ޚަބަރު މިއަހަރުގެ އަމީރުލް ޙައްޖަކަށް ވަޒީރު ސަޢީދު ހަމަޖައްސަވައިފި

މިއަހަރުގެ އަމީރުލް ޙައްޖަކަށް ވަޒީރު ސަޢީދު ހަމަޖައްސަވައިފި

މިއަހަރުގެ އަމީރުލް ޙައްޖަކަށް ވަޒީރު ސަޢީދު ހަމަޖައްސަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ އެންމެ އިސްވެރިޔާ ނުވަތަ އަމީރުލް ޙައްޖުގެ މަގާމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިސްކުރައްވައިފިއެވެ.

ކޮންމެ އަހަރަކުވެސް ޙައްޖުވެރިންގެ ކަންކަން އެންމެ އިސްކޮށް ބެލެހެއްޓެވުމަށްޓަކައި އަމީރުލް ޙައްޖަކު ކަނޑައެޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަމެކެވެ.

މިއަހަރު ރާއްޖެއަށް ލިބުނު 1,000 ކޯޓާގައި ޙައްޖަށް ފުރި ހުރިހާ ދިވެހި ޙައްޖުވެރިން މިހާރު ވަނީ ސަޢުދީ އަރަބިއްޔާއަށް ގޮސްފައެވެ. މި ދަރިވަރުން ސަޢުދީއަށް އުފުލާފައިވަނީ މޯލްޑިވިއަން އާއި ސަޢުދީ އެއަރލައިންގެ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ.

ޙައްޖުވެރިންގެ ކަންކަން އަމާންކަމާއެކު ވިލަރެސްކުރުމަށްޓަކައި ދިވެހި ޙައްޖު މިޝަނާއި ޙައްޖު ކޯޕަރޭޝަނުން މިހާރު އަންނަނީ ސަޢުދީގައި މަސައްކަތް ކުރަމުންނެވެ. އަމީރުލް ޙައްޖުގެ ހައިސިއްޔަތުން ވަޒީރު ސަޢީދު ޙައްޖުވެރިންގެ ހުރިހާ ކަމެއް ގާތުން ބައްލަވައި އިރުޝާދު ދެއްވާނެއެވެ.

ޓެގް

މިނިސްޓަރ ސައީދު ހައްޖުކޯޕަރޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.