މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައި، އިނާމު ދިނުމުގެ އުސޫލު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އެޕްރީލު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ.
މި އަހަރު އިނާމަށް ނަން ހުށަހެޅުން ކުރިއަށްދާނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ “ފޯމު ހުށަހެޅުން” ޕޯޓަލް މެދުވެރިކޮށެވެ. މައިގަނޑު 39 ދާއިރާއަކުން ހުޅުވާލާފައިވާ މި އިނާމަށް އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި، ޖަމުޢިއްޔާތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކަށްވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހިމެނޭ މި ފުރުސަތުގައި، ވަކި ފަރުދުންގެ ޚިދުމަތުގެ މުއްދަތު ގުނާނީ އުމުރުން 18 އަހަރު ފުރުނު ފަހުން ކުރި ޚިދުމަތްތަކަށެވެ. މި އަހަރުގެ އިނާމުތައް ދެއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...