ޚަބަރު ފެނަކައިގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

ފެނަކައިގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

ފެނަކައިގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 23 ގައި އެ މަގާމަށް އައްޔަންކުރެއްވި ނަޖާހު ވަކިކުރެއްވި ސަބަބެއް ސަރުކާރުންނާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ނަޖާހު މި މަގާމަށް އައްޔަންކުރީ ކުރިން އެމްޑީގެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސިފައިންގެ ހިދުމަތުގައި 21 އަހަރު އުޅުއްވާފައިވާ އަދި ލޮޖިސްޓިކްސް ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ނަޖާހު މަގާމުން ވަކިކުރިއިރު، ފެނަކައިގެ ހިންގުމަށާއި ހިދުމަތްތަކަށް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ބޮޑު ބަދަލެއް މި ގެނައީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސް، އާންމުންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެނަކައިގެ ހިންގުން ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާއިރު، މިއީ އެ ކުންފުނީގެ އިސްވެރިޔާގެ މަގާމަށް ކުރު މުއްދަތެއްގެ ތެރޭގައި ގެނައި ދެވަނަ ބަދަލެވެ.

ޓެގް

ފެނަކަ ކޯޕަރޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.