ޚަބަރު މާފަންނު ގެއެއްގެ 10 ވަނަ ބުރިން މީހަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެ

މާފަންނު ގެއެއްގެ 10 ވަނަ ބުރިން މީހަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެ

މާފަންނު ގެއެއްގެ 10 ވަނަ ބުރިން މީހަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ މާފަންނު ސަބުދެލިމަގުގައި ހުރި އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

ދިވެހި ފުލުހުން ބުނިގޮތުގައި މިރޭ އިރުއޮއްސި 18:20 އެހައިކަންހާއިރު ހިނގި މި ހާދިސާގައި ވެއްޓިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ މީހާ ވެއްޓުނީ 10 ވަނަ ފަންގިފިލާއިން ކައިރީގައި ހުރި އެހެން ގެއެއްގެ ފުރާޅު މައްޗަށެވެ.

މި ހާދިސާގައި އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި އަވަސް ފަރުވާ ދެމުންކަމަށް ފުލުހުން ބުންޏެވެ. އެ މީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މި މައްސަލަ އިތުރަށް ތަޙްގީގުކުރަމުން ދާކަމަށްވެސް ފުލުހުން ބުންޏެވެ.

ޓެގް

ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.