ބޮލީވުޑް

ޗައިނާގެ ރައީސް ސައުދީ ވަލީއަހުދު އަށް ގުޅުއްވައި ހޯރްމުޒުއާ ގުޅޭ މަޝްވަރާކޮށްފި

ޗައިނާގެ ރައީސް ޝީ ޖިންޕިންގް، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، ހޯރްމުޒް ކަނޑުއޮޅި އަކީ އަބަދުވެސް އުޅަނދުފަހަރަށް ދަތުރުފަތުރު ކުރެވޭނެ ހުޅުވިފައިވާ ތަނެއްގެ ގޮތުގައި ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވައިފިއެވެ.

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ހޯމަ ދުވަހު ފޯނުން ގުޅުއްވައި، މެދުއިރުމަތީގެ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާގައި ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެއްވެސް ހުރަހެއް ނެތި ދަތުރުކުރެވޭނެ މަގު ފަހިވެފައި އޮތުމުގެ މުހިންމުކަމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ.

ސައުދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ދެ ގައުމުގެ ވެރިން ވަނީ ސަރަހައްދީ ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށާއި، ވަކިން ހާއްސަކޮށް ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާއި އޭގެ ސަބަބުން އިގްތިސާދަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

ޗައިނާގެ ދައުލަތުގެ ނޫސް އެޖެންސީ، ޝިންހުއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް ޝީ ވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށާއި، ސިޔާސީ އަދި ހާރިޖީ ދާއިރާގެ ތެރެއިން މައްސަލަތަކަށް ހައްލު ހޯދުމަށް ޗައިނާ އިން ބާރުއަޅާކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން، ހޯރްމުޒް ކަނޑުއޮޅިން އާންމު އުސޫލުން އުޅަނދުފަހަރު ދަތުރުކުރުމުގެ ފުރުސަތު ދެމެހެއްޓުމަށް ޝީ ގޮވާލެއްވިއެވެ.

“ހޯރްމުޒް ކަނޑުއޮޅިއަކީ އާންމު އުސޫލުން ދަތުރުފަތުރު ކުރުމަށް އަބަދުވެސް ހުޅުވިފައިވާ ތަނަކަށް ވާންޖެހޭ. ސަބަބަކީ މިއީ މި ސަރަހައްދުގެ ގައުމުތަކާއި ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްލަހަތާވެސް ގުޅިފައިވާ ކަމަކަށްވާތީ،” ސައުދީ ވަލީއަހުދާ ވާހަކަދައްކަވަމުން ރައީސް ޝީ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close