ޚަބަރު ސިޔާސީ ވިސްނުން އެއްފަރާތްކޮށް، ތަރައްޤީއަށްޓަކައި ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ: ރައީސް މުއިއްޒު

ސިޔާސީ ވިސްނުން އެއްފަރާތްކޮށް، ތަރައްޤީއަށްޓަކައި ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ: ރައީސް މުއިއްޒު

ސިޔާސީ ވިސްނުން އެއްފަރާތްކޮށް، ތަރައްޤީއަށްޓަކައި ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ: ރައީސް މުއިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގައުމުގެ ތަރައްގީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ޕާޓީ ރޫހާއި ސިޔާސީ ވިސްނުން އެއްފަރާތްކޮށް، ގައުމީ މަސްލަހަތު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ވައުދުތައް ތަންފީޒުކުރުމުގައި އެއްވެސް ހުރަހެއް އައުމަށް ބޭނުންފުޅު ނުވާކަމަށާއި، އެކަމުގައި ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލެއް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު މާލޭ ކައުންސިލާއި ޑަބްލިއުޑީސީ ހިނގާފައިވަނީ ރައްޔިތުން ބޭނުންވި ގޮތަކަށް ނޫން ކަމަށެވެ. އެހެންކަމުން، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށާއި، ޑަބްލިއުޑީސީގެ ރައީސާކަމަށް ވާދަކުރައްވާ އައިޝަތު އަލައިކާ އަދުނާނަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ކައުންސިލްތަކަކީ ގާނޫނީ ގޮތުން ވެރިކަން ހިންގާ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއްކަން ފާހަގަކުރައްވައި، އެއީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބާރު ނޫންކަމަށް ރައީސް ވިދާޅުވިއެވެ. ކައުންސިލްތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ސަރުކާރަށް މަގުފަހިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.