ޚަބަރު ގިރާވަރުފަޅު ހިއްކުން އަންނަ މަހަށް ނިމޭނެ، ޖޫންގައި ގޯތިތައް ހަވާލުކުރާނެ: ރައީސް މުއިއްޒު

ގިރާވަރުފަޅު ހިއްކުން އަންނަ މަހަށް ނިމޭނެ، ޖޫންގައި ގޯތިތައް ހަވާލުކުރާނެ: ރައީސް މުއިއްޒު

ގިރާވަރުފަޅު ހިއްކުން އަންނަ މަހަށް ނިމޭނެ، ޖޫންގައި ގޯތިތައް ހަވާލުކުރާނެ: ރައީސް މުއިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އެއްކޮށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ނިންމައި، ސަވޭތައް ފުރިހަމަކުރުމަށްފަހު، އަންނަ ޖޫން މަހުގެ ތެރޭގައި ގޯތިތައް ރަސްމީކޮށް ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 54 އަށްވުރެ ގިނަ ހެކްޓަރު ވަނީ ހިއްކައި ނިންމާފައެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ލޭންޑް ޔޫޒް ޕްލޭން މިދިޔަ ޖެނުއަރީ މަހު ހައުސިން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. ކުރީ ސަރުކާރުގެ “ބިންވެރިޔާ” ސްކީމުގެ ދަށުން މި ފަޅުން 2,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ގިރާވަރުފަޅުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ މިންވަރަށްވުރެ ގިނައިން މީހުން ހޮވިފައިވާތީ، ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުސަތު މި ސަރުކާރުން ވަނީ ހުޅުވާލާފައެވެ. އެ ފުރުސަތުގައި 2,210 މީހަކު ގުޅިފަޅަށް ގޯތި ބަދަލުކުރުމަށް އެދިފައިވާކަން ސަރުކާރުން ހާމަކުރެއެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސް މުއިއްޒު އިސްކަންދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބޯހިޔާވަހިކަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.