ޚަބަރު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދަށުން އެއްގަމު ތޮށީގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދަށުން އެއްގަމު ތޮށީގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދަށުން އެއްގަމު ތޮށީގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށިލުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.

އެމްޓީސީސީން ބުނިގޮތުގައި މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލާ އިންވެގެން އޮންނަ ޖެޓީ ސަރަޙައްދުގެ ބޯލާޑްތަކާއި ކޮންކްރީޓް ތަޅާލުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރާނެއެވެ.

މި މަސައްކަތުގެ ތެރެއިން މަގު ފުޅާކުރުމަށްޓަކައި ޝީޓް ޕައިލްކުރުމާއި، 610 މީޓަރުގެ އެއްގަމު ތޮށި އާކުރުން ހިމެނޭ އިރު، މަގު ގާތްގަނޑަކަށް 2 އާއި 3 މީޓަރާ ދެމެދުގެ މިންވަރަކަށް ފުޅާކުރާއިރު، މަސްވެރިންގެ ޕާކާ ހަމައަށް ހުރަސް ތޮށިވެސް މަރާމާތުކުރާނެކަމަށް އެކުންފުނިން ބުންޏެވެ. ނަމަވެސް މަސްވެރިންގެ ޕާކު ސަރަޙައްދަށް މިވަގުތު އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

އެމްޓީސީން މައުލޫމާތު ދީފައިވާ ގޮތުގައި މަގު ތަރައްޤީކޮށް ނިމޭއިރު ޒަމާނީ ފެންވަރަށް ތާރުއަޅައި، ފެން ހިންދާ ނިޒާމާއި ޕޭމަންޓުގެ އިތުރުން މަގުބައްތިތައްވެސް ބަހައްޓާނެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ މަގުތައް ތަރުތީބުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މީގެ ކުރިން ވަނީ އިއްޒުއްދީން ފާލަމުން ނޯތު ހާބަރާ ހަމައަށް 380 މީޓަރުގެ ސަރަޙައްދެއް ނިންމާފައެވެ.

ޓެގް

އެމްޓީސީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.