ޚަބަރު ނޭވާހިއްލުމުގެ ބަލި ތަހައްމަލުކުރާ މީހުންނަށް ނޭވާލުމަކީ ބޮޑު ހަނގުރާމައެއް: މެޑަމް ސާޖިދާ

ނޭވާހިއްލުމުގެ ބަލި ތަހައްމަލުކުރާ މީހުންނަށް ނޭވާލުމަކީ ބޮޑު ހަނގުރާމައެއް: މެޑަމް ސާޖިދާ

ނޭވާހިއްލުމުގެ ބަލި ތަހައްމަލުކުރާ މީހުންނަށް ނޭވާލުމަކީ ބޮޑު ހަނގުރާމައެއް: މެޑަމް ސާޖިދާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނޭވާލުމަކީ އާންމުކޮށް އެއްވެސް ފިކުރެއް ނެތި، ފަސޭހަކަމާއެކު ކުރެވޭ ކަމަކަށް ވިޔަސް، ނޭވާހިއްލުމުގެ ބަލި ތަހައްމަލުކުރާ މީހުންނަށް އެއީ ކޮންމެ ދުވަހަކު ކުރަންޖެހޭ ބޮޑު ހަނގުރާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

“ވޯލްޑް އެސްތްމާ ޑޭ 2026” ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ސިމްޕޯސިއަމް އިފްތިތާހުކޮށްދެއްވަމުން، އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ ނިސްބަތުން 260 މިލިއަނަށްވުރެ ގިނަ މީހުން މި ބަލި ތަހައްމަލުކުރާއިރު، ދަންވަރު ގަޑީގައި ނޭވާލާން އުނދަގޫވާ ކުޑަކުދިންނާއި އެކުދިންގެ މައިންބަފައިން އުފުލާ ތަކުލީފުތައް ވަނީ އަސަރާއެކު ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ރާއްޖޭގެ ކުޑަކުދިންގެ މެދުގައި ނޭވާހިއްލުމުގެ ބަލި ވަރަށް އާންމުވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ބަލީގެ ސަބަބުން ކުރިމަތިވެދާނެ އެޓޭކަކަށް ބިރުން، ގިނަ ކުދިން ކުޅިވަރާއި ހަރަކާތްތަކުން މަހްރޫމްވަމުންދާކަން ފާހަގަކުރައްވައި، އެއްވެސް ކުއްޖަކީ އެކުއްޖެއްގެ ބަލީގެ ސަބަބުން މިނިވަންކަން ގެއްލި ބަންދުވެފައިވާ ކުއްޖަކަށް ވެގެންނުވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ވައި ނުސާފުވުމަކީ ނޭވާހިއްލުމާއި އެކި ބާވަތުގެ އެލާޖީތައް އިތުރުވާ މައިގަނޑު ސަބަބުތައް ކަމުގައި މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އެކަމަނާ ވިދާޅުވި ގޮތުގައި މިއަދު ފެށި ސިމްޕޯސިއަމަކީ މިފަދަ ބަލިތަކަށް މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، ރާއްޖޭގެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ޓެގް

މެޑަމް ސާޖިދާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.