެންގޮސްފި

އެމްޑީޕީ އިންތިޚާބު: ފިޔޯރީގައި ވޯޓު ފޮށި ފަޅާލައި، ފީއަލީގެ ފޮށި ބަޔަކު ގެންގޮސްފި

އެމްޑީޕީ އިންތިޚާބު: ފިޔޯރީގައި ވޯޓު ފޮށި ފަޅާލައި، ފީއަލީގެ ފޮށި ބަޔަކު ގެންގޮސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބާއްވަމުންދާ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، ގދ. ފިޔޯރީ އާއި ފ. ފީއަލީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި އެ ދެ ރަށުގެ ވޯޓުލުން މެދުކަނޑާލަން ޖެހިއްޖެއެވެ.

ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލާފައިވަނީ ރަސްމީ ފާހެއް ނެތި ވޯޓުލާ މަރުކަޒުގައި މަޑުކުރަން ބޭނުންވި މީހަކަށް އެ ފުރުޞަތު ނުދިނުމުންނެވެ. އަދި ފީއަލީގައި ގެންގުޅޭ ވޯޓާސް ލިސްޓުގެ މައްސަލައެއް ފެންމަތިވެ، ބަޔަކު ވަނީ އެ ރަށުގެ ވޯޓު ފޮށި ގަދަކަމުން ހިފައިގެން ގެންގޮސްފައެވެ.

ފީއަލީގައި ގެންގުޅެނީ އެމްޑީޕީން އާންމުކުރި ރަސްމީ ލިސްޓު ނޫން ކަމަށް ބުނެ، ކެންޑިޑޭޓް މީކާއީލް އަޙްމަދު ނަސީމްގެ ޓީމުން ވަނީ ރަސްމީކޮށް ޝަކުވާ ހުށަހަޅާފައެވެ. އެ ރަށުގެ ވޯޓު ފޮށި ބަޔަކު ހިފައިގެން ދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމުވެފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ ރަށުގައި މިހާރު ވަނީ ވޯޓުލުން މެދުކަނޑާލާފައެވެ. މި އިންތިޚާބުގައި މީކާއީލްއާ ވާދަކުރައްވަނީ އެ ޕާޓީގެ ފުރަތަމަ ޗެއާޕާސަންގެ މަޤާމުވެސް ފުރުއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.

މިއަދު މެންދުރު 2:30 އިން ފެށިގެން މިރޭ 8:30 އާ ހަމައަށް ކުރިއަށްދާ މި އިންތިޚާބުގައި 50,176 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކާއި ސްރީލަންކާގައި ހިމެނޭހެން ޖުމްލަ 241 ވޯޓު މަރުކަޒު ޤާއިމްކޮށްފައިވާއިރު، މިއީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ ހަވަނަ އިންތިޚާބެވެ. މީގެ ކުރިން މި މަޤާމު މާރިޔާ އަޙްމަދު ދީދީ، ރީކޯ މޫސާ މަނިކު، ޢަލީ ވަޙީދު އަދި ޙަސަން ލަޠީފް ފަދަ ބޭފުޅުން ވަނީ ފުރުއްވާފައެވެ.

ޓެގް

އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.