ޚަބަރު އެޗްޑީސީގެ ބޯޑުން ޔޫސުފް ވަޙީދު ވަކިކޮށްފި

އެޗްޑީސީގެ ބޯޑުން ޔޫސުފް ވަޙީދު ވަކިކޮށްފި

އެޗްޑީސީގެ ބޯޑުން ޔޫސުފް ވަޙީދު ވަކިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ހއ. ވަށަފަރު، ބޮޑުގެ، ޔޫސުފް ވަޙީދު މިއަދު ވަކިކޮށްފިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓާ ކޮމިޓީ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އޭނާ މަޤާމުން ވަކިކުރި ނަމަވެސް، އެ ނިންމުން ނިންމި ސަބަބެއް އެ އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.

އެޗްޑީސީގެ ބޯޑަށް ޔޫސުފް ވަޙީދު އައްޔަންކުރައްވާފައިވަނީ މިދިޔަ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭނާއަކީ ފައިނޭންސް އަދި އޮޑިޓިންގ ދާއިރާގެ މަތީ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާއަކީ ފެލޯ ޗާޓަރޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ) އަދި ޗާޓަރޑް ގްލޯބަލް މެނޭޖްމަންޓް އެކައުންޓަންޓް (ސީޖީއމްއޭ) އެކެވެ. މީގެ އިތުރުން، އެސްޑީއެފްސީގެ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމުވެސް އޭނާ ކުރިން ފުރުއްވާފައިވެއެވެ.

ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ ސީނިއާ މެނޭޖްމަންޓާއި ބޯޑުތަކަށް ސަރުކާރުން ފަހަކަށް އައިސް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައި، އެޗްޑީސީގެ ބޯޑަށްވެސް މި ބަދަލު މިވަނީ އައިސްފައެވެ.

ޓެގް

އެޗްޑީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.