ޚަބަރު ޑެންގީ ހުން ފެތުރުން އިތުރުވެއްޖެ، އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ: އެޗްޕީއޭ

ޑެންގީ ހުން ފެތުރުން އިތުރުވެއްޖެ، އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ: އެޗްޕީއޭ

ޑެންގީ ހުން ފެތުރުން އިތުރުވެއްޖެ، އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ: އެޗްޕީއޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެންގީ ހުން ފެތުރޭ މިންވަރު މިދުވަސްވަރު އިތުރުވަމުންދާތީ، އެކަން ކޮންޓްރޯލު ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ކައުންސިލްތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް 500 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ ހޯމަ ދުވަހު މި ބަލީގައި ޒުވާނަކު ވަނީ ނިޔާވެފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކުރިއަށް އޮތް މަސްތަކުގައި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ ހާއްސަ އިރުޝާދުތަކެއް ނެރެފައެވެ. މީގެ ތެރޭގައި ސްކޫލްތަކާއި، ރިސޯޓުތަކާއި، ކޮންސްޓްރަކްޝަން ސައިޓުތަކުން ހަފްތާއަކު އެއްފަހަރު މަދިރި އާލާވާ ތަންތަން ބަލައި ފާސްކޮށް ސާފުކުރުމާއި، ސިއްހީ ހިދުމަތްދޭ ތަންތަނުން ބަލިމީހުންގެ ހާލަތު ގާތުން މޮނީޓާކުރުން ހިމެނެއެވެ. އަދި އާންމު ރައްޔިތުންވެސް ގޯތިތެރޭގައި ފެންހަރުލާ ތަންތަން ނައްތާލައި، މަދިރިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.

ބަލި ކޮންޓްރޯލު ކުރުމަށްޓަކައި އެންމެ މުހިއްމު ކަމަކީ މަދިރި އާލާވާ ތަންތަން ނައްތާލުމާއި، މަދިރި ހެފުމުން ރައްކާތެރިވުން ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. މީގެ އިތުރުން، ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ކުންފުނިތަކާއި ޖަމްއިއްޔާތަކުން ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށްވެސް އެ އެޖެންސީން ވަނީ ގޮވާލާފައެވެ. އެޗްޕީއޭއިން ބުނީ ޑެންގީ ކޮންޓްރޯލުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މެދުނުކެނޑި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ޓެގް

އެޗްޕީއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.