ޚަބަރު ޑރ. ސިއްތި ހަސްމާގެ ޚިދުމަތްތަކުގެ ހަނދާން އާކުރައްވައި ޑރ. މަހާތިރަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ޑރ. ސިއްތި ހަސްމާގެ ޚިދުމަތްތަކުގެ ހަނދާން އާކުރައްވައި ޑރ. މަހާތިރަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ޑރ. ސިއްތި ހަސްމާގެ ޚިދުމަތްތަކުގެ ހަނދާން އާކުރައްވައި ޑރ. މަހާތިރަށް ރައީސް ތައުޒިޔާ ފޮނުއްވައިފި
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ.މަހާތިރު މުހައްމަދާއި އަނބިކަނބަލުން ސިއްތި ހަސްމާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މެލޭޝިޔާގެ ޤައުމީ ތަރައްޤީއަށާއި އިޖުތިމާޢީ ދާއިރާއަށް ޑރ. ސިއްތި ހަސްމާ މުޙައްމަދު ޢަލީ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އާކުރައްވައި، އެކަމަނާ އަވަހާރަވުމާ ގުޅިގެން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮނުއްވި މި ތައުޒިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މެލޭޝިޔާގެ ފުރަތަމަ އަންހެން ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގެން ދަރިމައިވުމުގެ ޞިއްޙަތާއި ރަށްފުށުގެ އަންހެނުން ބާރުވެރިކުރުމަށް ޑރ. ސިއްތި ހަސްމާ ކުރެއްވި ތާރީޚީ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެކަމަނާ މުޅި ހަޔާތްޕުޅުގައި މުޖުތަމަޢަށް ޚިދުމަތްކުރެއްވުމަށާއި، މިންތީގެ ހަމަހަމަކަމާއި އާއިލީ ދުޅަހެޔޮކަން ޤާއިމުކުރުމަށް ދެއްވި އިސްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ އިޚްލާޞްތެރި ޚިދުމަތްތަކުގެ މަންފާ ކުރިއަށް އޮތް ޖީލުތަކަށްވެސް ފޯރަމުންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުވިއެވެ.

މި ފުން ހިތާމަވެރި ވަގުތުގައި ޑރ. މަހާތިރަށާއި އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދިވަޑައިގަންނަވަމުން، އެކަމަނާ ދޫކުރެއްވި ހެޔޮ ޒިކުރާއަކީ ހިތާމައިގައިވާ ޢާއިލާއަށާއި މެލޭޝިޔާގެ ރައްޔިތުންނަށް ލިބޭނެ ބޮޑު ތަސައްލީއެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ޑރ. ސިއްތި ހަސްމާގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވައި، އެކަމަނާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މެލޭޝިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.