ޚަބަރު ގަމުގައި ކަރަންޓު ޖެހުނު ކުއްޖާގެ ހާލު ރަނގަޅުވަމުން އައިސް ވެންޓިލޭޓަރުން ނަގައިފި

ގަމުގައި ކަރަންޓު ޖެހުނު ކުއްޖާގެ ހާލު ރަނގަޅުވަމުން އައިސް ވެންޓިލޭޓަރުން ނަގައިފި

ގަމުގައި ކަރަންޓު ޖެހުނު ކުއްޖާގެ ހާލު ރަނގަޅުވަމުން އައިސް ވެންޓިލޭޓަރުން ނަގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލ. ގަމުގައި އީދަށް ތައްޔާރުވުމުގެ މަސައްކަތްތަކެއްގެ ތެރެއިން ކަރަންޓުގައި ޖެހިގެން ސީރިއަސް ހާލަތެއްގައި ފަރުވާ ދެމުންދިޔަ 14 އަހަރުގެ ފިރިހެން ކުއްޖާ، ހާލަތު އޮމާންވަމުން އަންނާތީ ވެންޓިލޭޓަރުން ނަގައިފި ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކަށަވަރުކޮށްދީފިއެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ކޮމާގައި އޮތް އެ ކުއްޖާ ވެންޓިލޭޓަރުން ނަގާފައިވަނީ އިއްޔެ މެންދުރު 12:00 ހާއިރުއެވެ. ނަމަވެސް، ކުއްޖާއަށް އަދިވެސް ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާ ދެމުންދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އެ ކުއްޖާ ކަރަންޓުގައި ޖެހެން މެދުވެރިވީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން އެކްސްޓެންޝަން ވާގަނޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާގައި ކުއްޖާގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ލިބިފައިވާ އަނިޔާތަކުގެ ރަސްމީ ތަފްސީލެއް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.

ހާދިސާ ހިނގި ވަގުތުން ފެށިގެން ކުއްޖާގެ ހާލު ނާޒުކުވުމާ ގުޅިގެން ފުރަތަމަ ފަރުވާ ދިނީ ގަމު ރީޖަނަލް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައެވެ. އޭގެ ފަހުން، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ބުދަ ދުވަހުގެ ހެނދުނު 8:15 އެހާކަންހާއިރުއެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކުޑަކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބެން މެދުވެރިވި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޓެގް

ލ.ގަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.