ޚަބަރު މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމާއި ޒިޔާދުގެ ނަން ހުށަހަޅައިފި

މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމާއި ޒިޔާދުގެ ނަން ހުށަހަޅައިފި

މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމާއި ޒިޔާދުގެ ނަން ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަން ހުށަހަޅައި، އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމުގެ މަސައްކަތް މިއަދުގެ ޖަލްސާގައި ފަށައިފިއެވެ.

މި މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބަލަހައްޓަވާ މި ޖަލްސާގައި ނައިބު ރައީސަކު ހޮވާނީ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ސަރުކާރު ކޯލިޝަނުގެ ފަރާތުން އަހުމަދު ސަލީމްގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ. މި ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ތާއީދު ކުރެއްވިއިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި ހުސައިން ޒިޔާދުގެ ނަމަށް ތާއީދު ކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ. ދެ ބޭފުޅުންގެ ނަން ހުށަހެޅުމާއެކު، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ވޯޓުލުމުގެ އިންތިޒާމުތައް މިހާރު ވަނީ ފަށާފައެވެ.

ވޯޓު ގުނުމުގެ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުގެ ތަޅުމުން ވަނީ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލާފައެވެ. މި ކޮމިޓީގައި ހުސްނީ މުބާރިކް، އިބްރާހީމް ޝުޖާއު، އަނާރާ ނައީމް، އިބްރާހީމް ނާޒިލް އަދި އަބްދުލްހަންނާން އަބޫބަކުރު ހިމެނިވަޑައިގަންނަވައެވެ. މި ވޯޓުގެ ނަތީޖާ އިއުލާން ކުރުމާއެކު، ރައްޔިތުންގެ މަޖިލީހުގެ އައު ނައިބު ރައީސަކީ ކޮބައިކަން މިއަދުގެ ވަގުތެއްގައި ކަށަވަރުވެގެންދާނެއެވެ.

ޓެގް

ރައްޔިތުންގެ މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.