ޚަބަރު ހޫނުގަދަވުމުގެ ސަބަބުން ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް ދިއުމަށް އަންގައިފި

ހޫނުގަދަވުމުގެ ސަބަބުން ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް ދިއުމަށް އަންގައިފި

ހޫނުގަދަވުމުގެ ސަބަބުން ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް ދިއުމަށް އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއަށް މި ދުވަސްވަރު އިހުސާސްކުރެވޭ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމާ ގުޅިގެން، ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ރަސްމީ ޔުނީފޯމުގެ ބަދަލުގައި އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް ހާޒިރުވުމަށް ސްކޫލުތަކުން އަންގައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ރަސްމީ ޔުނީފޯމާއެކު ޓައީ އަޅައިގެން އުޅެންޖެހުމުން ދަރިވަރުންނަށް ކުރިމަތިވާ ހޫނުގެ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމަށްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އެންގި އެންގުމުގައި ބުނެފައިވެއެވެ.

މެޓް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އިހުސާސްކުރެވޭ ހޫނުމިން މިހާރު ހުރީ އެވްރެޖުކޮށް 35.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ. މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ހޫނުމިން މައްޗަށް ދާން ފަށާފައިވާއިރު، މިއަހަރުގެ މިހާތަނަށް އެންމެ މައްޗަށް ހޫނުމިން އިހުސާސް ކުރެވިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު މާލެއަށެވެ. އެ ދުވަހު މާލޭގެ ހޫނުމިން ވަނީ 48 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ.

އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރަކީ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް ކަމަށްވާއިރު، މި ދުވަސްވަރު ވައި މަޑުވުމާއި ވައިގެ ތެއްކަން މަތިކޮށް ހުރުމަކީ އިހުސާސްކުރެވޭ ހޫނުމިން އިތުރަށް މަތިވާ ސަބަބެކެވެ. ރަމަޟާން މަހުގެ ބަންދަށްފަހު ހަ ރޯދައިގެ ތެރޭގައި ސްކޫލްތަކުގެ ކިޔެވުން އަލުން ފަށާފައިވާއިރު، ސްކޫލްތަކުން ވަނީ ދަރިވަރުން ޓީޝާޓާއި ޓްރެކްސޫޓުގައި ހާޒިރުވުމަށް ބާރުއަޅާފައެވެ.

ޓެގް

މެޓްއޮފީސް އެޑިއުކޭޝަން މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.