ކުޅިވަރު ތާރީޚީ ރެކޯޑަކާއެކު މެސީ ވޯލްޑްކަޕަށް: ތަށި ދިފާއުކުރަން އާޖެންޓީނާގެ ސްކޮޑް އިއުލާންކޮށްފި

ތާރީޚީ ރެކޯޑަކާއެކު މެސީ ވޯލްޑްކަޕަށް: ތަށި ދިފާއުކުރަން އާޖެންޓީނާގެ ސްކޮޑް އިއުލާންކޮށްފި

ތާރީޚީ ރެކޯޑަކާއެކު މެސީ ވޯލްޑްކަޕަށް: ތަށި ދިފާއުކުރަން އާޖެންޓީނާގެ ސްކޮޑް އިއުލާންކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ މަހު ފަށާ ފީފާ ވޯލްޑްކަޕަށް ތަށި ދިފާއުކުރުމުގެ އަޒުމުގައި ނުކުންނަ އާޖެންޓީނާގެ 26 ކުޅުންތެރިންގެ ސްކޮޑް ކޯޗު ލިއޮނެލް ސްކެލޯނީ މިއަދު ކަނޑައަޅާފިއެވެ.

މި ސްކޮޑުގައި އެންމެ ފަހުން ގަތަރުގައި ބޭއްވި މުބާރާތުގެ ތަށި އާޖެންޓީނާއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެމިލިއާނޯ މާޓިނޭޒް އާއި، އެންޒޯ ފެނާންޑޭޒް އަދި އެލެކްސިސް މެކަލިސްޓަރ ފަދަ އިތުބާރު ކުޅުންތެރިން ވަނީ ހިމަނާފައެވެ.

މި ފަހަރުގެ މުބާރާތް ވެގެންދާނީ ކެޕްޓަން ލިއޮނެލް މެސީގެ ކެރިއަރުގައި ވަރަށް ޚާއްސަ މުބާރާތަކަށެވެ. އެގޮތުން 6 ވޯލްޑްކަޕެއްގައި ކުޅޭ ފުރަތަމަ ފިރިހެން ކުޅުންތެރިންގެ ޝަރަފު މެސީއާއި ރޮނާލްޑޯއަށް މި މުބާރާތުން ލިބިގެންދާނެއެވެ. މީގެ އިތުރުން، ގައުމީ ޓީމަށް 198 މެޗު މިހާތަނަށް ކުޅެދީފައިވާ މެސީ، މުބާރާތް ފެށުމުގެ ކުރިން 200 މެޗުގެ ތާރީޚީ ލަނޑުދަނޑި ހަމަކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ގްރޫޕް ‘ޖޭ’ ގައި އޮސްޓްރިއާ، އަލްޖީރިއާ އަދި ޖޯޑަންއާ ދެކޮޅަށް އާޖެންޓީނާ ނުކުންނައިރު، ޓީމުގެ އެންމެ ބޮޑު އުންމީދަކީ މެސީގެ ތަޖުރިބާއާއި ލީޑަޝިޕެވެ. އުމުރުން 38 އަހަރުގައި ވެސް މެސީއަކީ ޓީމުގެ ކުޅުން ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ކުޅުންތެރިޔާ ކަމަށްވާއިރު، އޭނާގެ ހުނަރާއެކު ދުނިޔޭގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދިފާއުކުރުމަކީ މުޅި ޓީމުގެ އެންމެ ބޮޑު އަމާޒެވެ.

ޓެގް

ވޯލްޑްކަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.