ޚަބަރު ރާއްޖެއިން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކް މިއަދު ދައްކައި ހަލާސްކޮށްފި

ރާއްޖެއިން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކް މިއަދު ދައްކައި ހަލާސްކޮށްފި

ރާއްޖެއިން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކް މިއަދު ދައްކައި ހަލާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކް، އޭގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު މިއަދު ދައްކައި ހަލާސްކޮށްފިއެވެ.

މި މަހުގެ 8 ވަނަ ދުވަހު މުއްދަތު ހަމަވާ މި ސްކޫކް ކާމިޔާބުކަމާއެކު ދެއްކުމާ ގުޅިގެން، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ކުޑަވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ.

މި ސްކޫކް ދެއްކުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އިގުތިސާދީ އަދި މާލީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދަރަނި އަދާކުރަން އުފައްދާފައިވާ އެސްޑީއެފް ފަންޑަށް ބޭރު ފައިސާ ޖަމާކުރަން ފެށުމާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރުމުގެ ސަބަބުން އެ ފަންޑުގައި ހުރި ބޭރު ފައިސާގެ އަދަދު 350 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުން މަޖުބޫރުކުރުމުގެ ސިޔާސަތާއެކު ރާއްޖޭގެ ރިޒާވް ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެ، 1.3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މި މަހުގެ ނިޔަލަށް އަދާކުރަންޖެހޭ 100 މިލިއަން ޑޮލަރުގެ ބޮންޑު ރޯލްއޯވާ ކުރުމަށް އަބޫދާބީ ފަންޑާއެކު ކުރި މަޝްވަރާތައް ވެސް ވަނީ ކާމިޔާބުވެފައެވެ. ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު އިސްކަމަކީ ތެލާއި އަސާސީ މުދާ މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، މެދުރާސްތާގައި ދައުލަތުގެ ދަރަނި ދަށަށްދާނެ މިސްރާބަކަށް ރާއްޖޭގެ މާލިއްޔާ ގެންދިއުމެވެ.

ޓެގް

ފިނޭންސްމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.