ޚަބަރު މި ސަރުކާރު ދެމިއޮންނާނެ، ވައްޓައެއް ނުލެވޭނެ: ސަލީމް

މި ސަރުކާރު ދެމިއޮންނާނެ، ވައްޓައެއް ނުލެވޭނެ: ސަލީމް

މި ސަރުކާރު ދެމިއޮންނާނެ، ވައްޓައެއް ނުލެވޭނެ: ސަލީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިހާރު އޮތް ސަރުކާރަކީ ރައްޔިތުން ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުކޮށްފައިވާ ސަރުކާރެއް ކަމަށާއި، މި ސަރުކާރު ވައްޓާލުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި، މި ސަރުކާރަކީ ދެ އަހަރާއި ބައިގެ ސަރުކާރެއް ކަމަށާއި ސަރުކާރު ނިންމާލާނެ ކަމަށް ބުނެ މީހަކު ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. އެ މީހާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ ސަރުކާރު ވައްޓައެއް ނުލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މި ސަރުކާރު ފަސް އަހަރުގެ ދައުރު ހަމަކުރާނެ ކަމަށް ތަކުރާރުކުރައްވައި ސަލީމް ވިދާޅުވީ، މިއީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ޤާނޫނީ ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރު ވައްޓާލަން ބަޔަކު ކުރާ އެއްވެސް މަސައްކަތަކަށް ދިވެހި ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަލީމް އިތުރަށް ވިދާޅުވި ގޮތުގައި މި ސަރުކާރު ފަސް އަހަރުގެ ދައުރު ނިންމާނީ ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއެކުގައެވެ. އަދި ސަރުކާރުގެ މުއްދަތާ މެދު ސުވާލު އުފައްދާ ފަރާތްތަކަށް ދޭނެ ޖަވާބަކީ ސަރުކާރު ދެމިއޮންނާނެ ކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓެގް

ރެޑްވޭވް ސަލީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.